އިންޑިޔާގެ މަހާޝާތްރާގެ އިމާރާތެއް ވެއްޓިއްޖެ!

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ މުންބާއީގެ ސަރަހައްދެއް ކަމަށްވާ މަހާޝާތްރާގައި ހުރި އިމާރާތެއް ވެއްޓި، 15 މީހަކު މަރުވެއްޖެއެވެ. ވެއްޓުނު އިމާރާތަކީ 5 ފަންގިފިލާގެ އިމާރާތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެއްޓުނު އިމާރާތުގެ ދަށުން 4 އަހަރުގެ ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު، އެސަރަހައްދުގެ ފުލުހުންނާއި ހަވާލާދީ މިޑީޔާ ރިޕޯޓްތައް ބުނާގޮތުގައި، މިހާތަނަށް 15 މީހަކު މަރުވިކަން ވަނީ ކަށަވަރުވެފައެވެ. އަދި އިންޑިޔާގެ ނެޝަނަލް ޑިސާސްޓާ ރެސްޕޯންސް ފޯސްގެ އިސްވެރިޔާ އަނޫޕަމް ޝްރިވާސްތަމް ބުނާގޮތުގައި 4 މީހަކު އަދިވެސް ނުފެނެއެވެ. އަދި ބެލެވޭ ގޮތުގައި އެމީހުން ތިބީ އިމާރާތުގެ ދަށުގައި ތާށިވެފައި ކަމަށް އޭނާވަނީ ބުނެފައެވެ.

މި އިމާރާތުން ސަލާމަތުން 97 މީހަކު ނިކުތް އިރު، އެމީހުންނަށް ސަލާމަތް ވެވުނީ އިމާރާތުގެ ޕާކިންގ ލޮޓްގައި ހުރި އެއަރ ޕޮކްޓްތަކުގެ ސަބަބުން ކަމަށް ދަނީ ބުނަމުންނެވެ.

މި އިމާރާތުގައި ޖުމްލަ 45 ފްލެޓް ހުރެއެވެ. މި އިމާރާތް ވެއްޓުނީ މިދިޔަ ހޯމަ ދުވަހުގެ 11:30 ހާއިރު ކަމަށާއި، މި ހާދިސާގައި އިމާރަތުގެ 3 ވަނަ ފަންގިފިލާއިން މަތީގެ ހުރިހާ ފަންގިފިލާތަށް ބިމާ ހަމަވެފައި ވާކަމަށް މީޑީޔާ ރިޕޯޓްތަށް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް