ދުން ގުޑުގުޑާ ބޮއުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ކަމެކެވެ. ދުންފަތާއި، ފެހި ކޯލަވާޓަރާއި އެނޫންވެސް ވިހަ މާއްދާތައް އެކުލެވޭ އެއްޗެހި އެޅުމަށް ފަހު ހަށިގަނޑުގެ އެތެރެޔަށް އެ ދަމާލާ ދުންތަކުން އެތައް ގުނަވަނެއް ނުރައްކަލަށް ހުށަހެޅެވެ. ޒަމާން ބަދަލުވެ، މިއަދުމީ އީ- ސިނގިރޭޓާއި ވޭޕާއި ޝީޝާގެ ޒަމާނެވެ. ފުރަ މާލޭގައިވެސް، އެފަދަ ޚިދުމަތްތައް ވިއްކާ އެތައް ކެފޭ އެއް އެބަހުއްޓެވެ.
ޝީޝާ ބުއިމަކީ މިއަދު ޒުވާނުންގެ މެދުގައި މަގުބޫލު ކަމެކެވެ. އަންހެނެއް ފިރިހެނެއް މިކަމުގައި އިސްތިސްނާއެއް ނުވެއެވެ. ޝީޝާ ކެފޭތައް ހުންނަނީ އަބަދުވެސް ފުރި ބާރުވެފައެވެ.
ވޭޕްކުރުމާއި ޝީޝާއަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއްކަން ޑޮކްޓަރުން އަބަދުވެސް ބުނެދެއެވެ. އެކަން ވިސްނައިދޭން މަސައްކަތް ކުރެއެވެ. މިފަހަކުންއައިޖީއެމްއެޗުގެ ޑޮކްޓަރު، ޑރ. މުޙައްމަދު އަލީވެސް ވަނީ ވޭޕާއި ޝީޝާ ބޯ މީހެއްގެ ފުއްޕާމޭގެ ތެރެޔަށް އެޅިފައިވާ ލޭތަކެއް ހިމެނޭ ފޮޓޯއެއް ޙިއްސާކުރައްވައި އެކަމުން ލިބޭ ގެއްލުމުގެ އިންޒާރު ދެއްވައިފައެވެ. ފުއްޕާމޭ ފަޅައިގެންދާ ކަމުގެ އިންޒާރު ދެއްވިއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕާއި ޝީޝާ ބުއިމުން މީހާގެ ސިކުނޑިއަށް ގެލުންވުންވެސް އެކަށީގެންވެއެވެ. މިހެން ވާން މެދުވެރިވާ ސަބަބަކީ ވޭޕް ކުރުމުން މީހާގެ ލޭ ދައުރުކުރާ ނާރުތައް ހިމަވެދާތީއެވެ.
ވޭޕާއި ޝީޝާގެ އެހެން ގެއްލުންތައް :
– ދިފާއީ ނިޒާމް ބަލިކަށިކުރުވާ
– އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވޭ
– ޑިޕްރެޝަނަށް މަގުފަހިވޭ
– އަވަހަށް ވާޅުވުމަށް މަގުފަހިވޭ
ވޭޕްކުރުމާއި ޝީޝާ ބުއިމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރަށް ދިއުމަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ހިތި ޙަގީގަތަކީ އެއީ އެއަށްވުރެވެސް ނުރައްކާތެރި ކަމެއް ކަމެކެވެ. ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް ކަމެވެ.
ވީމާ ވިސްނުންތެރިކަން އިސްކޮށް ތިމާގެ ހަށިގަނޑަށް ލިބެދާނެ ކޮންމެ ގެއްލުމަކުން ސަލާމަތްވެތިބުމަށް ޢަޒުމާއިއެކު މަސައްކަތް ކުރަންޖެހޭނެއެވެ.
ސިއްޙަތު ސަލާމަތުން ހުރުމަކީ ހާސްނުޢުމަތޭ ބުނެވެނީ މިހެންވެގެނެވެ.
2 Responses
އަސްލުވެސް ވަރަށްދެރަ ޅަޢުމުރުގައި މިފަދަ ގެއްލުން ހުރި ޢަމަލުތައް އިތުރުވަމުންދާތީ. އެހެނަސް ހަމަ ދުވަހެއް ދުވަހަކުން ހުރިހާ ގޯސް ޢަމަލުތަކެއް މިދަނީ އިތުރުވަމުންނެވެ.
Your article helped me a lot, is there any more related content? Thanks! https://www.binance.info/pl/join?ref=GJY4VW8W