ވޯޝިންގްޓަން ޕޯސްޓާ ޙަވާލާދީ ރޮއިޓާރސްއިން އިއްޔެ ހާމަކުރިގޮތުގައި އެމެރިކާއިން ބޭނުންވަނީ ރައީސް ޕޫޓިން ވެރިކަމުން ދުރުކުރެވޭނެ ގޮތެއް ނުހޯދިއްޖެނަމަ ޔޫކްރެއިނުންވެސް ސުލްޙައިގެ މަގު ޚިޔާރު ކުރުންކަމަށެވެ.
މަޢުލޫމާތު އެނގޭ އެމެރިކާގެ ރަސްމީ ފަރާތް ތަކުން ބޭނުންވަނީ ޔޫކްރެއިނުން ރަޝިޔާއާއެކު ސުލްޙައިގެ ވާހަކަތަކަށް ކޮށްޕައިގެނ ގެންދިއުން ނޫންކަމަށާއި އެހެންނަމަވެސް މި ހަނގުރާމަ ދިގުލައިގެން ދާއިރު ޔޫކްރެއިނަށް އެހީތެރިވެދޭ ގައުމުތަކުގެ ގާނޫނު އަސާސީއާއި ދޭތެރޭވެސް ވިސްނަން ޖެހޭކަން ހަނދާންކޮށް ދިނުމެވެ. އެ ނޫހުން އިތުރަށް ހާމަކޮށްފައިވާގޮތުގައި މި ހަނގުރާމަ ކިތަންމެ ޒަމާނަކަށް ދިގުލައިގެން ދިޔަ ނަމަވެސް އެމެރިކާއިން ޔޫކްރެއިނަށް އެހީތެރިވެދިނުމުގައި ދެމިއޮންނާނެއެވެ.
އެކަމަކު ފާއިތުވެގެން މިދާ ނުވަވަރަކަށް މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު އިނދަޖެހި އަދި ފަނާކުރަނިވި ހަތިޔާރުގެ ބޭނުންވެސް ކޮށްފާނެކަމުގެ ބިރުވެރިކަންވެސް ދުނިޔެއަށް އިތުރުވަމުން ދާކަން ގަބޫލުކުރަން ޖެހެއެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކުރާގޮތައި ސުލްޙައިގެ މޭޒުކައިރިއަށް ދިއުމަށް ރައީސް ޕޫޓިންވެސް ބޭނުމެއް ނުވެއެވެ. އެކަމަކު ސުލްޙައިގެ އެއްވެސް ވާހަކައެއް ދެއްކެވުން ރައީސް ޒެލެންސީ އަށް މަނާކޮށްފައި އޮތް އޮތުމަކީ ޔޫރަޕާއި ލެޓިން އެމެރިކާ އަދި އެފްރިކާގެ ގައުމުތަކުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
އެގައުމުތަކުގައި ކާބޯތަކެއްޗާއި ތެލާއި އަދި ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރަންޖެހޭ ތަކެތީ އަގު އުފުލެމުން ދިއުމަކީ ބޮޑު މައްސަލަކަށް ވަނީ ވެފައެވެ.އަދި މިހުރިހާ ކަމަކަށްވުރެން ބޮޑަށް ޔޫކްރެއިންގެ އާންމުޙާލަތު ގޮސްފައިވާ ނިކަމެތިކަމާއި ދޭތެރޭ އަޅާނުލާ ކިހާދުވަހަކު ތިބެވިދާނެތޯ ސުވާލުއުފަށްދައެވެ؟
ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މިކަމާގުޅިގެން ވަކިއެއްޗެއް ނުބުނިނަމަވެސް ޚާރިޖީ އޮފީހުން ބުނެފައިވަނީ ސުލްހަވެރި ޙައްލަކީ އަބަދުވެސް އެމެރިކާ ބޭނުންވާގޮތެވެ. ރަޝިޔާއިންވެސް ސުލްޙައިގެ މަގު ޚިޔާރު ކުރާނަމަ އެމީހުންގެ ލަޝްކަރުތައް ޔޫކްރެއިނުންނެރެ ޙަމަލާތައް ހުއްޓާލަން ޖެހެއެވެ. ވާހަކަދެއްކުމުގެ އިތުރުން އަމަލުންވެސް އެކަން ދައްކަންޖެހޭނެ ކަމަށް ބުނެއެވެ. އެއާ ޚިލާފަށް ފުރަތަމަ ދުވަހުންފެށިގެންވެސް ކްރެމްލިނުން ފެންނަމުންދަނީ ވާހަކަދައްކަންވެސް ބޭނުންނުވާ ކަމުގެ ނިޝާން ތަކެވެ.
އެއާޚިލާފަށް މިދިޔަ ހުކުރު ދުވަހުވެސް ރައީސް ޒެލެންސްކީ ތަކްރާރުކޮށް ވިދާޅުވީ ހަމަހަމަ ގޮތެއްގައި އަބަދުވެސް ސުލްޙައަށް ތައްޔާރަށް ހުންނެވި ކަމުގައެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ މިއީ އަހަރެމެންގެ ރައްޔިތުންނާއި މި ގައުމުގެ ކަރާމަތާއި އަދި އދ. ގެ ޗާޓަރުންވެސް ޙިމާޔަތް ލިބިދީފައިވާ އަހަރެމެންގެ ގައުމުގެ މައްސަލައެއް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ޔޫކްރެއިނަށް ވަޑައިގެންނެވި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވާން ޔޫކްރެއިނަށް ޔަގީންކަން ދެއްވީ އެމެރިކާގެ އެހީ އަބަދުވެސް ލިބޭނެ ކަމަށާއި މިމަހު 8 ގައި ބޭއްވޭ އިންތިޚާބުންވެސް އެކަމަށް ނޭދެވޭ އަސަރެއް ނުކުރާނެކަމަށެވެ.
One Response
އެމެރިކާއިން އެގޮތަށް ބޭނުންވާނަމަ އެއީ އުނދަގޫކަމަކަށް ނުވާނެ. މައްސަލައަކީ އެހެންބުނެފާ ދެން އެބުނާވާހަކަ. ކަލޭމެން ތެޅި ފޮޅޭށޭ. އަހަރެމެން އެހީވެދޭނަމޭ.