މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް!

Loading

Facebook
Twitter
WhatsApp
      ރޭ މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އަލިފާންގަނޑު ފުރަތަމަ ރޯވެފައިވަނީ ބޮޑުތަކުރުފާނުމަގުގައި އެސްބީއައި ކައިރީގައި ހުންނަ ކެފޭ ޓިއޯލޯގައެވެ. ކެފޭގައި ހިފި އަލިފާންގަނޑު ކޮނޓްރޯލްނުވެ ކެފޭވަނީ އަނދާ ހުލިވެފައެވެ.
މި ކެފޭއަކީ ދެފަންގިފިލާއަކަށް ހަދާފައި ހުރި ކެފޭއެކެވެ.
        އެއަށްފަހު ދެން އަލިފާންހިފައި އަނދަންފެށީ ސްޓޭޓް ބޭންކް އޮފް އިންޑިޔާ ހުރި އިމާރާތެވެ. އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. އަދި އެއިމާރާތުގެ 2 ވަަނަ ފަންގިފިލާއާއި 7 ވަނަ ފަންގިފިލާގެ ތެރެއިންވެސް އަލިފާނުގެ އަސަރު ފެންނަން ހުއްޓެވެ.
      މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެއަރޕޯޓް ފަޔަރ ފައިޓަރުންނާއި އުޅަނދުތައް ވެސް ވަނީ އައިސް އެހީތެރިވެފައެވެ. އަލިފާންގަނޑު ކޮންޓްރޯލްވީ ރޭ 23:30 ހާއިރުއެވެ.
      އަލިފާން ރޯވި ސަރަހައްދަށް ގިނަ ބަޔަކު އެއްވަމުން ދިޔުމާއި ގުޅިގެން އެކަން އެގޮތަށް ނުކުރުމަށް  އެހްޕީއޭއާއި، ކަމާބެހޭ އިދާރާތަކުން ދިޔައީ އިލްތިމާސް ކުރަމުންނެވެ. އެހެން ނަމަވެސް ކޮވިޑުގެ ނުރައްކާތެރި މިހާލަތުގައިވެސް އެސަރަހައްދަށް ގިނަ އަދަދެއްގެ އާއްމުން އެއްވެފައި ތިބިކަން ފާހަގަ ކޮށްލެވެއެވެ.
      އަލިފާން ރޯވި ސަރަހައްދަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީވެސް ވަނީ ވަޑައިގަނެ، އެސަރަހައްދުގެ ހާލަތު ބައްލަވާ ހައްދަވައިފައެވެ.
      މި ހާދިސާގައި ވެސް، މިފަދަ ކޮންމެ ހާލަތެކޭ އެއްފަދައިން، ފުލުހުންނާއި ސިފައިން އަދި ދިވެހި ރެޑް ކްރެސެންޓާއި އެއަރޕޯޓް ފަޔަރ އާއި އެހެނިހެން ޚިދުމަތްތެރިން ކުރެއްވި ހިތްވަރުގަދަ މަސައްކަތަށް ގިން ބަޔަކު ވަނީ ތަޢުރީފު ކޮށްފައެވެ.

Loading

One Response

  1. ވަރަށް ދެރައެވެ. ރިހޭ ފައިމައްޗަށް ފޮއިވެއްޓުނީއެވެ. ކޮވިޑް19 ގެ ވަބާއިން ސަލާމަތްނުވެވި ބިކަޙާލުގައި އުޅެމުން ދަނިކޮށް އަނެއްކާ ބޮޑު ގެއްލުމަކާ ދިމާވީއެވެ. މާތްﷲ އަހަރެމެނަށް ހެޔޮ ރަޙުމަތް ލަހައްޓަވާށިއެވެ. އާމީން!

Leave a Reply to މުހުސިން އިސްމާޢީލު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް