ބާސެލޯނާގެ ތަރި، ލިއޮނަލް މެސީ މެންޗެސްޓަރ ސިޓީއަށް!

Loading

Facebook
Twitter
WhatsApp
    ބާސެލޯނާގެ މަޝްހޫރު ކުޅުންތެރިޔާ، އަދި މިވަޤުތު ދުނިޔޭގެ ފެންވަރުގައި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށް ސިޓީ އާއިއެކު އެއްބަސް ވުމަކަށް އަތުވެއްޖެއެވެ. މެސީ ސިޓީއާއި އެކު އެއްބަސްވުމަކަށް އައިސްފައިމިވަނީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އޭނާ އިއުލާންކުރުމުން، ބާސެލޯނާގެ މެނޭޖްމަންޓާއި ދެމެދު މައްސަލަތަކެއް ޖެހިފައި ވަނިކޮށެވެ.
    މެސީއާއި ސިޓީއާއި ދެމެދު ވެފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ވާގޮތުން ފުރަތަމަ ތިން އަހަރު ހޭދަކުރާނީ ސިޓީއާއި އެކު ކަމަށާއި، ބާކީ ދެއަހަރު ހޭދަ ކުރާނީ އެމެރިކާގެ  ނިއުޔޯކްސިޓީ އެފްސީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކްލަބަކީވެސް ސިޓީގެ ދަށުން އޮންނަ ކްލަބެކެވެ.
    މެސީ ވެފައިވާ މިއެއްބަސްވުމުގެ އަގަކީ 700 މިލިޔަން ޔޫރޯ ކަމަށް ރިޕޯޓްތަކުން ބުނެއެވެ. މިއީ މެސީގެ ރިލީޒް ކްލޯސްއަށް ވާ ފައިސާގެ އަދަދެކެވެ.
    ބާސެލޯނާގެ އާ ކޯޗްއާއި އެކު ޕްރެކްޓިސްތައް ވެސް ފަށައިފައިވަނީ މެސީ ނުހިމަނައެވެ. އަދި ޕްރެކްޓިސްގެ ކުރިން ހެދި ކޮވިޑް19ގެ ޓެސްޓްގައިވެސް މެސީ ބައިވެރިވެފައެއް ނުވެއެވެ.
    މެސީވަނީ ބާސެލޯނާއާއެކު 20 އަހަރު ހޭދަ ކޮށްފައެވެ. އޭނާ ފުރަތަމަ ބާސެލޯނާއަށް ބަދަލުވީ އުމުރުން އެންމެ 13 އަހަރުގައި ނިއުވެލެންސް ގެ ޒުވާން ޓީމުން ފްރީ ޓްރާންސްފާއެއްގައެވެ. އެއީ 2000 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެހެން ކުޅުންތެރިންނާއި ޚިލާފަށް  މެސީގެ މުޅި ކެރިއަރުގެ ރަން ދުވަސްތައް އެއް ކްލަބެއްގައި ހޭދަ ކޮށްލިއިރު، އޭނާ ވަނީ ދުނިޔޭގެ ފެންވަރުގައި ފުޓުބޯޅައިގެ ރަން ވަނަތަކެއް ހާސިލު ކޮށްފައެވެ. އެގޮތުން 6 ބެލޯންޑިއޯ އާއި އެކު މެސީއަކީ މިވަޤުތު އެންމެ ގިނަ ބެލޯންޑިއޯ އެވޯޑް ލިބިފައިވާ ކުޅުންތެރިޔާއެވެ.
     މެސީ ބާސެލޯނާގައި ރަން 20 އަހަރު ހޭދަކުރުމަށްފަހު، އޭނާ ބާސެލޯނާ ދޫކޮށްލަން ނިންމުމުން އޭނާއާއި މެދު ބާސާގެ މެނޭޖްމަންޓުން ކަންކުރި ގޮތުން، ގިނަ ބަޔަކު ދަނީ އެކަމާ ފާޑުކިޔަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް