ކޯވިޑް19: އިއްޔެ 137 މީހަކު ފައްސިވި!

Loading

Facebook
Twitter
WhatsApp

އިއްޔެ ރާއްޖެއިން ކޯވިޑް19 އަށް އިތުރު 137 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ އަތޮޅުތެރެއިން 8 ކޭހެއް ފެނިފައިވާއިރު، ގްރޭޓަރ މާލެ ސަރަހައްދުން ވަނީ 129 ކޭހެއް ފެނިފައިވެއެވެ.

އިއްޔެ ފައްސިވެފައިވާ މީހުންގެ ތެރޭގައި، 96 ދިވެއްސަކު ހިމެނެއެވެ. އަދި އޭގެ އިތުރުން 41 ބިދޭސީއަކު ހިމެނޭއިރު، އެއީ ކޮން ޤައުމުތަކެއްގެ ބައެއްކަމެއް މިއަދު އެޗްޕީއޭއިން ހާމައެއް ނުކުރެެެއެވެ.

އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދުވަނީ، 8140 އަށް އަރައިފައެވެ. މީގެ ތެރެެެއިން 2767 މީހަކު މިވަޤުތުވެސް ބަލި ތަހައްމަލް ކުރަމުން ދާއިރު، 166 މީހަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި 1365 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރި ކުރެވިފައެވެ.

މިވަގުތު އަތޮޅުތެރޭގެ 40 ރަށަކުން އެކްޓިވްކޭސްތައް ފެނިފައިވާއިރު، އޭގެ ތެރޭގައި 16 ރިސޯޓެއް ހިމެނެއެވެ.

ރާއްޖެއިން މިބަލީގައި މިހާތަނަށް 29 މީހަކު މަރުވެފައި ވާއިރު، 5338 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް