ބަސް ދަތުރުކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަދުތަކަށް ފިޔަވަޅު އަޅަނީ

Loading

Facebook
Twitter
WhatsApp

މާލޭގައި ދުއްވާ ބަސް ދަތުރުކުރާ މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތަކަށް ފިޔަވަޅު އަޅަން ފަށައިފިއެވެ.

މިނީ ބަހުގެ ހިދުމަތް އިއްޔެ ފަށާފައިވާއިރު ބަސް ދަތުރުކުރާ ބައެއް މަގުތަކުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ބަހައްޓާފައި ހުރި މައްސަލަ ބޮޑުވެ،  މިމައްސަލަ ހައްލުކުރުމަށްޓަކައި ޓްރެފިކް ފުލުހުން ރެއިން ފެށިގެން ގެންދަނީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި އެފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން އވަނީ ސްޓިކާ ޖެހުމަށްފަހު އެފަދަ އުޅަނދުތައް ޓޯ ކުރަން ފަށައިފައެވެ.

ބަހުގެ ހިދުމަތް ފަށާފައި ވަނީ  ބަސް ދަތުރުކުރާ ރޫޓުގައި ހިމެނޭ މަޖީދީމަގާއި އަމީނީ މަގުގައި ޕާކުކުރުން ހުއްޓުވާ ކައިރި ސަރަހައްދުތަކުގައި ޕާކުކުރާނެ ޖާގަ ހެދުމަށްފަހުއެވެ. އަދި މިހާރުވެސް އިތުރު ސަރަހައްދުތަކުގައި ވެސް ޕާކިން ޒޯންތައް ދަނީ ތަރައްގީ ކުރަމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން އުޅަދުތައް ޕާކު ކުރަން ނުޖެހޭ ސަރައްހައްދުތަކުގައި ދަނީ ޕާކްކުރަމުންނެވެ.

ފުލުހުން ބުނީ  ޕާކްކުރުން މަނާކޮށްފައިވާ މަގުތަކުގައި ޕާކް ކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ބަހަށް އުނދަގޫވާގޮތަށް ޕާކުކުރުން މަނާ ސަރަޙައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހާ އުޅަނދުތައް ޓޯކުރަންޖެހޭ ހާލަތުގައި ޓޯވެސް ކުރާނެކަމަށް ވެސް ފުލުހުން ބުނެއެވެ.

ތިން ރޫޓަކުން ދަތުރުތައް ހަމަޖައްސާފައިވާ މިނީ ބަސް ދަތުރު ކުރަން ހަމަޖައްސާފައިވަނީ  އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ.

ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ އެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް