ފަނާކުރަނިވި  ބޮޑު ހަތް ފާފައާއި  ދުރުހެލިވުން- 7،6

Loading

Facebook
Twitter
WhatsApp

http://sandhaanu.today/22630/ އާއި ގުޅޭ…


6
 ހަވަނަ ފާފަ: ހަނގުރާމައިގެ މައިދާނުން ފިލަންދުވުން

ޖިހާދުގެ މައިދާނުން ފިލަން ދުވުމުގެ މާނައަކީ: ހަނގުރާމަ ކުރަމުންގޮސް ޢަދުއްވުން ދެކެ ބިރުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ދާމީހާއެވެ. އެހެނަސް ފަހަތައްޖެހި ޙަމަލާ ވަރުގަދަ ކުރުމުގެ ނިޔަތުގައި ފަހަތަށް ޖެހުނުމީހާ މީގެ ތެރޭގައި ނުހިމެނޭއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفًا فَلَا تُوَلُّوهُمُالْأَدْبَارَ ‎﴿١٥﴾‏ وَمَنْ يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفًا لِقِتَالٍ أَوْ مُتَحَيِّزًاإِلَىٰ فِئَةٍ فَقَدْ بَاءَ بِغَضَبٍ مِنَ اللَّهِ وَمَأْوَاهُ جَهَنَّمُ وَبِئْسَالْمَصِيرُ ‎﴿١٦﴾‏الأنفال 15 -16. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، كافر ވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެއުރެންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ! ހަނގުރާމައަކަށް އުކުޅެއް ހަދާމީހެއްގެ ގޮތުގައި، ނުވަތަ (مؤمن) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު اللَّه ގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެމީހާ އުޅޭނެތަނަކީ، جهنّم އެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.

 ގެ މަގުގައި ޖިހާދު ކުރާމީހާ ޢަދުއްވުންނާ ބައްދަލުވާ ހިނދު ޢަމަލު ކުރަންޖެހޭ ޙާލަތްތައް

ފުރަތަމަ ޙާލަތު: ޢަދުއްވުން މުޖާހިދުންގެ ޢަދަދާއި އެއްވަރުވުން ނުވަތަ އެއަށްވުރެ މަދުވުން.

ދެވަނަ ޙާލަތު: ޢަދުއްވުން ޢަދަދު މުޖާހިދުންގެ ޢަދަދަށްވުރެ ގިނަވުން.

ފުރަތަމަ ޙާލަތުގައި މުޖާހިދުން ﷲގެ މަގުގައި ސާބިތުވެ ތިބުން ލާޒިމް ވާނެއެވެ. ހަނގުރާމާއިގެ މައިދާނުން ބިރުން ފިލަންދިއުން ޙަރާމް ވާނެއެވެ. ހަމައެކަނި ޙަމަލާ އާކުރުމަށް ނުވަތަ މުސްލިމުންގެ ޖަމާޢަތާ ގުޅުމަށް މެނުވީ ހުއްދަ ވެގެނެއް ނުވާނޭ ކަމަށް ފިޤްހުވެރިން އިއްތިފާޤު ވެއެވެ.

ދެވަނަ ޙާލަތުގައި މުޖާހިދުންގެ ޢަދަދު މަދުވެ ޢަދުއްވުންގެ ވަރުގަދަކަަމާއި މުސްލިމުންގެ ހަލާކު ވެދާނެކަމަށް ބިރު ބޮޑަށް ހީވާކަމުގައި ވަންޏާމު  އުއްމަތުގެ މަޞްލަޙަތަށްޓަކައި މައިދާން ދޫކޮށް ދިއުން ހުއްދަ ވެގެންވެއެވެ.

7. ހަތްވަނަ ފާފަ: ޢިއްފަތްތެރި އަންހެނުންގެ ބޮލުގައި ޒިނޭ ތުޙުމަތު އެޅުވުން

ޤަޛުފުގެ މާނައަކީ: ހިލައުކުމެވެ. މިތަނުގައި މާނައަކީ ޢިއްފަތްތެރި އަންހެނަކު ޒިނޭކުރާކަމުގެ ވާހަކަ ދެއްކުން ނުވަތަ އެކަމާއިގެން ހިނގުންފަދަ ކަންކަން ކުރުމެވެ.

ޒިނޭއަކީ ކޮބާ؟ އަދި ޒިނޭ ބެހިގެންވާ ބައިތަކަކީ ކޮބާ؟

ޖ. ޝަރްޢީ ކައިވެނިން ބޭރުން ހިލޭއަންހެނަކާ އަދި ފިރިހެނެއްގެ ދެމެދު ހިންގޭ ކޮންމެ ގުޅުމެކެވެ.

ޒިނޭބެހިގެންދާ ބައިތައް

ޒިނޭ ބެހެނީ މައިގަނޑު 2 ބަޔަކަށެވެ. އެއީ؛ މަޖާޒީ ޒިނޭއާއި ޙަޤީޤީ ޒިނޭއެވެ.

1.މަޖާޒީ ޒިނޭ:

މަޖާޒީ ޒިނޭއޭ ބުނެވެނީ: އިންސާނާގެ ލޮލާއި ކަންފަތާއި އަދި ދުލާއި އަދި އަތާއި އަދި ހިތާއި ފައިން ކުރެވޭ ޒިނޭއެވެ. 

މިޒަމާނުގައި ކައިވެނިން ބޭރު ހިލޭއަންހެނަކާ ފޯނުންވިޔަސް ނުވަތަ ޗެޓްކޮށްގެން ވިޔަސް ފާޙިޝްކަންކަމަށް މަގުފަހިވާ ގޮތަށް ދެކެވޭ ކޮންމެވާހަކައެވެ. މިއަށް ދުލުގެ ޒިނޭއޭވެސް ކިޔެއެވެ.

قَالَ أَبُو هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ اللَّهَكَتَبَ عَلَى ابْنِ آدَمَ حَظَّهُ مِنَ الزِّنَا، أَدْرَكَ ذَلِكَ لَا مَحَالَةَ، فَزِنَاالْعَيْنَيْنِ النَّظَرُ، وَزِنَا اللِّسَانِ الْمَنْطِقُ، وَالنَّفْسُ تَمَنَّى وَتَشْتَهِي، وَالْفَرْجُ يُصَدِّقُ ذَلِكَ وَيُكَذِّبُهُ». سنن أبي داود (2/ 246) މާނައީ: މާތްﷲ އެބޭކަލަށް ރުއްސުންލެއްވި އަބޫހުރައިރާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ(ޞ) ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން އާދަމުގެ ދަރިންގެ މައްޗަށް ﷲވަނީ ޒިނޭގެ މިންވަރެ ލިޔުއްވާފައެވެ. އެކަން މެދުވެރިވުން އެކަށީގެންވެއެވެ. ފަހެ، ލޮލުގެ ޒިނޭއަކީ ޙަރާމް ކުރެއްވި އެއްޗަކަށް ބެލުމެވެ. ދުލުގެ ޒިނޭއަކީ ފާޙިޟްވާހަކަ ދެއްކުމެވެ. އަދި ހިތުގެ ޒިނޭއަކީ ފާޙިޝްކަންކަމަށް ހިތްއެދުމެވެ. އަދި އެކަން ތެދުކޮށް އަދި ދޮގުކުރަނީ އޭނާގެ ފަރްޖެވެ. 

2.ޙަޤީޤީ ޒިނޭ:

ޙަޤީޤީ ޒިނޭ ބެހޭބައިތައް

ހ. ޙަޤީޤީ ޒިނޭއަކީ ޝަރްޢީ ޢަޤްދަކާއި ނުލައި ހިލޭ އަންހެނަކާއި ފިރިހެނަކު ވަޠްއު ކުރުމެވެ.

وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ‎﴿٣٢﴾الإسراء32. އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.

وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ – رضي الله عنه – قَالَ: (قَالَ رَجُلٌ: يَا رَسُولَ اللهِ , أَيُّ الذَّنْبِ أَعْظَمُ عِنْدَ اللهِ؟ , قَالَ: “ أَنْ تَجْعَلَللهِ نِدًّا (1) وَهُوَ خَلَقَكَ (2) “ , فَقَالَ لَهُ: إِنَّ ذَلِكَ لَعَظِيمٌ , ثُمَّأَيٌّ؟ , قَالَ: “ أَنْ تَقْتُلَ وَلَدَكَ خَشْيَةَ أَنْ يَطْعَمَ مَعَكَ (3) “ , قَالَ: ثُمَّ أَيٌّ؟ , قَالَ: “ أَنْ تُزَانِيَ حَلِيلَةَ جَارِكَ (4)) (5) (فَأَنْزَلَ اللهُ – عز وجل – تَصْدِيقَهَا: {وَالَّذِينَ لَا يَدْعُونَ مَعَ اللهِإِلَهًا آخَرَ , وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ وَلَايَزْنُونَ , وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا (6) يُضَاعَفْ لَهُ الْعَذَابُ يَوْمَالْقِيَامَةِ , وَيَخْلُدْ فِيهِ مُهَانًا} (7) ”) (8) الجامع الصحيحللسنن والمسانيد (5/ 88)

މާތް ﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު މަސްޢޫދު ރިވާކުރައްވައި ވިދާޅުވިއެވެ. ކީރިތި ރަސޫލާ (ޞ) މީހަކުއައިސް ދެންނެވިއެވެ. ﷲގެ ޙަޟްރަތުގައި އެންމެ ބޮޑުފާފައަކީ ކޮބާތޯއެވެ؟ވިދާޅުވިއެވެ. ތިބާ ހައްދަވާފައި ވަނިކޮށް އެކަލާނގެއަށް އަޅުކަން ކުރުމުގައި އެހެން އެއްޗެއް ބައިވެރި ކުރުމެވެ. އެމީހުން ބުންޏެވެ. އަކަމަކީ ބޮޑުކަމެވެ. ދެން ކޮންކަމެއްތޯއެވެ؟ ވިދާޅުވިއެވެ. ކާން ނުދެވިދާނެތީ ބިރުން ތިބާގެ ދަރިމެރުމެވެ. އޭނާ ބުންޏެވެ. ދެން ކޮންކަމެއްތޯއެވެ؟ތިބާގެ އަވަށްޓެރިއާއަށް އޭނާގެ އަންހުންނާއި ޒިނޭކުރުމެވެ. މިކަމާއި ގުޅިގެން މިއާޔަތް ބާވައިލެއްވެއެވެ. 

އާޔަތުގެމާނަ:”އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ.”

ޒިނޭގެ ޙުކުމާއި ޢުޤޫބާތް

ޒިނޭގެ ޙުކުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި ޤުރްއާނާއި ސުންނަތުން ޙަރާމް ކުރައްވާފައިވާ ހުތުރުކަން ބޮޑު ފާޙިޝް ޢަމަލެކެވެ.

ޢުޤޫބާތް

1. ޣައިރު މުޙްޞިނާ (ފިރިހެން އަންހެން) ޒިނޭކުރިނަމަ 100 އެތި ފަހަރުން ޖަލްދު ކުރުން.

2. މުޙްޞިނާ (ފިރިހެން އަންހެން) ޒިނޭކޮށްފިނަމަ ރަޖަމްކުރުން.

ށ. ލިވާޠާއި ސިޙާޤު

ސ.ލިވާޠާއި ސިޙާޤަކީ ކޮބާ؟

ޖ. ލިވާޠަކީ ދެފިހެރުން އެއްޖިންސުން ގުޅުން ހިންގުމެވެ. އަދި ސިޙާޤަކީ ދެއަންހެނުން އެއްޖިންސުން ގުޅުން ހިންގުމެވެ.

ލިވާޠާއި ސިޙާޤުގެ ޙުކުމް

ލިވާޠާއި ސިޙާޤަކީ ބޮޑުވެގެންވާ ޙަރާމް ފާޙިޝްކަން ބޮޑު ދެފާފައެވެ. 

وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ‎﴿٣٢﴾الإسراء32. އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَالْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ‎﴿٨٠﴾الأعراف 80.އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟

ލިވާޠާއި ސިޙާޤު ނުރައްކާތެރިކަން

ދީނީ ގޮތުން ނުރައްކާތެރިކަން:

-ބޮޑުވެގެންވާ ޖަރީމާއެކެވެ. ދުނިޔެއާއި ދީން ހަލާކު ކޮށްލާ ކަމެކެވެ. ﷲ ގެ ކޯފާއަށް ހުށަހެޅޭ ކަމެކެވެ. ކައިވެނީގެ ޝަރްޢީ ނިޒާމު މުގުރާލާކަމެކެވެ. އަދި މުޖްތަމަޢުގެ މަޢްނަވިއްޔާތު ނެތިދާކަމެކެވެ. އަދި އެތަނަކު ރޯދި ބަރަކާތް ކެނޑިދާނެ ކަމެކެވެ.  { ﻭَﻣَﺎ ﻫِﻲَ ﻣِﻦَ ﺍﻟﻈَّﺎﻟِﻤِﻴﻦَ ﺑِﺒَﻌِﻴﺪٍ} ‏[ ﻫﻮﺩ : 83 ‏] . އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ.

ލިވާޠާއި ސިޙާޤުގެ ސަބަބު ލިބޭ ޞިއްޙީ ގެއްލުން

އެއްޖިންސުން ގުޅުން ހިންގުމަކީ ރާމާމަކުނު ޕޮކްސް އާއި އެޗްއައިވީއެއިޑްސް ބަލި ޖެހުމަށް މަގުފަހިކޮށްދޭ ޢަމަލެކެވެ. އަދި ނޮން ކޮމިއުނިކިބަލް ޑިޒީޒްތައް އެރުމަށް މަގުފަހިކޮށްދޭ ބޮޑުވެގެންވާ ފާޙިޝު ޢަމަލެކެވެ. ޖިންސީ ގުނަވަނަށް ކެންސަރާ ތަފާތު އެތަކެއް ގެއްލުން ލިބޭ ކަމެކެވެ.

ލިވާޠާއި ސިޙާޤު ޢުޤޫބާތް

މުޙްޞިނަކު ނުވަތަ މުޙްޞިނު ނޫން މީހަކު މިފަދަ ޢަމަލެއް ހިންގިޔަސް ޝަރްޢީ ޙައްދެއްގެ ގޮތުގައި ޤަތުލުކުރުން. މިއީ؛ ކީރިތި ރަސޫލާ(ޞ) އަމުރުފުޅެވެ. 

އަދި ޞަޙާބީން މިކަމުގެ މައްޗަށް އިޖްމާޢުވެ ވަޑައިގަތެވެ. عَنْ ابْنِعَبَّاسٍ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «مَنْوَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الفَاعِلَ وَالمَفْعُولَ بِهِ» سننالترمذي ت شاكر (4/ 57) މާނައީ:

”ޢަބްދުﷲ ބުނު ޢައްބާސުގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުޅަ ޢަމަލު (ލިވާޠު) މީހަކު ތިޔަބައިމީހުނަނަށް ފެނިއްޖެނަމަ، އެކަމަށް އަރާގަތް ދެމީހުން ވެސް ޤަތުލުކުރާށެވެ!”

ލިވާޠުގެ ޙައްދު ޤާއިމު ކުރުމުގައި ޢަމަލުކުރާނެ ގޮތާމެދު ޢިލްމުވެރިންގެ ރައުޔު:

1. އެންދުން: މިއީ:އަބޫބަކުރުގެފާނު އަދި ޢަލީގެފާނު އަދި ޢަބްދުﷲ ބުނު ޒުބައިރު އަދި ޙިޝާމު ބުނު ޢަބްދުލް މަލިކު ރައުޔެވެ.

2. ރަށުގެ ހުރި އުސްޢިމާރާތަކުން މަތީން ވައްޓައި މެރުމެވެ. މިއީ:ޢަބްދުﷲ ބުނު ޢައްބާސުގެ ރައުޔެވެ.

3. ބައެއް ޢިލްމުވެރިން ރައުޔަކީ ރަޖަމު ކުރުމެވެ.

ޤަޛުފުކުރުމާއި ޒިނޭކުރުމުގެ ޙުކުމް

ގަދަފަދަ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެކެވެ. إِنَّ الَّذِينَ يَرْمُونَالْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْعَذَابٌ عَظِيمٌ ‎﴿٢٣﴾‏ يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُمْبِمَا كَانُوا يَعْمَلُونَ ‎﴿٢٤﴾‏النور 23-24ހަމަކަށަވަރުން، عفة ތެރި، غفلة ތެރި (އެބަހީ: ފާފަކުރުމުގެ خيال ވެސްނެތް) مؤمنއަންހެނުންނަށް قذف ކުރާ މީހުންނަށް، ދުނިޔެއާއި، آخرة ގައި لعنةލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް،އެއުރެން ކޮށްއުޅުނު ކަންތައްތަކާއިމެދު ހެކިވާ ދުވަހުންނެވެ.

ޢިއްފަތްތެރި އަންހެނާއަށް ޤަޛުފު ކުރުމުގެ ޙުކުމާއި އެކަމުގެ މައްޗަށް ތަރުތީބު ވާންކަންތައް:

ޢިއްފަތްތެރި މުއުމިނު އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ޙަރާމްކަމެކެވެ. 

ތަރުތީބުވާ ކަންތައް:

1. އެފަދަމީހާގެ މައްޗަށް ﷲގެ ލަޢްނަތް ޙައްޤު ވެގެންވާ ކަމެކެވެ.

2. ތުޙުމަތު ސާބިތު ނުވާކަމުގައި ވަންޏާ 80 އެތި ފަހަރުން އެމީ ޖަލްދު ކުރުން.

3. އެފަދަ މީހާގެ ހެކިބަސް ބަލައިގުނަތުން.

4. ފާސިޤުންގެ ތެރެއިން އެމީހާ ވުން. ( މިތަނުގައި އިސްތިޘްނާ އެއްވެއެވެ. އެ ކަމުން ތައުބާވި މީހާގެ ވާހަކައެވެ.) ނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ އޭނާ ޢަދުލުވެރިންގެ ތެރެއިން ނުހިމެނޭ ނެތީ ތައުބާ ވިޔަސް އޭނާގެ ހެކިބަހެއް ޤަބޫލު ނުކުރެވޭނެ ކަމުގައެވެ.

ދަލީލުތައް:

وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُالْفَاسِقُونَ ‎﴿٤﴾النور 4. عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ.

އިބްނު ކަޘީރު رحمه الله މިއާޔަތް ތަފްސީރު ކުރައްވަމުން ވިދާޅުވިއެވެ.

ޖަލްދު ކުރެވޭ ޤާޛިފު ޤަޛުފު ކުރެވުނު އަންހެނާ ޢިއްފަތް ތެރި ބާލިޣު ވެފައި މީހަކަށް ވުން.

ވީމާ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކިތައްމެ ކުޑަ ފާފައެއް ވިޔަސް އަރައި ނުގަތުމެވެ. އަދި މުޖްތަމަޢާއި އަފްރާދުންނަށް ގެއްލުން ލިބެނެވި ބޮޑެތި ފާތަކުން ދުރުހެލިވުމެވެ. އަދި ކުރެވިފައިވާ ހުރިހާ ފާފަތަކުން ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވުމެވެ. 

ދެދުނިޔޭގެ ރަޙުމަތަށް އެދެމެވެ! އާމީން.        

Loading

One Response

  1. ފިރިހެން ކުޅި އަންހެންކުޅި ކުޅުމުގެ ޙުކުމް ކިޔާލާފައި ފުންކޮށް ނޭވާއެއް ލާބަލާށެވެ. ޙުކުމަކީ މެރުންކަމުގައި މިވަނީ އެނގިފައެވެ. ނުލަފާ ފާޙިޝު އަމަލުތައް ބިރެއްނެތި ކޮށްފައި ޙުކުމް އައީމާ އިސްލާމް ދީނުގެ ޙުކުމްތައް މާ ހަރުކަށިއޭކިޔައިގެން ލާދީނީ ބައިގަނޑު އުޅޭނެކަމެއް ނެތެވެ. ލިވާތުގެ ޙުކުމަކީ މަރުމެވެ. މިކިޔާބަލާށެވެ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް