މާލޭގައި ގުރޫޕަކުން މީހެއްގެ ގަޔަށް ވަޅި ޖަހައިފި

Loading

Facebook
Twitter
WhatsApp

މާލޭގައި ގުރޫޕަކުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފިލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ޣިޔާސުއްދީން ސްކޫލު ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު 16:10 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުން މި މާރާމާރީގައި އަނިޔާވެފައިވަނީ ފިރިހެނަކަށެވެ. އަދި އައިޖީއެމްއެޗްގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތު އަދި ސާފުވާ ގޮތެއް ނުވެއެވެ.

ސަންދާނަށް މަޢުލޫމާތު ލިބޭ ގޮތުން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުން ވަޅިން ހަމަލާދިނީ އޭނާގެ ބުރަކަށްޓަށެވެ. ހަމަލާދިނުމަށްފަހު އެ މީހުން ފިލާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންދާ ކަމަށެވެ.

Loading

One Response

  1. އިމްރާނުގެ ދީނީ ސިޔާސަތުގެ ދަށުން އިބޫގެ ސަރުކާރުގައި ލިިބުނު އަމާން ކަމެއް ވީ ދީންވެރިކަމެއް ބުނެދީބަލާށެވެ. ފުލުހުންގެ ހެދުމަށާއި ބޮޑީ ކެމެރާއަށް ބަދަލު އައެވެ. އެހެނަސް ގައުމަށާއި މީހުންގެ ނަފުސައް ލިބުނީ ގެއްލުމެވެ. ދީނީ ގޮތުން ބެލީމާ މަސާޖް ޕާލަރ ޒިނޭކާނާތައް ގިނަވެ ފިރިހެން ކުޅިޔާއި ގުރޫޕް ހަދައި ފާޙިޝް ޢަމަލު ހިންގުން ވީ އިތުރެވެ. ދެންވެސް އަދިވެސް އެއްދައުރުދޭށޯ. އަޖައިބުން އަންތަރީސް ވެއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް