"ގޯޓާގޯ' އެކްޓިވިސްޓެއް ކަމުގައިވާ ދާނިޒް ޢަލީ ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp


ސްރީލަންކާގެ ގޯލްފޭސްގައި ހިނގަމުން ދިޔަ މުޒާހަރާ ތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެކްޓިވިސްޓެއް ކަމަށްވާ ދާނިޒް އަލީ  ހައްޔަރުކޮށްފިއެވެ.

އެ ގައުމުގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ސީއައިޑީ އޮފިސަރުންގެ ޓީމަކުންނެވެ. ދާނިޒް އަލީ ހައްޔަރުކޮށްފައިވަނީ ޑުބާއީއަށް ދިޔުމަށް މަތިންދާ ބޯޓަކަށް އަރަން އުޅެނިކޮށެވެ. ދާނީޒްގެ ވަކީލު ބުނާގޮތުގައި ދާނިޒް ބަންދުކުރުމުގެ އަމުރެއް ދެވިފައެއްވެސް ނެތެވެ. މިއީ ސަރުކާރާއި ދެކޮޅަށް ރައްޔަތުން ހިންގާ މުޒާހަރާތަށް މައިތިރިކުރުމަށް މިހާރުގެ ރައީސް ރަނިލް ހިންގާފައިވާ އިމޭޖެންސީގެ ދަށުން ހިންގި ބިރުދެއްކުމުގެ ޢަމަލެއްކަމުގައި އޭނާގެ ވަކީލު ބުނެއެވެ.

ނަމަވެސް ފުލުހުން މައުލޫމާދު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ވޮރެންޓެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ސްރީލަންކާގެ ރުޕަވާހިނީ ކޯޕޮރޭޝަންގެ މައި އިމާރަތުގެ ތެރެޔަށްވަދެ ޓެލެކާސްޓްސް ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

ދާނިޒް ހައްޔަރު ކުރި ވަގުތުކޮޅުގެ ވީޑިޔޯތައް ވަނީ މީސްމީޑިޔާގައި ވައިރަލްވެ އާންމުވެފައެވެ. މި ވީޑިޔޯތަކުން ފެންނަނީ އޭނާ ހައްޔަރުކުރަން ސީއައިޑީ އޮފިސަރުން މަތިންދާ ބޯޓު ތެރެއަށް ވަދެމަސައްކަތް ކުރާ ތަނެވެ. 

https://www.dailymirror.lk/top_story/Leading-GotaGoGama-activist-Dhaniz-Ali-arrested/155-241827#.YuAsxygo3mM.whatsapp

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް