އއ.މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެ ރަށު ކައުންސިލުން ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މަތިވެރި/ރިވެލި, ޙަސަން ޢަލީ (ހަސަންފުޅު) އެވެ.
އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ޙަސަންފުޅަކީ ޢުމުރުން 65 އަހަރަށްވުރެ ދޮށީ މީހެކެވެ.
ހަސަންފުޅު އެންމެ ފަހުން ފެނުނުކަމަށް ވަނީ ރޭ މަޣްރިބު ނަމާދުން ފޭބި ވަގުތުގައެވެ.
މަތިވެރީ ކައުންސިލުން ވަނީ ހަސަންފުޅާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ކައުންސިލުގެ ރައީސް ޙުސައިން ނިހާނުގެ ނަންބަރު 9935959 އަދި ކައުންސިލް އިދާރާގެ ނަންބަރު 6660058 އަށް ގުޅުމަށް އެދިފައެވެ.