އެކްސްކުލޫސިވް: ވޮޝިންޓަން ގައި ނަތަންޔާހޫއާއެކު ބޭއްވުމަށް ރޭވި ބައްދަލުމަށް މުހައްމަދު ބިން ސަލްމާން ވަޑައެއް ނުގެންނެވި

Loading

Facebook
Twitter
WhatsApp
mbs trump

އިޒުރޭލުގެ ބޮޑު ވަޒީރާއި ސަޢޫދީ ވަލީ އަހުދު ބައްދަލުކުރެއްވުމަށް، ޢާންމުކޮށް އެންމެނަށް ފެންނަގޮތަށް  ބައްދަލުވުމެއް ބޭއްވުމަށް ރޭވިއެވެ. އެހެންނަމަވެސް، އެ ބައްދަލު ބޭއްވުމަށް، ކުރައްވަން އުޅުއްވި ދަތުރުގެ މަޢުލޫމާތު ލީކުވުމާއި ގުޅިގެން ރޭވި ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ. 

ވޮޝިންޓަންގައި އިޒުރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ސަޢޫދީ ވަލީ އަހުދު  މުހައްމަދު ބިން ސަލްމާން ބާއްވަން ރޭވި ބައްދަލުވުން ކެންސަލް ކުރެއްވީ އެދަތުރުގެ ޚަބަރު ލީކުވެ، އެމެރިކާގެ ވެރިރަށުގައި ހުންނެވި ޚަބަރު ފެތުރުމުން، ބޮޑު ކަންތައްގަނޑަކަށް ވެދާނެތީއެވެ. 

އިޒުރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު ސަޢޫދީ ވަލީއަހުދު  މުހައްމަދު ބިން ސަލްމާން ބާއްވަން ރޭވި ބައްދަލުވުން ބާއްވާ ވަގުތު ވީޑިއޯކުރުމަށްފަހު ފަހުން ދައްކާނީތޯ، ނުވަތަ ކެމެރާތަކުގެ ކުރިމަތީގައި ވީޑިއޯކުރަމުން، ވަގުތުން ދައްކާނީތޯ ވަނީ އެއްބަސް ނުވެވިއެވެ. 

އެހެންނަމަވެސް މިބައްދަލުވުން ބޭއްވުމަށް ބާރުއަޅުއްވަމުންދާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕާއި އޭނާގެ ޅީދަރިފުޅު އަދި ލަފާދޭ މުޝީރު ޖެާޑު ކުޝްނާ ދެކެވަޑައިގަންނަވާ ގޮތުގައި އެދެފަރާތުން އަތާއި އަތް ޖޯދުކޮށް ސަލާމްކުރުމަކީ، ސުލްޙަ ގާއިމުކުރަން މަސައްކަތްކުރާ ޒުވާން ޢަރަބި ލީޑަރެއްގެ ގޮތުގައި މުހައްމަދު ބިން ސަލްމާން މަޝްހޫރުވެގެންދާނެ ކަމެކެވެ. އަދި މިއީ އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޔުނައިޓެޑު ޢަރަބް އެމިރޭޓުސް އާއި އިޒުރޭލާއެކު ގާއިމުކުރި ސިޔާސީ ގުޅުމަށް ސަރަހައްދުގެ ބާރުތަކުގެ ތާއީދުއޮތްކަންވެސް ދައްކުވައިދޭނެ ބައްދަލުވުމެކެވެ.  

އެ ބައްދަލުވުމަށްފަހު، އިޒުރޭލު ބަލައިގަންނަކަން އިއުލާންކުރުން މުހައްމަދު ބިން ސަލްމާން ފަހަރެއްގައި ހުއްޓުވަފާނެއެވެ. އެހެންނަމަވެސް، އެބައްދަލުވުމުން ދައްކުވައިދޭނީ ސައޫދީ އަރަބިއްޔާވެސް ވަނީ އިޒުރޭލާއެކު ސިޔާސީ ގުޅުން ގާއިމުކުރުމުގެ މަގުމަތީގައިކަމެވެ. މިގޮތުން އެމެރިކާއަށް ދަތުރުކުރެއްވުމަށް ތާރީޚު ކަނޑައެޅި، ޕްރޮޓޮކޯލް ޓީމުވެސްވަނީ އެކިތަންތަނަށް ފޮނުވާލެވިފައެވެ.

ހަމަޖެހިފައިއޮތީ ރިޕަބްލިކަން ކޮންވެންޝަނަށްފަހު، 31 އޮގަސްޓުގައި މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ވަޑައިގަންނަވާ ގޮތަށެވެ. އެ ޒިޔާރަތަކީ އެމެރިކާގައި ބޮޑު ޕީ އާރު ހަރަކާތްތަކެއް ހިންގަވަން ގާތްގަނޑަކަށް ތިން ހަފްތާވަންދެން ހުންނެވުމަށްފަހު، 2018 މާރިޗުގެ ފަހުން އެމެރިކާއަށް ކުރައްވާ ފުރަތަމަ ޒިޔާރަތަށް ވީހެވެ. 

ސައުދީ އެމްބަސީގައިވެސް، އެމްބެސެޑަރ ހުންނަވާ ގެކޮޅުގައިވެސް އަދި މީހުންގެ ސަމާލުކަން އަތުވެދާނެ ފަދަ ތަނެއްގައި ހުރި ގަނޑުވަރެއްގައިވެސް ހުންނަވަން ބޭނުންފުޅުނުވާތީ، މުހައްމަދު ބިން ސަލްމާން ހުންނެވުމަށް ސިއްރު ސަރަހައްދުތަކުން 4 ގެއެއް ވަނީ ބައްލަވައިގެންފައި ކަމުގައި އެމް އީ އީ ން ބުނެފައިވެއެވެ. 

މި ރޭވުން ފޭލިވީ އެދަތުރުގެ މަޢުލޫމާތު ލީކުވިކަން އަންގައިދޭ ރިޕޯޓެއް ވަލީއަހުދަށް ލިބިވަޑައިގަތުމުންނެވެ. ވަލީ އަހުދުވަނީ އެދަތުރުގެ ހުރިހާކަމެއް ސިއްރު ކުރެއްވުމަށް ވައިޓްހައުސްއަށް ޝަރުތުކޮށްފައެވެ. އޭނާ ވޮޝިންޓަންގައި ހުންނެވިކަން ޢާންމުންނަށް އަންގަންވާނީ ބައްދަލުވުން ފެށުމުން ކަމަށް ޝަރުތު ކޮށްފައެވެ. 

މިގޮތުން، އޭނާއަށް ލަފާދެއްވާ މުޝީރުން އަންދާޒާކުރެއްވި ގޮތުގައި، ކޮންގުރެސްގައި ހިމެނޭ ވަލީއަހުދާއި ދެކޮޅު ގިނަ މެންބަރުންނަށް އޭނާއާއި ދެކޮޅަށް ބަޔާން ނެރުމުގެ ފުރުސަތާއި، މަރާލެވިފައިވާ ސަޢޫދީގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީއާއި ގުޅިގެން ވަލީއަހުދާއި ދެކޮޅަށް ކުރާ ކެމެޕޭން ކުރާނެ ފުރުސަތެއްވެސް ނުލިބޭނެއެވެ. މީގެ އިތުރުން ކެނެޑާގައި ފިއްލަވައިގެން އުޅުއްވާ، ސަޢުދީގެ ކުރީގެ އިންޓީރިއާ މިނިސްޓަރ ސާދު އަލް-ޖަބްރީއަށް ވަލީއަހުދާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ފުރުސަތެއްވެސް ނުލިބޭނެއެވެ. 

ވަލީ އަހުދު މިދަތުރު ކުރެއްވުމަށް ޓްރަމްޕާއި ކުޝްނާ އާއި ދެބޭފުޅުން ވަރަށް އެދިވަޑައިގަންނަވައެވެ. އެދަތުރު ކެންސަލްކުރުމުގެ ގަޑިތަކެއްގެ ފަހުން، ޓްރަމްޕު ވަނީ ޔޫ އެސް ސެކެއްޓަރީ އޮފް ސްޓޭޓު މައިކް ޕޮމްޕެއޯ އާއި ކުޝްނާ މެދުއިރުމައްޗަށް ފޮނުއްވަން ނިންމަވާފައެވެ. އެއީ ޔޫއޭއީ އާއި އިޒުރޭލުގެ ގުޅުމަށް ތާއީދު އިތުރު ކުރުމަށެވެ. 

Loading

One Response

  1. ސަލްމާނު ކައިރިން އަހާލަދީބަލަ ދިވެހި ދައުލަތުގެ ދެވެރިން ދެކީލިފަތްދަށަށް ލައިގެން ފިއްތާލީމާ ކޮއްޗެއްތޯ ނިކުތީ؟ ކިހާވަރެއް ހަދިޔާއަށް އަރިސްކުރިންތޯ. ދެން އަހާލަދީ ކޮބާތޯ ސަޢުދީ ޖާނަލިސްޓު ކަޝޯގީ؟ އޮއޯ، މީނާގެ ވާހަކަ ދައްކަންވެސް ނުވާނެ. އޭނަ ބޭނުންވާގޮތަށް ފަތުވަދޭނެ ބައިވަރު ޝޭޚުން އޭނާގެ ޕޭރޯލްގައި އެބަ ތިއްބެވެ. ވީމާ އެބޭފުޅާތީ ނިކަން ފިރިހެނެކެވެ.

Leave a Reply to މިޖީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް