ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ޓޫރިޒަމް ގާނޫނުގެ ދަށުން ނަގަމުންދިޔަ ގްރީން ޓެކްސް އަލުން ނަގަން ފެށުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިމިވަނީ މިދިޔަ ޖުލައިމަހު ގެޒެޓުކޮށްފައިވާ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ގްރީން ޓެކްސް ނެގުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށުމަށް ހިމަނާފައިވާތީއެވެ.

ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ޖަހާފައި އޮތުމުން ގްރީން ޓެކްސް ނެގުން ވަނީ ހުއްޓިފައެވެ..

އެ ގާނޫނަށް ގެނައި އިސްލާހުގެ މަގުސަދަކީ ރިސޯޓުތަކެކޭ އެއްފަދައިން، ހޮޓާތަކާއި ގެސްޓް ހައުސްތަކުން ވެސް ގްރީން ޓެކްސް ނަގަން ފެށުމެވެ.

ނަމަވެސް، އެ ގާނޫނުގެ 35ވަނަ މާއްދާގެ (ކ)އަށް ގެނައި އިސްލާހުގައި ވާގޮތުން، ޓޫރިސްޓު ރިސޯޓުތައް ވެސް ހިމެނޭހެން، ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއާއެކު، މިހާތަނަށް ރިސޯޓުތަކުން ނަގަމުން އައި ގްރީން ޓެކްސް ވެސް ވަނީ ހުއްޓިފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން ހަ ޑޮލަރެވެ.  އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ދައުލަތަށް ބޭރުފައިސާއިން 4 ވަނައަށް އެންމެ ބޮޑު އާމްދަނީ ލިބެނީ ގްރީން ޓެކްސްގެ ގޮތުގައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް