ގޭގައި ތައްޔާރު ކުރެވިދާނެ ޕީޓާ ބްރެޑް ރެސިޕީއެއް!

70
Maldives News Recipe

ފަސޭހަ ކަމާ އެކު ގޭގައި ތައްޔާރު ކޮށްލެވޭ މި ޕީޓާ ބްރެޑް ހަދަން ފައްޓައިފިއްޔާ ހުއްޓައެއް ނުލެވޭނެ އެވެ. މިއީ ފިހާރަ ތަކުގައި ވިއްކަން ހުންނަ ބާވަތް ތަކަށް ވުރެ ހާސް ގުނަ މީރު ޕީޓާ ބްރެޑް އެެވެ.

މި ރެސިޕީ އަކީ އަހަރެމެންގެ އެކުވެރިޔާ މޯލީގެ ޝޯރޓް ސްޓެކް ޔޯގަރޓް ކައްކާފޮތުގައިވާ ރެސިޕީ އެކެވެ. މީގެ ދެ އަހަރުގެ ކުރިން، މި ފޮތް ނެރުނު ދުވަހުން ފެށިގެން ވެސް އަހަރެން މި ރެސީޕީ ގެ އަޖުމަ ބަލާލަން ބޭނުން ވިއެވެ. ނަމަވެސް ތަފާތު ސަބަބު ތަކާ ހުރެ އަހަންނަށް މިކަން ކުރެވުނީ އަދި ކިރިޔާއެވެ. ކަންދިމާކުރި ގޮތުން އަހަންނާއި ޖެކަށް ވެސް މި ޕާން މީރުވެ، ގިނަގިނައިން ތައްޔާރުކުރާ ހިތް ވިއެވެ. އަދި މި ޕާން ތައްޔާރު ކުރުމަށްޓަކައި ގިނަ ގިނައިން ޔޯގަރޓް ގަންނަން ފެއްޓީމެވެ.

މި ޕީޓާ ބްރެޑް ރެސިޕީގެ ތަފާތަކީ، ޔޯގަރޓް ބޭނުން ކުރާ ކަމެވެ. ޔޯގަރޓަކީ އާންމުކޮށް ޕާން ތައްޔާރު ކުރުމުގައި ބޭނުން ކުރާ އެއްޗެއް ނޫނެވެ. ނަމަވެސް މޯލީގެ ފޮތުގައި ހިމެނިފައި ވާ ހުރިހާ ރެސިޕީ ތަކަކީ ވެސް ޔޯގަރޓް ބޭނުން ކޮށްގެން ތައްޔާރުކުރާ ބަވަތްތަކެވެ. މި ފޮތުގައި ޔޯގަރޓަކީ ގިނަ ބޭނުންތަކެއް އެކުލެވިގެންވާ، ސިއްޙަތަށް ފައިދާހުރި، އެހާމެ މީރު ބާވަތެއްކަން ބުނެދީފައި ވެއެވެ. އަދި ސޫޕް، ކުކީސް، ސެލެޑް އަދި ޕާސްތާ ފަދަ ކާނާތައް ތައްޔާރުކުރުމުގައި އޭނާ ޔޯގަރޓް ބޭނުންކުރެއެވެ.

އަހަރެން ދެކޭ ގޮތުގައި، މި ޕީޓާ ބްރެޑް އެހާ ހާއްސަ ވުމުގެ ސިއްރަކީ ޔޯގަރޓެވެ. މިއީ އެހެން ރެސިޕީތަކަށް ވުރެ ބޯކޮށް، މަޑުކޮށް ހުންނަ، ތަފާތު ރަހައެއް އެކުލެވިގެންވާ ޕީޓާ ބްރެޑް އެކެވެ. މޯލީ ބުނާ ގޮތުގައި މި ޕާން ސްލީޕިންގް ބޭގަކަށް ވެސް ފުދޭނެއެވެ. އަހަރެމެންނަށް މި ޕާން ތައްޔާރު ކުރުމުގައި ކުރެވުނު ފަދަ ތަޖުރިބާ އެއް ކުރެވިއްޖެެ ނަމަ މިޕާން ތައްޔާރު ކުރުން ހުއްޓައެއް ނުލެވޭނެއެވެ.

Maldives News Recipe

ޕީޓާ ބްރެޑް ތައްޔާރު ކުރާނެ ގޮތް

މިއީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވިދާނެ އެއްޗެކެވެ.

އެންމެ ފުރަތަމަ ފުށްގަނޑު މޮޑެލާށެވެ. ތާފެނާ ފެން ފޮދަކަށް އީސްޓާއި، ސައިސަމުސަލެއްގެ ހަކުރު އެޅުމަށް ފަހު އެއްކޮށްލާށެވެ. އީސްޓް ކޮޅު ފޮނުއަރައިގެން ދިއުމުން ޕެޑަލް ހަރުކުރެވިފައިވާ ސްޓޭންޑް މިކްސަރެއްގެ ތަށްޓަށް އަޅާލާށެވެ. އަދި ފުށް، ލޮނު، ތެޔޮ، ޔޯގާރޓް އަދި ބާކީ ހުރި ހަކުރު ކޮޅު އަޅާލުމަށް ފަހު ސްޓޭންޑް މިކްސަރުން، ނުވަތަ އަތުން 7-10 މިނެޓު ވަންދެން މޮޑެލާށެވެ.

Maldives News Recipe

ފުށް ގަނޑު މޮޑެވުމުން، ބޮންތައްޓެއްގައި ތެޔޮ ފޮދެއް ހޭކުމަށް ފަހު އެ ތައްޓަށް އަޅާލާށެވެ. އަދި ފޮތި ގަނޑެއް ނުވަތަ ޕްލާސްޓިކް ވްރެޕް އެޅުމަށް ފަހު ދެބައި ކުޅަ އެއްބަޔަށް ފުށް ގަނޑު އަރަންދެން (2 ގަޑި އިރު ވަންދެން) ބަހައްޓާށެެވެ.

Maldives News Recipe

ދެން ފުށްގަނޑު 12 ބަޔަކަށް ބަހާލުމަށްފަހު ގުޅަ ހަދާފަ 20 މިނެޓު ވަންދެން އަނެއްކާ ވެސް ފޮތިގަނޑެއް ނުވަތަ ޕްލާސްޓިކް ވްރެޕް އަޅާލުމަށް  ބަހައްޓާށެވެ.

Maldives News Recipe

ދެން ބޯމިނުގައި 4/1 – 2/1 އިންޗުހާ ބޯމިން ހުންނަ ވަރަށް ފުށްގުޅަތައް ދަމާލާށެވެ. ދަމަމުން ދައިރު ބާކީ ހުންނަ ފުށްގުޅަތަކުގެ މަތީގައި ފޮތި ގަނޑެއް ނުވަތަ ޕްލާސްޓިކް ވްރެޕް އަޅާފައި ބަހައްޓާށެވެ.

Maldives News Recipe

ފުށް ގުޅަތައް ދަމާލެވުމުން ފިހެލާށެވެ! ބޭކިންގް ޝީޓު ތަކުގެ މަތީގައި ޕާރޗްމެންޓް އަޅާލުމަށްފަހު ދަމާލެވިފައިވާ ފުށް ގުޅަ ތައް އޭގެ މަތީގައި އަތުރާލާށެވެ. އަދި 500 ޑިގްރީސް ގައި ރަނގަޅަށް އަރައި، މުށި/ރަން ކުލައެއް އަރަން ދެން ފިހެލާށެވެ.

ނޯޓް: އަހަރެމެން ޕީޓާ ބްރެޑް ހަދާ އިރު އަބަދު ވެސް އެހާ ރަނގަޅަށް ނާރައި ބައެއް އެއްޗެހި ހުރެއެވެ. ނަމަވެސް އެއީ މައްސަލަ އެއް ނޫނެވެ. އެގޮތަށް ހުންނަ ޕީޓާ ބްރެޑް ވެސް ރިހަ ނުވަތަ ސޯސް ފަދަ ތަކެއްޗާ އެއްކޮށް ކާން ނުލާހިކު މީރެވެ.

Maldives News Recipe

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ