ރާއްޖޭގެ އަމާންކަން ގެއްލިއްޖެ! 

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަމާން ކަމެއް ނެތެވެ. ރާއްޖޭގެ އަމާންކަން މިވަނީ އެއްކޮށްގެއްލިފަޔޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ތޮއްޖެހިފައިވާ މާލޭގެ ސަރަޙައްދުގައި ދިރިއުޅޭ ރަައްޔަތަކަށް ރައްކާތެރިކަމެއްނެތި ރޯމަރުދުވާލުވެސް ކަޓަރުއަޅާ މާރާމާރީ ހިންގައި ވައްކަން ކޮށް މަގުމަތީ ދެވައްތަަރު އެއްޗެހިބޮއިގެން ޢަމަލުވެ ތެޅިބާލަނީއެވެ. ޢަމަން ބަލަހަށްޓަން އުޅޭ މީހުންގެ އެއްވެސް ބާރެއް ނުވަތަ ޒިންމާއެއް ނެތްކަހަލައެވެ. މިވަރަށް ފެއިލްވެފާވާ ހޯމް މިނިސްޓަރެއް ދިވެހިން ދެކެފައެއް ނެތެވެ. އޭނަޔަށް ހުރިހާ ޖަރީމާއެއް ބޮޑުވަރިހަމަ ކަހަލައެވެ!

     މަގުމަތިން މީހުނަށް ޙަމަލާ ދިނުމާ އަންހެން ކުދިންގެ ކަރުގައި އޮންނަ ރަންފަށް ފޭރިގަތުމާ އަތްދަބަސް ޖަހައިގަތުމާ މަގުމަތީ ގައި ޕާކުކޮށްފައި ހުންނަ ސައިކަލް ވަގަށް ނެގުމާ ލޮރީ ތަކުގެ ބެޓެރީ ފޭރުމާއި، ކަޓަރު އެޅުމާ މާރާމާރީ ހިންގުން ފަދަ ބޮޑެތި ކުށްކުރާ ޒުވާނުން ހަބޭހަަށް ދަނީ ގިނަވަމުންނެވެ.

ސަރުކާރުގެ ޕޮލިސީއަކީ ޒުވާނުން ބާރުވެރިކުރުވައި ވަޒީފާތަކަށް އަހުލުވެރިކުރުމޭ ގޮވާ އަޑުފަށް ވަރަށްގަދައެވެ. އެހެނަސް ޙަގީގަތް ދިމާ އިދިކޮޅެވެ. ފްލެޓް ތަކުގަޔާއި މިސްކިތްތަކުގައި ހުންނަހަރުގަނޑުތަކުން ބޫޓާއި ފައިވާން ވަގަށް ގެންދިއުން މިހާރަށްކަށް އައިސް މިވަނީ ޢާންމުވެފައެވެ. އަދި ބައެއް ސްކޫލް ތަކުގެ ދަރިވަރުންވެސް ސްކޫލްތަކުގެ ފާޚާނާ ތަކުގައިގައި މަސްތުވާތަކެތި ބޭނުންކޮށް މާރާމާރީ ހިންމަކީ ވެސް މިހާރަކަށް އައިސް ޢާންމުކަމަކަށް ވެއްޖެއެވެ.

ސްކޫލް ތަކަކީ ގައުމުގެ ކުރިމަގު ބައްޓަން ކުރާ ސުލޫކީއެދުރުގެއެވެ. 

މި އެދުރުގެ ތަކުން ނުކުންނަ ދަރިވަރުންނަކީ ގައުމުގެ މުސްތަގްބަލް ކަމަށް ވާއިރު އެ ދަރިވަރުންގެ އަޚުލާގާ ސުލޫކްމިފަދައިން ގެއްލި ދިއުމުން ގައުމުގެ ކުރިމަގު މިދާނީ ބޮއްސުންލައިގެންނެވެ. މިކަން ނުދަންނަ ވެރިޔަކު ނުހުންނާނެއެވެ. އެހެނަސް މޮޑީކެމެރާ ގަތުން ފިޔަވާ ކުރާކަމެއް ނެތެވެ. ބޮޑީ ކެމެރާގެ ޕްރޮޖެކްޓް ތަކުންވެސް ހެޔޮވަރު ކަޓެއް ލިބޭނެތާއެެވެ. ގައުމުގެ ފަރސްޓް ޕޮލިސީއަކީ ކުރާކޮންމެ ކަމަކުން ”ކަޓް“ ކަމައްވެއްޖެނަމަ ދެންވާނޭ ހައެތި މިދަނީ ވަމުންނެވެ. ދެރަކަމުގެ ކޮޅެއްވެސް ނެތެވެ.

     ސްކޫލްތަކުގެ މުދައްރިސުންގެ ފަރާތުން ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމަކީ މަންހަޖަށް އިތުރުވެގެން ގޮސްފައިވާ އާ ބާބަކަށް ވެއްޖެއެވެ. އަދި ދަރިވަރުންނަށް ޓިއުޝަން ނަގައިދޭން ގޭގެއަށް ދާ ޓީޗަރުން ވެސް އެދަރިވަރުންނަށް ޖިންސީ ގޯނާކުރުމާ ޖިންސީ ފުރައްސާރަ ކުރުން ޢާންމުވެ ގައުމުގެ މުސްތަގްބަލް ކިސަޑުގައި ދެމެނީއެވެ. ގޯތިގެދޮރުގެ ޙާލަތުވެސް ހުރީ މިފަދަ މިންވަރެއްގައެވެ. ގޭގެއަށް ޒިޔާތްކުރާ ޢާއިލާތަކުގެ މެންބަރުންގެ މެދުގައި ވެސް އެދަނީ ފެމެލީ ސެކްސްގެ އާ ބާބެއް ފެށިފައެވެ. ބުނެވޭގޮތުގައި ފިރިންވެސް އެއްބަސްވެވޭ ގޮތެއްގެ މަތިން އަބިންވެސް ބަދަލުކޮށްލައި އެކުގައި ބިރެއްނެތި ގުރޫޕް ސެކްސްވެސް ހަދަނީއެވެ.

    ދޮންބައްޕަ ދޮންދަރިފުޅާ ބެހެނީ އެވެ. ދޮންމަންމަ ވެސް ދޮން ދަރީންނާ ބެހެނީއެވެ. ރުގިޔާ ކުރަން ގެންނަ މީހާގެ މަސައްކަތް ނިމޭއިރު އެގެޔަކު ޢިއްފަތް ސަލާމަތުން ހުރި އަންހެން ކުއްޖަކު ނުހުރެއެވެ. ދައުލަތުގެ ކަމާ ބެހޭ މުވައްސަސާތައް ހިންގަން ޙަވާލުވެތިބި ސަރުކާރު އޮތީ ހޮނު ގުގުރީގައި ނުތެދުވޭވަރަށް ނިދިފައެވެ. އެއްޖިންސުން ގުޅުން ހިންގުމާއި ސްކޫލްތަކުގެ ދަރިވަރުން ގްރޫޕް ސްޓަޑީ ހެދުމަށާއި އުފަން ދުވަސް ފާހަގަ ކުރުމުގެ ނަމުގައި ކްލާސް މޭޓުންގެ ގޭގެއަށް ގޮސް ޕާޓީ ޑްރަގްސް ބޭނުންކޮށް ރާބޮއި ޖިންސީ ގުޅުން ހިންގާވާހަކައަކީ މިހާރަކަށް އައިސް އާ ވާހަކަތަކެއް ނޫނެވެ. ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކޮށް އޭގެ ވިޔާފާރި ފުޅާދާއިރާއެެއްގައި އެބަ ކުރެވެއެވެ. މިއަކީ ސަރުކާރުގެ ބޮޑުންނަށް ސިއްރެއް ނޫނެވެ. ސުވާލަކީ މިފަދަ ކުޑަކުޑަ މުޖުތަމައެއް މިގޮތައް ވިރާނާކޮށް މިލަނީ ކީއްވެގެންބާވައެވެ؟

      ވައްކަން ކުރާމީހުނާ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބައެއްމީހުން އަތުލައިގަނެ މަގުމަތީގައި އަނިޔާކޮށް ބަރަހަނާކޮށް ގައިގައި ލިއުންހަރުކޮށް އަވަށްޓެރީންނާ އެހެން އެންމެނަށް ފެންނާހެން އެމީހަކަށް ބޮޑެތި އަނިޔާ ދެމުންދާމަންޒަރުތައް ސޯޝަލް މީޑިއާއި ދަނީ ދައުރުވަމުންނެވެ. ހޯމް މިނިސްޓަރު ކޮބާހެއްޔެވެ. 

ފުލުސް އޮފީސް ނުހިންގެންޏާ، ޢަދުލު  އިންސާފު ކަށަވަރު ނުކޮށްދެވެންޏާއި އޭނާ މިސްކެތެއްގެ އިމާމުކަން ކުރަން ފޮނުވަން ރައީސް ނުވިސްނަވަނީ ކީއްވެ ބާވައެވެ. ބުނެވޭގޮތުގައި އެއީ ދީނީ ޢިލްމު އުނގެނި ހުރި ޝޭޚް އެކެވެ. ތެދެއްބާއޭވެސް ހިތައްއަރައެވެ!

ޖެންޑާ މިނިސްޓްރީ އާއި ފުލުސް އޮފީހުގެ މާބޮޑު ބޭނުމެއް މިހާރަކު އޮތްހެނެއް ހީއެއްނުވެއެވެ. މިގޮތުން ދާދިފަހުން ގެއަކުން ވައްކަން ކުރަނިކޮށް އަތުލައިގަތް މީހެއްގެ ބޮލުގައި ކޯރާޑީ އަކުންޖަހާ އެމީހާޒަޚަމް ކޮށްލާފައިވާ މަންޒަރުވެސް ވަނީ ސޯޝަލް މީޑިއާއިން ފެނިފައެވެ. ރައްޔަތުން ނަށް ދިވެހިރާއްޖެއަކީ ފެއިލްޑް ސްޓޭޓެއްކަން ގަބޫލުކުރެވޭ ހިސާބަށް ސަރުކާރެއްގެ ނުކުޅެދުންތެރިކަން ދިއައީތާއެވެ. ކުށްކުރާމީހުން އަތުލައިގަތުމަށްފަހު ފުލުހުންނާ ޙަވާލު ކުރުމުގެ ކުރީން އެމީހަކު ތަޅާ މަރާ ވަރަށް ބޮޑެތި އަނިޔާ ކުރާމަންޒަރު ތައްވެސް އަންނަނީ ފެންނަމުންނެވެ.18 ނުފުރޭ ކުދީން ގުރޫޕް މާރާރީތަކުގައި ބައިވެރިވެ ކަޓަރާ ވަޅިފަދަ ތޫނުއެއްޗެހީން މީހުނަށް ޙަމަލާ ދީ ހަދަމުންދަނީ އެއްވެސް ބިރެއްނެތި އެންމެންގެ ކުރިމަތީގައެވެ.

ހަމަ އެހެންމެ ގެވެށި އަނިޔާތަށް ތަޙައްމަލް ކުރަމުންދާ އަންހެނުންގެ ޢަދަދުވެސް އިންތިހާއަށް މައްޗަށް ހިގައްޖެއެވެ.

    އެކަމަކު މި އީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަމަށް ބުނެ ސަރުކާރުގެ ވެރީންނާއި ސިޔާސީ ފަރާތްތަކުން އެތިބެނީ ގިރުވާނު ކޮޅަށް ޖަހައިގެން ހަމަ ހެވިފައެވެ. ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި އެމީހަކާއި އެމީހެކެވެ. ކުޅެފާ ނުކުޅޭނެ ކުޅިއެއް ނޭނގިގެން ތެޅިމަރުވާ ކަހަލައެވެ.

     ރައްޔިތުން ޚާާއްޞަކޮށް ޒުވާނުން މިފަދަކުށްތަކަށް އަރައިގަތުން އިތުރުވެގެން މިދާ ސަބަބުތައް ހަމަ ރަނގަޅައްވެސް އެނގޭނެއެވެ. ގައުމުގެ ދިރިއުޅުމުގެ ޙާލަތު ދަށަށް ދިއުމާ ބެލެވެރީންގެ ފަރާތުން ދަރީންނަށް ދެވޭ ތަރުބިއްޔަތުގެ ދޯހަޅިކަމާ ގާނޫނު ތަންފީޒް ނުކުރުމާއި ސްކޫލްތަކުން އެކަށޭނެ ތަޢްލީމާ ރަނގަޅު ތަރުބިއްޔަތު ނުދިނުމުގެ ސަބަބުން ވެގެން އުޅޭ ގޮތެއްކަމަށް ވަރަށް ގިނަމީހުން އެބަބުނަމުން ދެއެވެ.

މިޖަރީމާތަކުގެ ތެރޭގައި  މިހާރަކަށް އައިސް ބޯގޯސް ފާޑުގެ މީހުންގެ ބޮލަށް އެރިގެން ރުގްޔާ އަކީ ވިޔާފާރިއަކަށް ހަދާ ރުގްޔާ ކުރާ މީހުން އެދަނީ ރައްޔިތުނަށް މަކަރާއި ޙީލަތް ހަދަމުންނެވެ. އަދި މިވަރަކުން ފުދުނީއެއވެސްް ނޫނެވެ. މީގެ އިތުރުން ރުގްޔާގެ ކުރުމުގެ ނަމުގައި އަންހެނުން ރޭޕް ކުރަމުންދާ މީހުންވެސް މަދެއް ނޫންކަމަށް ވެއެވެ.

     ނަމާދު ކޮށް ގުރުއާން ކިވަން އެނގޭ އިރު ﷲ އަށް ތިމާ އަމިއްލައަށް ނުދަންނަވާ އެހެން މީހުން މެދުވެރި ކޮށް އެކުރާ ގިނަ ރުގްޔާއަކީ ޝިރުކަކަށް ނުވެ ދާނެބާވައެވެ. މޮޅަށް ދެނެވޮޑިގެން ވަނީ ކީރިތި މާތްﷲ ކަން ކަށަވަރެވެ. ގުރުއާނަކީ ފަރުބަދައެއްގެ މައްޗަށް ބާވައި ލެއްވިނަމަ އެފަރުބަދައެއް ފުނޑުވެ ވިރިގެން ދާފަދަ އެއްޗަކަށް ވާއިރު ގުރުއާން ކިޔަވައި ގެން ތިމާއަށް ކުރިމަތިވެފައިވާ މުޞީބާތަކުން ސަލާމަތް ނުވާންވީ ސަބަބެއް އޮންނާނެހެއްޔެވެ. މިފަދަ ފިތުނަވެރި ޒަމާނެއްގައި ރުގްޔާ ކުރުމަށް ވުރެ ތިމާ އަމިއްލައަށް ﷲ އަށް ދެންނެވުން މާރަނގަޅު ވާނެކަމަށް ދެކެމެވެ.

     ކޮންމެއަކަސް ގައުމު މިވަނީ މައްސަލަތައް ފުނިޖެހި ބޮޑުމުޞީބާތެއްގެ ތެރޭގައެވެ. އިންސާނާގެ ނުބައި ކަމުގެ ސަބަބުންނެވެ. މ ިރާއްޖޭގެ މުސްލިމުންނަށް ޙަރާމް އެއްކަމެއްވެސް މިހާރަކު ނެތްކަހަލައެވެ. އަނބިމީހާގެ ކައިރިއަށް ހިލޭފިހެނުން ގެނެސް ތިންމީހުން އެކުގައި ޖިންސީ ގުޅުން ހިންގާ މީހުނާއި ފިރިމީހާ ގެ ގާތަށް އިތުރު އަންހެނަކު ގެނެސް 3 މީހުންެ އެކުގައި ރާބޮއި އެކުގައި ޖިންސީ ގުޅުން ހިންގާމީހުން ގިނަވަމުންދާކަމުގެ އަޑުފަށް މިދަނީ ގަދަވަމުންނެވެ. 

     ކަން މިހެން ހުރުމާއެކު މިރާއްޖޭގައި މާތްﷲ ގެ ޝަރީޢަތް ގާއިމް ކޮށް ޢަދުލު އުބްޞާފު ގާއިމް ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެެވެ.

    އަނެއް ކޮޅުން ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ދުނިޔެ ގަބޫލު ކުރާ އައިއެސްއެސްގެ ދިދަ ހިފައިގެން ﷲ އަކުބަރު ގޮވެ ނަޣަރާ ކުރަމުން ބޭންޖަހާފައި ދީން ހިމާޔަތް ކުރުމުގެ ނަމުގައި އިންސާނުންގެ ގަޔަށް ބޮލަށް އަރަމުންދާ މީހުންވެސް މިގައުމުގައި އެދަނީ އުފެދި އިތުރުވަމުންނެވެ. އެމީހުންގެ ބޭނުން ރާވައިގެން ކުރާ ބަޔަކުވެސް މިގައުމުގާ ތިބޭނެކަން ޔަގީނެވެ. ޖުވާ ކުޅުމާއިފާލުބެލުމާއި މަސާޖު ޕާލާގެ ނަމުގައި ހަށިވިއްކުމުގެ ވިޔާފާރިވެސް ފުޅާ ދާއިރާއެއްގައި ދަނީ ހިންގަމުންނެވެ. މިގޮތުން މިރާއްޖޭގައި ނުހިންގަނީ ހަމައެކަނި ޗާރޗާއި ފައްޅިތަކޭ ބުނެވިދާނެއެވެ.

މިފަދަ ތަންތަން ވެސް ސިއްރިޔާތުގައި ނުހިންގާ ކަމެއް ނޭނގެއެވެ. އިންޓެލް ފުލުހުންނަށް ޔަގީނުންވެސް އެނގޭނެއެވެ. ކަން މިހެން އޮތް ހިނދު ބައެއް ސިޔާސީ މީހުން ސިޔާސީ އެހެން މީހުންގެ ބޮލުގައި މިގައުގައި އެހެން ދީންފަތުރަން އުޅޭކަމުގެ ތުހުމަތު އަޅުވަމުން ދާއިރު މިގައުމުގައި ޣައިރުދީންތަކުގެ މީހުން ކުރާ ހުރިހާ ނުބައި ވެގެންވާ ފާޙިޝް ކަންކަން ނޭނގޭ ކަމީ ނުވަތަ ނުފެންނަ ކަމީ ޢަޖައިބެއް ނޫންހެއްޔެވެ. 

މިފަދަ ލާދީނީ ކަންކަން ފުޅާކުރުމަށް އެކިއެކި އެންޖީއޯ ޖަމާޢަތްތަކަށް ބޭރުން ފަނޑްކުރާކަމީވެސް ސިއްރެއް ނޫނެވެ. ކުރުކޮށް ބުނާނަމަ މި ދައުލަތް ފާލުން ނައްޓުވާލައިފިއެވެ. ހިތާމައިގެ ކޮޅެއްނެތެވެ.

Loading

8 Responses

  1. ފަހަލަ ސައީދުގެ މަސައްކަތަށް ސާބަސް ދޭންޖެހެއެވެ. ގައުމުގައިހުރި މައްސަލަތަކަށް އަލިއަޅުވާލައްވައި ލިއުއްވަމުންގެންދަވާތީއެވެ. ކާމިޔާބު ލިބުމަށް ވަގުތު ނަގާނެއެވެ. ލިއުއްވަމުންގެންދަވާށެވެ.

  2. ދިރާސާ ކުރާ ގުރޫޕް ހަމަ ދިރާސާ ކުރުމުގައި. އެހެން ބަޔަކު ކަންބޮޑުވުން ފައުޅުކުރުމުގައި ދެން ވެރިކަމާއިހެދި މޮޔަވެފާ ތިބި މީހުންތައް އިންޑިއާގެ ވެރިން އަރިހުގައި. ފެބްއަރި1 ޙުކުމްގެ ބަފާ މުސްކުޅިޙާލު ގޭގައި. ޕާޓީގައި ދެހާސް މީހުންނެތް. ހުރިހާ ދަރީން ހުރިހާ ޕާޓީއަކަށް ކުއްޖެއްގެ މަގުން ބަހާލައިގެން ދުނިޖެހާ 2023 ގައި މޮޅުވާނެ ޕާޓީއަކާ ޑީލް ހެދުމުގައި. ދެން ތިބުނާހެން ކުޅި ކުޅޭ މީހުނަށް ސެއްލައެއްނު ދޯ؟

  3. އިބޫއަށް އެނގޭ މިޝޭޚުގެ އިމާމުކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން. އެހެންވީމާ ހޯމް މިނިސްޓަރުކަން އެހާ ބޭނުން ސިޔާސީގޮތުން ބުރަދަނެއް ނެތް ޕާޓީއެއްގެ މިފަދަ މީހަކު ހޯމް މިނިސްޓްރީގައި ބެހެއްޓުމުން އިބޫ ބޭނުންވާގޮތަކަށް ދީނީ ފަތުވާދީ އަދި އޭނަގެ ބުރޭންޑް ނޫން އެހެން ގިނަ ޝޭޚުންނަކީ ހަރުކަށީ ޖަމާޢަތުގެ މީހުންކަން އިންޑިއާ ދެއްމުމަށް ސަޅި މަގެއްކަން. ވީމާ އޭނާ އިމާމަކަށް ނުލެވެނެއެވެ. އެނޫނަށް ކާކު އަޑުއެހީ އޭނާ ދީނީ ދަރުސްދޭ އަޑު. މުޅީ ސިސްޓަމު ފެއިލްވަނީ މިފަދަ މީހުނަށް ގައުމު ބަހަންޖެހޭތީއެވެ. ވެރިކަން ބީވެދާނޭތީ އިބުއަކަށްވެސް ކުރެވޭނެ ކަމެއްނެތެވެ. ކޯލިޝަން ވަރަށް މުހިއްމެވެ.

  4. އަދި ތިއުޅޭ އިންޑިއާގެ ރޯ އެޖެންޓުން މި ގައުމުގައި އެއްޗެއް ގޮއްވާލައި ބަޔަކު ބޮލުގައި ޓެރެރިޒަމް ވެސް އަޅުވާނެ. އެކަން ކުރާނެކަމަށް ލަފާކުރެވެނީ އިންތިޚާބާއި ކައިރިކޮށްފައެވެ. ދެން ހަލަބޮލިވެ ނަޙައްގުން ބަޔުބޮލުގައި ޓެރެރިޒަމް އަޅުވައި ކަންތައްގަނޑެއް ހިންގާނެ ކަމަށް ބެލެވެއެވެ. ގައުމުގައި ބޭއިންސާފާއި ލާދީނިއްޔަތާއި އަންދާ ގާނޫނުއާއި ފާހީޝުކަންތައް ޢާންމުކޮށް ވަރަށް ގެއްލުމާއި ކުރިމަތިލަން ޖެހޭނެ ކަމަށް ފެނެއެވެ. ރައްކާވެތިބިއްޔާ ދަތުރޭބުނާ ޙާލު މިއޮތީ ގައިދަށުވެފައެވެ.

  5. ދެރަ ވަރަށް ދެރައެވެ. ކަންބޮދުވާހާ ދެރައެވެ. ދަންނަބޭކަލުންވެސް ސިޔާސީ މަންފާހޯދުމަށް ނިޔަތްގަނެގެން ތެޅެންފެށީމާ މިފަދަ ދެރަގޮތް ދިމާވާނެއެވެ. ސިޔާސަތާއި ޢިލްމުވެރީން ބެހެން ޖެހެއެވެ. އެހެނީ އިސްލާމީ ގައުމެއް ހަމަމަގުގައި ބެހެއްޓުމަށް އެބައިމީހުންގެ ބައިވެރިވުން ވަރަށް މުހިންމުކަމުގައ ދެކެމެވެ. ނަމަވެސް އުފެދޭ އެއްވެސް ސަރުކާރަކުން އެފަދަ ޢިލްމްވެރީން ޢިމްރާނު އާއި އަލިއްޕެ ފަދަމީހުން ބޭނުންކޮށްލާހެން ބޭނުންކޮށްލެވިގެން ނުވާނެއެވެ. އެގޮތަށް ބޭނުންކޮށް ނުލެވޭނީވެސް މައިބަދައިގާ ވަރެއް ހުރެގެންތާއެވެ. އެއި ރައްޔަތުންގެ ބޮޑުބައެއްގެ ރުހުމެވެ.

  6. ތިވާހަކަތައް ދެއްކުން އެއީ ސަލާމަތީ ނުރައްކަލެއް ކަމަށް ނިންމާ ގަރާރެއް ނެރެފާނެ. އެމީހުން ތިބީ ތިއަޑުތައް އަހާގޮތަކަށް ނޫނެވެ. ފިޔަވަޅުއަޅާ މޫޑުގައެެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް