ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތުވެސް  ކޮންޓްރޯލް ކުރަނީ ބިދޭސީން 

Loading

Facebook
Twitter
WhatsApp

   ރާއްޖޭގެ ބިން ބޮޑެތި ދަނޑުވެރިކަމުން މަންފާ ލިބޭ ފަދަ ރަށްރަށުގައި ދަނޑުވެރިކަން ކުރަނީ ބިދޭސީންނެވެ. މި މަސައްކަތް ބިދޭސީން ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. 

މިގޮތުން ލާމުއަތޮޅާއި އައްޑޫއާ ފުވައްމުލަކާ ކާށިދޫ އަދި ށ.އަތޮޅުގެ ބައެއް ރަށްތަކާ ތޮއްޑޫ ފަދަ ރަށްރަށުގެ ދަނޑުވެރިކަން އޮތީ ބިދޭސީގެ ބާރުގެ ދަށުގައެވެ. މާލޭ ދަތުރުވެރީންގެ މާރުކޭޓަށް ގެނެވޭ އެންމެހައި ދިވެހި ދަނޑުވެރި އުފެއްދުން ތަކަކީ ބިދޭސީން އުފައްދާ ތަކެއްޗެވެ.މާލެއަށް ދަނޑުވެރި ސާމާނު ސަޕްލައި ކުރަނީވެސް ބިދޭސީންނެވެ.

     ބިދޭސީން ދަނޑުވެރިކަން ކޮށްގެން ނެރޭ ގޮވާން މާލެއަށް ފޮނުވުމުން އެ ތަކެތި ގަނޑުކޮށް ނަގަނީ މާލޭކޮޅުގައި ހުންނަ އެވެރިންގެ އޭޖެންޓެކެވެ. ދިވެހިންނަށް ޖެހެނީ ބިދޭސީ އޭޖެންޓް އަތުން ބޮޑުއަގުގައި ގަންނާށެވެ.

    މިއީ ސަރުކާރުގެ މައްސަލައެއްތޯ ނުވަތަ ދިވެހީން ކަންނެތް ކަމުން ވާކަމެއްތޯ ކަނޑައަޅުއްވާނީ ތިބޭފުޅުންނެވެ. ހަމަގައިމުވެސް މިދެންނެވި ވޯކްފޯސް އަކީ ވެސް ވަގު މީހުނެވެ. މާނަޔަކީ ވިސާނެތި މިގައުމުގައި ވަގަށް އުޅޭ މީހުނެވެ.

    ގަވާޢިދާ ޚިލާފަށް ރާއްޖެއައިސް އެވެރިން ތިބެނީ ބިން ބޮޑެތި ރަށްރަށުގައި ފިލައެވެ. ކައުންސިލް ތަކުން ދަނޑު ދޫކުރަނީ އެރަށްރަށުގެ ވަޒަން ވެރީންނަށެވެ. ބިދޭސީން އެދަނޑުތަށް ރަށުމީހުންގެ އަތުން ނަގައިގެން ދަނޑުވެރިކަން ކުރަނީ ކުށްޔަށްކަމަށް ވެއެވެ.

      ކޮންމެއަކަސް ރާއްޖޭގެ ސަލާމަތަށް ނުރައްކާތެރިވާ މިންވަރަށް ބިދޭސީން ރާއްޖޭގައި އެބައުޅޭކަން ސަރުކާރަށް ވަރަށް ރަނގަޅަށް އެނގެއެވެ. މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި ހުޅުމާލޭ ރަށުމާރުކޭޓަށް ބޭނުންވާ ދަނޑުވެރިކަމުގެ ސާމަނަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އުފައްދާ ދަނޑުވެރިކަމުގެ ސާމާނެވެ.

     ރަށްރަށުގައި ދިވެހިން ކުރާ އެއްވެސް މަސައްކަތެއް މިހާރަކު ނެތޭ ބުނުމަކުން މާބޮޑު ދޮގަކަށް ނުވާނެއެެވެ. ރަށްރަށުގެ ރައްޔިތުންނަށް ބިދޭސީންނާއި ނުލާ ނުއުޅެވޭ ހިސާބަށް އެބައިމީހުންގެ ”ޚިދުމަތް“ ވަނީ ފުޅާވެފައެވެ. ޢިމާރާތް ކުރަން ޖެހުނަސް ވަޑާމުގެ މަސައްކަތަކަށް ވިޔަސް ކުރަނީ އަދި ގޭގެ ދައްތައަށް ބޭނުންވާ ޚިދުމަތެއްނަމަވެސް ކޮށްދެނީ ބިދޭސީ މީހާކަމަށް ވެއެވެ. ރުކަކަށް އަރަން ޖެހުނަސް ކާށި ހެހުނަސް އެކަން ކުރަނީވެސް ބިދޭސީއެކެވެ.

     މިދެންނެވި މަސައްކަތް ތަކުގެ އިތުރުން އެއަރކޯންގެ މަސައްކަތާއި އައިސްއަލަމާރި ދޮންނަމެޝީން ފަދަތަކެތި މަރާމާތުކޮށް ދިނުމު މަސައްކަތް ރަށްރަށުގައި ކުރަނީ ބިދޭސީންނެވެ. މިހެންގޮސް ބިދޭސީން ވަނީ މިގައުމަށް ވަރަށް ބޭނުންތެރި ބައެއްކަމަށް ލޭބަލް ކުރެވިފައެވެ. ރަށްރަށުގެ ގޭގޭގެ މަސައްކަތާއި ގަސްތަކަށް ފެންދިނުމާއި އަންހެން ވެރިންނަށް ހުނިގާނާދީ ފާޑު ފާޑުގެ ކެއުންގަނޑުތައް ވެސް އެވެރިން ތައްޔާރު ކޮށްދެއެވެ. އަދިހަމަ އެބީދައިން ހޮޓަލެއް ހުޅުވިއަސް ކައްކާއިންނާ ވެއިޓަރުނާ ހިސާބު ކަނޑައިދޭ މީހުންގެ ގޮތުގައިވެސް ތިބެނީ އެހެން ބައެއް ނޫނެވެ.ހަމަ މިދެންނެވެި ވަގު ބިދޭސީންނެވެ.

އެމީހުން ވަޒީފަތަކުގައި ގެންގުޅެނީ ނުވަތަ އުޅެނީ ވޯކުވިސާއެއެއް އޮވެގެންތޯ ނުވަތަ ރާއްޖެއައިސް އުޅެނީ ގަވާޢިދުން ތޯ ނުވަތަ ނޫންތޯ ބަލާލާމީހަކު ނުހުރެއެވެ. ލާމަރުކަޒީ ކުރެވި ކުޑަކުޑަ ރަށެއްގައިވެސް 5 ކައުންސިލުން ދައުލަތުން ބޮޑެތި ޚަރަދުކޮށްގެން ޓައީ އަޅުވާފަ އެބަ ތިއްބެވެ.

     މިހެން ގޮސް ފިރިމީހާ ނުހުންނަ ވަގުތު ތަކުގައި ގެންގުޅޭ ބިދޭސީ މީހާ އެގޭ އަންހެންމީހާ ގެ ”ހުރިހާ“ ކަންކަން ވެސް ކޮށްދިނުން އެއީ ޢާންމު ކަމެެއްގެ ގޮތުގައި ފާހަގަ ކުރަންޖެހެއެވެ. ފިރިމީހާ ނެތް ގަޑިތަކުގައި އަންހެން މީހާ ފެންވަރުވައި ގައި އުނގުޅައިދޭ ހިސާބަށް ބިދޭސީންގެ ޚިދުމަތް ވަނީ ފުޅާވެފައެވެ. ސަހަރޯއޭ ހިތައްއަރާ ދިވެހީން މިވާހަކަތައް ހޮޅުއަށިތަކުގައި ދައްކައެވެ.

      ސަރުކާރަށް ރާއްޖޭގައި ގަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން ނުފެނިގެނެއް ނުއުޅޭކަން ޔަގީނެވެ. ބިދޭސީން ފޮނުވާލަން ސަރުކާރުން އުޅެފިނަމަ ރަށްރަށުގެ ރައްޔިތުން އެރަށްރަށުގައި އާމްދަނީ ހޯދުމަށްޓަކާ ކުރަމުންއަންނަ އެންމެހައި މަސައްކަތްތައް ދެން ހުއްޓުމަކަށް އަންނާނެއެވެ. މަސްވެރި އުޅަދު ފަޅުގައި އަޅަން ޖެހެއެވެ. ގަރާޖް ތަކާއި ހޮޓާ ރެސްޓްރާންޓް އަދި މަސާޖުޕާލާތައް ބަންދުކުރަން ޖެހެއެވެ. އެހެންކަމާއެކު ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމަކީ ސަރުކާރަށް މާފަސޭހަކަމަކަށް ނުވާނެނޫން ހެއްޔެވެ. 

ދަނޑުދަނގުތަކާއި ޖަނަވާރު ގެންގުޅެގެން އެތަކެތީގެ މަންފާ ލިބެމުންދާ ފަރާތްތަކަށް ފޫނުބެދޭ ވަރުގެ ގެއްލުމާ ކުރިމަތި ލާން ޖެހޭނެތީ ސަރުކާރަށް ވަނީ ދެވަނަ ވިސްނުމަކަށް ދާންޖެހިފައޭވެސް ކިޔާއަޑު އަހަމެވެ.

      ރާއްޖޭ ރަށްރަށުގެ އަންހެން ކުދީންނަށް ސާފު ހުދު ޖަނގިޔާ އެއްވެސް ލެވެން އޮތީ ބިދޭސީން ރަށްރަށުގައި ލޯންޑަރީގެ ސަރވިސް ދޭން ތިބެގެންނެވެ. ގައުމުގެ މިނިވަންކަމާއި އަމިއްލަ ފުށްދުންތެރިކަން މިސާބަށް ދިއުމުން މިއަށް ކިޔާނެ އެއްޗެއްވެސް ނުވެސް ވިސްނެއެވެ. 

މަސްވެރި ފިރިމީހާއަށް ވަގުތު ނުލިބޭތީ މަސްވެރިޔާ މަހުން އަންނަންވާ އިރަށް އަންހެނުންގެ ޚިދުމަތައް ނެރެން ރީތިކޮށްދީ އެނހީތެރިނާންވެސް ތިބީ އެވެރިންކަމަށް ވުމުން ވަގުބިދޭސީން ފޮނުވާލަން ސަރުކާރަށް މިއަދު ވަނީ ނުކުޅެދިފައެވެ. 

ސަރުކާރަށް ކޮށްދެވެން އޮތީ އެންމެ ދެކަމެކެވެ. އެއީ ގަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމާއި އެވެރިން ގަވާޢިދަށް ފެއްތުމެވެ.

ގަވާޢިދަށް ފެތިގެން ދިއުމުން ހެދިފައިވާ ކޮންޓްރެކްޓް ހަމަވަންްދެން އޭގެ ކޮންމެ ބިދޭސީ އަކަށްވެސް ރާއްޖޭގައި އުޅެވޭނެއެވެ. ކޮންޓްރެކްޓް ހަމަވެ އެ ބިދޭސީމީހާ ރަށަށްދިއުމަށްފަހު ދެން އާދެވޭނީ އެމްޕްލޯޔަރު އޭނާ ގެނައިއްޔާތާއެވެ. 

މިނޫން އެހެން ގޮތެއް އޮތްހެނެއް ދެނެއް ހީއެއްނުވެއެވެ. ދިވެހީން ކަންނެތްވެ ބިދޭސީންނަށް ބަރޯސާވެފައި މިވަނީ އަތްނުފޯރާ މިންވަރަށެވެ. 

މީ ފެންނަމުންދާ މަންޒަރު ތަކުން ފޮޓޯ ފެންނަ ގޮތެވެ. މާފުކުރައްވާށެވެ. މިއަދަކީ ގައުމީދުވަސްވީމާ ގައުމުގެ ޙާލަތު ކުރުގޮތަކަށް ބަޔާންކޮށް ލެވުނީއެވެ.

Loading

5 Responses

  1. މިއީ ފަހުގެ ތާރީޚް އެއްގައި ނޫހަކުން ކިޔާލެވުނު އެންމެ ކަމުދާ ޚަބަރު . ތަކުރާރުކޮށް މި މައުޟޫގައި ޚަބަރުތައް ލިޔުމަށް ދަންނަވަން. ޝުކުރިއްޔާ.

  2. ފަހަލަ ސައީދު ލިއުއްވާފައިއޮތް ގޮތުން މަހީކުރީ ރާއްޖޭގައި ދަނޑު ހެއްދުމުގެ މަސައްކަތް ކޮންޓްރޯލް ކުރަނީ ބިދޭސީންކަމަށް. ކިޔާލީމާ މިއެނގުނީ ހުސް އެަކަނި ދަނޑު ހެއްދުންނޫންކަން. މިފަހަކަށް އައިސް ވަގު ވިސާގައި ނޫނީ ވިސާނެތި ގައުމުތަކަށް އެތެރެވީ މީހުންނަށް ހަދަން ޖެހުނުގޮތް މިގައުމުންވެސް ހަދަން ޖެހޭނީ. ފުރަތަމަ ކިޔަން ޖެހޭނީ ރެފިއުޖީން. އެއީ އެމީހުންދާނެތަނެއް ނެތީމާ. ދެން ރައްވެހިކަން ދޭން ޖެހޭނީ.

    1. ރާއްޖޭގެ ބޯޑަރު ބޮޑުކަމުން ސަރުކާރުތަކަށް ނުބެލެހެއްޓެނީކަމަށް ވާނީ. އެނޫނީ ވަގު މީހަކަށް 5000 ރުފިޔާމަގުނެ ހަމަ އެތެރެކުރަނީ އެނގިތިބެ. އިއްޔެ މީހަކުބުނި މިހާރު ބޭރުމީހުން ދިވެހި ޕާސްޕޯޓްގައިވެސް އެބަ ދަތުރުކުރެޔޯ. މާނަޔަކީ ޕާސްޕޯޓްވެސް ވިއްކަންފެށީބާއެވެ؟ ނާގާބިލު ފޯރސް އެއްގެ ލާދީނީ ފޯރސްއެއެް ހަކުރުދެންޗާ ބޮޑުބޭބެ ފޯރސްތައް ގުޅިގެން ގައމު ފުޑާލީއެވެ. އެމީހުން ބުނާހެން ދިވެހިނގެ ގައުމިއްޔަތު ބަދަލުވާންޖެހެއެވެ. މިއޮތީ އެކަން ކޮށްފައެވެ. ގުރޫޕް ސެކްހަދާފާއި ފިރިހެން ކުޅިކުޅެފާ އަންހެންކުޅި ކުޅެފާވެސް ފަޅާއެރީމާވެސް ލަދުހަޔާތެއްނެތި މުޖުތަމައުގެ ތެރޭގައި އިއްޒަތްތެރި މެމްބަރުހެދި ގެން އުޅެނީއެވެ. ރައްޔަތުން ހޮވާފައި ތިބި ޚާދިމުންނެވެ. އެހެނަސް އެކަކު އަނެކާއަށް އިއްޒަތްތެރި މެމްބަރު ކިޔާއިގެން ބައްދަނީއެވެ. ހަމަ ރަނގަޅަށްވެސް ދިވެހިންގެ ގައުމިއްޔަތު ފައުޅުގައި ރައްޔަތުންނަށް، ގައުމަށް ގޮންޖަހައި މިވަނީ ބަދަލުކޮށްލާފައެވެ. އެކަމުގެ އެންމެ ބޮޑު މަދަދު ގާރަކީ ދީނީ އިލްމުވެރީންނޭ ކިޔައިގެން ދަޢުވާ ކުރަ ޢަދާލަތު ޕާޓީއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

  3. ގޭގައި އުޅޭ ދައްތަ ބުނާހާ އެދުންތަކެއް ފުއްދަދޭހިސާބަށް ބޭރު ވަގުމީހާ ދިޔައިމާ ދެން ދިވެހިވަންތަކަން އޮތް ހިސާބު ވަޒަންކޮށްލެވިއްޖެއެވެ. ބޭބެ މަހުން އަންނައިރަށް ދައްތަ ފެންވަރުވައިދީ ފުށްޖައްސާ ހިސާބަށް ދިއުމަކީ ސަހަލަ ކަމެއްތޯއެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް