އައި.އެމް.އެފް. ގެ އެހީ އަވަސްވޭތޯ ޕާކިސްތާނުން އެމެރިކާގެ މަދަދަށް އެދެފި 

Loading

Facebook
Twitter
WhatsApp

އިގްތިސާދީ ގޮތުން އިންތިހާގެ ނުކުޅެދުންތެރިކަމަށް މިހާރު ވެއްޓިފައިވާ ޕާކިސްތާނަށް ބައިނަލް އަގްވާމީ މާލީ އިދާރާގެ އެހީތެރިކަން ހޯދާދިނުން އަވަސްކޮށް ދިނުމަށް ބާރުއަޅުއްވާ ދެއްވުމަށް ޕާކިސްތާނުގެ ބާރުގަދަ ސިފައިންގެ ވެރިޔާ އެމެރިކާގެ މަދަދަށް އެދި ދަންނަވައިފިއެވެ. 

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރް ޖާވީދު ބަޖުވާ އާއި އެމެރިކާ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝަރމަން އާއިދެމެދު މިކަމަށްޓަކައި ފޯނުން ވާހަކަ ދެއްކުނު ކަމަށް ޕާކިސްތާނުގެ ޚާރިއްޔާއިންވެސް އެއްބަސް ވެއެވެ. ނަމަވެސް އެ ވާހަކަތަކުގެ ތަޕްސީލެއް ނުލިބުނެވެ.

ޕާކިސްތާނުގެ މިޙާލާތުން އަރައިގަތުމަށްޓަކައި 1.7 ބިލިއަން އެމެރިކާޑޮލަރުގެ ދަރަންޏެއް ދިނުމަށް އައި. އެމް. އެފް. އިން އޮތީ އުސޫލެއްގެ ގޮތުން އެއްބަސް ވެފައެވެ. ނަމަވެސް އެކަން ނިންމާނީ އެ އިދާރާގެ ބޯޑުންކަމުގައި ވެއެވެ. އަދި އެ އިދާރާގެ ބޯޑުގެ ބައްދަލުވުމެއް އޯގަސްޓްމަހުގެ ނިމުމ ކައިރިއަށްވެސް ރޭވިފައެއް ނެތެވެ. އެ ލޯނު ލިބުން އަވަސް ކޮށްދިނުމަށް ބާރު އަޅާދިނުމަށް ޖެނެރަލް ބައިވާ އެމެރިކާގެ ކިބައިން އެދިފައިވާކަން ނަން ސިއްރުކުރުން ޝަރުތުކޮށް ޕާކިސްތާނުގެ ވަރަށްގިނަ ސިޔާސީ ބޭފުޅުން ވަނީ ކަށަވަރުކޮށްދީފައެވެ.

އޭގެތެރެއިން އެއްބޭފުޅަކު ވިދާޅުވެފައިވަނީ އެމެރިކާގެ އެހީއަށް އެދި ސިފައިންގެ ވެރިޔާ މަސައްކަތް ކުރެއްވުމަކީ ރަނގަޅު މިސްރާބަކަށް އެޅުނު ފިޔަވަޅެއް ކަމުގައެވެ. ހަމަ އެހެންމެ އެހެން ބައެއް ބޭފުޅުން ވިދާޅުވަނީ މިއީ އެމެރިކާގެ އަޅުވެތިކަން އިތުރަށް ޕާކިސްތާނަށް މެދުވެރިވާނެ ކަމެއްކަމަށެވެ. މިކަމާބެހޭގޮތުން އައި. އެމް. އެފް. ގެ ބަހެއް ނުލިބެއެވެ. 

އެހެންނަމަވެސް އައި. އެމް. އެފް. އިން ޕާކިސްތާނަށް އެހީ ދިނުމަށް ނިންމައިފި ނަމަ އެހެން ގައުމުތަކުން ދަރަނި ހޯދުމަށްވެސް މަގު ހުޅުވިގެން ދާނެއެވެ. އެމެރިކާއިން ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެމެރިކާއަކީ އައި. އެމް. އެފް. ގެ އެންމެ ބޮޑު ހިއްސާދާރެވެ. ޕާކިސްތާނުގެ ސިފައިންގެ ވެރީން އާންމު ގޮތެއްގައި ސަރުކާރު ހިންގުމަށް ނުފޫޒު ފޯރުވަމުން ގެންދާކަމަށްވެއެވެ.                                                   

މިކަމާގުޅިގެން އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ޕާކިސްތާނާއި އެމެރިކާއިން ވަރަށް ގިނައިން އެކިއެކި މައްސަލަ ތަކުގައި އަބަދުވެސް ވާހަކަ ދައްކަމުން ގެންދާކަމަށެވެ. އަދި އެމެރިކާއިން އަބަދުވެސް ޕާކިސްތާނުގެ ސިފައިންގެ ވެރިންނާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެއެވެ. މިދާކަށްދުވަހު ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަން ނިމުމަކަށް ގެނައުމަށްވެސް އެމެރިކާއިން ބޮޑުރޯލްއެއް އަދާކުރިކަމަށް ބުނެއެވެ.                          

މީގެ ކުރިން ޕާކިސްތާނުގެ ދަރަނި 3 ބިލިއަން ޑޮލަރުގައި ހިފޭއްޓިފައި ހުރިނަމަވެސް މިހާރު އެ އަދަދު ވަނީ 17 ބިލިއަން ޑޮލަރަށް އަރާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް