ސްރީލަންކާއިން ފުރަތަމަ ފަހަރަށް ކަރަންޓުން ދުވާ ކާރެއް އުފައްދައިފި 

Loading

Facebook
Twitter
WhatsApp

ސްރީލަންކާއިން ކަރަންޓު ކާރެއް އުފައްދައިފިއެވެ. މިއީ އެ ގައުމުން އުފައްދާފައިވާ މިފަދަ ފުރަތަމަ ކާރެވެ. މި ކާރުގެ ނަމަކީ ’މޮކްޝާ’އެވެ. 

’މޮކްޝާ‘ ތަޢާރަފްކުރުމަށް މިއަދު ވަނީ ކޮލަމްބޯގެ ޖޭއޭއައިސީ ހިލްޓަން ހޮޓެލްގައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. ސަސްޓައިނަބްލް ހަކަތަ އުފެއްދުމަށް އެ ގައުމުން ކުރަމުނދާ މަސައްކަތުގެ ފޮނި ނަތީޖާ ފެންނާނެ ކަމުގެ އުންމީދު މި އުފެއްދުމާ އެކު ގިނަ ބަޔަކަށް ލިބިގެން ދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.

އޮސްޓިން މިނި މޯކް ބެރޭންޑްގެ ކާރާއި ދާދި އެއް ޑިޒައިނަކަށް ފަރުމާކޮށްފައިވާ މި ކާރުގެ ބަރުދަނުގައި 870 ކިލޯގްރާމް ހުރެއެވެ. އަދި މި ކަކާރުގައި 22.46 ކިލޯވޯޓްސް ގެ ބެޓެރީއެއް ހުރެއެވެ. ފުލް ޗާޖުކޮށްގެން މި ކާރު 200 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރާނެ ކަމަށް ކާރު އުފެއްދި ކުންފުނިން މައުލޫމާތުދިނެވެ.

ދުއްވާ މީހާގެ އިތުރުން އަދި ތިން މީހުންނަށް ހަމަޖެހިލައިގެން އިށީނދެ ތިބެވޭ މި ކާރު ދެ ކުލައަކުން ލިބޭން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ. 

ކާރު ގަތުމާއެކު ދެ އަހަރުދުވަހުގެ ވޮރެންޓީއެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދިނެވެ. މި ކާރު ޗާޖުކުރުމުން ގޭގެ ކަރަންޓު ޚަރަދަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ވެސް ’މޮކްޝާ‘ އުފެއްދި ފަރާތްތަކުން މައުލޫމާދު ދީފައިވެއެވެ. އަދި އާދައިގެ ގެޔެއްގައި މިހާރުވެސް ބޭނުންކުރަމުންދާ 100 ނުވަތަ 200 ކިލޯވަޓްގެ ކަރަންޓުން މި ކާރު ފުރިހަމައަށް ޗާޖުކޮށް ގެންގުޅެވޭނެކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް