ތެޔޮ ބަންޑުންވީ ސަރަހައްދެއްގައި ކޯމަސްތަކެއް މަރުވެފައި ތިއްބާ ފެނިގެން މޮރިޝަސްގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަމުން އެބަދޭ.

Loading

Facebook
Twitter
WhatsApp

މޮރިޝަސްގެ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވޭތުވެދިޔަ ހުކުރު ދުވަހު މައުލޫމާތުދިން ގޮތުގައި ތެޔޮ ބަންޑުންވި ސަރަހައްދުން މަރުވެގެން އެއްގަމަށް ލެއްގި ކޯމަސްތަކުގެ އަދަދު މިހާރުވަނީ 38 އަރާފައެވެ.

މޮރިޝަސްގެ ވެރިކަން ކުރާ ޕޯރޓް ލުވިސް ގައި ޖަޕާނުގެ މަނަވަރަކުން ތެޔޮ ބަންޑުންވުމާއި، ގޮތް ނޭގޭ ގޮތެއްގައި އެ ސަރަހައްދުން މަރުވެފަިތިބި ކޯމަސް ތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އަޑުއުފުލައިފިއެވެ.

ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން މި ކޯމަސްތައް މަރުވެފައި ވަނީ އެމް. ވީ. ވަކަޝިއޯ ނަމަކަށް ކިޔާ މަނަވަރު ފަރަށް އަރައި އެއިން ތެޔޮ ބަންޑުން ވުމާއި ގުޅިގެންތޯ ތަހުގީގު ކުރުމަށް ގޮވާލާފައިވެއެވެ.

 

Loading

One Response

  1. ސަޅިއެއްނު؟ ބަނޑުހައިހޫނު ކަމާއި އަދި ބޭސްފަރުވާ ނުލިބި މަރުވާ މީހުންގެ އަދަދު މިލައަނުން ގުނާ އިރު ވެސް އޯކޯ! ތެޔޮ ވަޅަކުން ލީކްވެ މަހެއް މަރުވީމާ ކޮށްލާ ވަރު! އިންސާފު ހުރި މިންވަރު؟؟

Leave a Reply to ތޮޔެ ރިޒާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް