ހުޅަނގުން ހަގުރާމައަށް ސީދާ ނުވަދެތިބީ ރަޝިޔާގެ ނިއުކްލިއަރ ދެކެ ބިރުން

Loading

Facebook
Twitter
WhatsApp


ރޮއިޓާރސް އިން މަޢުލޫމާތު ދޭގޮތުގައި މޮސްކޯގެ ނިއުކްލިއަރ ޙަކަތައާއި އެ ހަކަތައިގެ ބޭނުން ކުރަންޖެހޭ ޙާލަތުކަމަށް އެގައުމުން އެކަށައަޅާފައިވާ ގަވައިދުތަކަކީ ހުޅަނގުން ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިން ހަނގުރާމައިގާ ސީދާ ބައިވެރިވުމަށް ހުޅަނގުގެ ގައުމުތަކުން ޖެހިލުންވާ ސަބަބު ކަމުގައި ރައީސް ޕޫޓިންގެ އެންމެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ. 

ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރު ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޗެއަރމަންގެ ނައިބު ދިމިތުރީ މެޑްވިޑެވް ވިދާޅުވީ ކީވްގެ ގޮތްދޫނުކުރާ ސަރުކާރުން ހަދާނެގޮތް ހުސްވެ އެގައުމުގެ މިލިޓްރީ ގާބިލުކަން އެއްކޮށް ނެތިކޮށް ލެވެންދެން މޮސްކޯއިން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

މެޑްވިޑެވް އަކީ ކުރިން މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެއްނަމަވެސް މިހާރު ވިދާޅުވަނީ ހުޅަނގުގެ މުޅި އަމާޒަކީ ޔޫކްރެއިނަށް މޮޅުގޮތް ހޯދާދިނުމުގެ ބޭނުމުގައި ރަޝިޔާ ބައިބައި ކޮށްލުން ކަމުގައެވެ. އެހެނީ މިހާރު ޔޫކުރެއިން ގައި އޮތީ އެމީހުންގެ ގޮނޑިކޮށްކޮ ސަރުކާރެއް ކަމަށާއި އަދި އޭނާލިއުއްވިއާރޓިކަލެއްގައި ކީވްއަށްްޓަކައި ހުޅަނގުން އަހަރެމެންނާއި ހަނގުރާމަ ކުރަން ކެރިދާނެތޯ ސުވާލު ކުރައްވާފައިވެއެވެ. އެކަންކުރަން ހުޅަނގުގެ ގައުމުތަކަށް ނުކެރިގެން އުޅެނީ އަހަރެމެންގެ ނިއުކްލިއަރ ހަކަތައާއި އަދި އެ ހަކަތަ ބޭނުންކުރަން ޖެހިދާނެކަމަށް އަހަރެމެން ކަނޑައަޅާފާނެ ޙާލަތުތަކެވެ. މިއީ ރައީސް ޕޫޓިންއާއި ރަޝިޔާގެ އިސް ސަފުން އަބަދުވެސް ބުނަމުންގެންދާ ވާހަކައެކެވެ.  

ނިއުކްލިއަރ ހަކަތައިގެ ބޭނުންކުރާނެ ވަގުތު ކަނޑައެޅުމަކީ އަހަރެމެންގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. މަޢުލޫމާތު އެނގޭ ތަޖްރިބާކާރުން ހާމަކުރާ ގޮތުގައި ދުނިޔޭގައި ނިއުކްލިއަރ ހަކަތަ އެންމެ ގިނައީ ރަޝިޔާގައެވެ. އެއީ 6000 އާއި ގާތްކުރާ އަދަދެއްގެ ވޯރހެޑް އެވެ.  މިމަހުގެ ކުރީކޮޅުގައި ރައީސް ޕޫޓިން ވިދާޅުވެފައިވަނީ ނިއުކްލިއަރ ހަކަތަ ބޭނުންކުރަން ޖެހިދާނެ ޙާލަތު ކައިރިވަމުން އަންނަތަން ފެނިވަޑައިގަންނަވާ ކަމަށާއި އެކަމަކު ރަޝިޔާއިން އެކަން ކުރާނީދިފާޢީ ބޭނުމުގައި އެކަނި ކަމަށެވެ. އަދި ރަޝިޔާ މޮޔަވެގެން ނޫޅޭ ކަމަށެވެ.

މެޑްވިޑެވް ތުޙުމަތު ކުރައްވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ރަޝިޔާ ނެތިކޮށްލަން ބޭނުންވި ނަމަވެސް ނިއުކްލިއަރ ކުރިމަތިލުމަކަށް ފުރުސަތު ދޭކަށް ބޭނުމެއް ނުވާނެއެވެ. އަހަރެމެން ހުށައަޅަމުން މިގެންދާ ރައްކާތެރިކަމުގެ ޝަރުތުތަކަށް ހުޅަނގުން އާނ ބަސްބުނަންދެން ދުނިޔެ އޮންނާނީ ތިންވަނަ ބޮޑު ހަނގުރާމައިގެ ތުންފަތްމަތީގައެވެ. އެ ޙާލަތަށް އަހަރެމެންވެސް ދާކަށް ބޭނުމެއް ނުވެއެވެ. އަދި އަހަރެމެންނަށް ހުޅަނގުގެ ގައުމުތަކާއިއެކު އާންމު ގުޅުންތައްނެތި ކިތަންމެ ޒަމާނަކުވެސް އުޅެވިދާނެއެވެ.  

ރައީސް ޕޫޓިން ރޭޑިއޯ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ހަނގުރާމާގައި ބައިވެރިވާ ހުރިހާފަރާތަކާއެކު މޮސްކޯއިން ވާހަކަ ދައްކަން ތައްޔާރު ކަމަށެވެ. ޕޫޓިންގެ މި ވާހަކަފުޅަށް ކީވުންނާއި އަދި ހުޅަނގުންވެސް ދީފައިވަނީ އަދިވެސް ބީރު ކަންފަތެކެވެ.                                           

ބެލަރޫސްގެ ދިފާޢީ ވުޒާރާގެ އިސްބޭފުޅަކު ވިދާޅުވެފައިވަނީ ރަޝިޔާއިން އެގައުމުގައި ބަހައްޓާފައިހުރި އިސްކަންދަރު މިސައިލްތަކާއި އެސް 400 މަރުކައިގެ އެއަރ ޑިފެންސް ސިސްޓަމް މިހާރުހުރީ މުޅިން ތައްޔާރީ ޙާލަތަށް ގެނެވިފައެވެ. 

އަހަރެމެންގެ ސިފައިންނަށް އެ ނިޒާމް ބޭނުން ކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައްވެސް މިހާރު ވަނީ ލިބިދީފައެވެ. އެހެންނަމަވެސް ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ އިސްކަންދަރު މަރުކާގެ ކިތައް މިސައިލް  ބެލަރޫސްގައި ބަހައްޓާފައި ހުރިކަން އޭނާ ހާމައެއް ނުކުރައްވައެވެ.                     

އިސްކަންދަރު އެމް މިސައިލް ސިސްޓަމަކީ ނިއުކްލިއަރ ހަތިރާއެކު 500 ކިލޯމީޓަރަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިވައިފާ ހަތިޔާރެކެވެ. މި ބާވަތުގެ މިސައިލްއަށް ނޭޓޯ އިން ދީފައިވާ ނަމަކީ އެސް އެސް 26 ސްޓޯން އެވެ.ބެލަރޫސްގެ އަވަށްޓެރި ޕޯލޭންޑް އާއި ޔޫކްރެއިން އެންމެ އެތެރެއަށްވެސް މީގެ ޙަމަލާ ފޯރާނެއެވެ.       

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް