ޕީއެސްޖީގެ ތިން ކުޅުންތެރިޔަކު ކޯވިޑް19 އަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
  މަޝްހޫރު ފުޓުބޯޅަ ކްލަބް ޕެރިސް ސެއިންޓް ޖަރމެއިން (ޕިއެސްޖީ)ގެ ތިން ކުޅުންތެރިޔަކު ކޯވިޑް19 އަށް ފައްސިވެއްޖެއެވެ.
     ކޯވިޑް19 އަށް ފައްސިވެފައިވަނީ އެޓީމުގެ މަޝްހޫރު ފޯވަރޑް، ނޭމާ އާއި، ލިއަންޑްރޯ ޕަރެޑޭސް އަދި ޑިމާރިއާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
     ފްރާންސް ލީގު މިހާރު ފަށައިގެން ކުރިޔަށް ދާނަމަވެސް، ޕީއެސްޖީ އަށް ސީޒަން ފެށޭނީ އަދި ލަހުންނެވެ.  އެއީ އެޓީމުން ޗެންޕިއަންސް ލީގު ފައިނަލްގައި ވާދަ ކުރުމުން އެޓީމަށް ދީފައިވާ ލުޔެކެވެ. ފްރާންސް ލީގުގައި ޕީއެސްޖީގެ މެޗްތައް ވަނީ ފަސްކޮށްފައެވެ. މިއީ އެޓީމުގެ ކުޅުންތެރިންނަށް އަރާމުކުރުމަށް ވަގުތު ދިނުމަށް ނިންމައިފާ ވާނިންމުމެކެވެ.
     ދެސީޒަން ދެމެދުގެ މިދުވަސްތަކުގައި ޕީއެސްޖީގެ ކުޅުންތެރިން ދިޔައީ ޗުއްޓީ ހޭދަ ކުރަމުންނެވެ. އެގޮތުން ބައެއް ކުޅުންތެރިން ފްރާންސްގެ ބޭރުގައި ވެސް ޗުއްޓީ ހޭދަމުން ކުރަމުން އެބަދެއެވެ.
     ކޯވިޑަށް ފައްސިވީ ނޭމާ، ޑިމާރިއާ އަދި ޕެރެޑޭސް ޗުއްޓީ ހޭދަކުރަމުން ގެންދިޔައީ ސްޕެއިންގެ އިބިޒާގައެވެ. މިހާރު އެ ތިންކުޅުންތެރިން ވަނީ އަމިއްލައަށް ކަރަންޓީނުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް