ރައްޔިތުންގެ ވިއަވަތި -3

Loading

Facebook
Twitter
WhatsApp

http://sandhaanu.today/21421/ އާއި ގުޅޭ…

ދިވެހިންގެ ތިޔާގެކަމާއި ތަނަވަސްކަމުގެ އެންމެ އިސްނާރަކީ އެވޭލާގައި މަސްވެރިކަމާއި ފަރުވެރިކަމެވެ. 1970 ގެ އަހަރުތައް ރާއްޖެއަށް ފަތުރުވެރިކަން ވާސިލްވުމާއި ހަމައަށްވެސް މިކަން އޮތީ މިގޮތަށެވެ. ފަތުރުވެރިކަމުގެ ބެކް ބޯރން އަކި ދުނިޔެއާއި ގުޅާލަދެވޭ މައި އެއާރޕޯޓްއެވެ.

މާލޭ އިންޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ އެދުވަހު 19  މިލިއަން ޑޮލަރ ދީފައިވަނީ ހަމަ ސަޢޫދީ  ފަންޑުނެވެ. އެދުވަހު އައި.އެމް.އެފް،ވޯރލްޑް ބޭންކުން އެވަރުގެ ލޯނެއް ހޯދުމުގައި ވެސް އަދި ދިނުމުގައިވެސް އެއިރުގެ މިންގަނޑަށް ރާއްޖެ ނުފެތެއެވެ. އެދުވަހު ރާއްޖެކަހަލަ  މަސްވެރި ވިލެޖަކަށް 19 މިލިއަން ޑޮލަރގެ އިންވެސްޓް މަންޓަކީ ބޮޑުއަދަދެކެވެ. ދަންނަވަން މިއުޅެނީ ސޮލީބީންގެ އެހީތެރި ކަމަކަށް ރާއްޖޭގެ ވިއަވަތި ނަގާ ކޮޅަށްޖެހުމުގައި ލިބިފައިނުވާ ވާހަކައެވެ. ހަމައެއާއިއެކު ރާއްޖޭގެ ވިޔަވަތި ނަގާކޮޅަށް ޖެހުމުގައި މާލީ އެހީތެރިކަން ދިވެހިންނަށް ބޮޑަށް ދީފައިވަނީ މުސްލިމް ޤައުމުތަކުންނެވެ.

މިހެންދަންނަވަންޖެހުނީ މިސަރަހައްދުގައި މަސްވެރިކަން ކުރާ އެހެން ޤައުމުތަކުގެ ފްލީޓްތަށް އެހުރިހިސާބުގައި ހުއްޓާ ދިވެހިމަސްވެރިންގެ ފްލީޓްތައް ބޮޑެތިކުރެވި ޒަމާނީ އާލަތްތައް ބަހައްޓައި ބޮޑުކޮށް، ބޮޑެތި އިންޖީނާއި ފިނިކުރެވޭނެ ނިޒާމާއި، އައިސް ޕްލާންޓްތައް ބެހެއްޓޭ ހިސާބަށް އުފުލިގެން ދިއުމުގައި ވެސް މުސްލިމް ޤައުމެއްކަމުގައިވާ ކުވައިތު ފަންޑުން ރާއްޖޭ އަށް މަސްވެރިކަން ކުރިއެރުވުމަށްދެވިފައިވާ 37 މިލިއަން ދީނާރެވެ.އެއީ 120 މިލިއަން ޑޮލަރު ދިންކަން ފާހަގަ ކުރަމެވެ.

މިފަންޑު ތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޮޑުކުރެވި އާހަރުފަތްތަކަށް މަސްވެރިންގެ ސިނާޢަތް  އުފުލިގެން ދިޔައެވެ. ޢަރަބި އިސްލާމީ ގައުމުތަކުން މުސްލިމު ދިވެހިރާއްޖޭގެ ކުރިއެރުމަށް ފަންޑް ދެމުންގެންދަނީ އަކީ މިއަދު މިނަގާ އިންޓްރަސްޓްބޮޑެތި ބައި އަޅާ ލޯނުތަކުގެ އުސޫލުން ނޫންކަންވެސް އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މާލޭ އިންޓަރނޭސަލް އެއާރޕޯޓް ޒަމާނީ ކުރެވެމުން އައިސްފައިވަނީ އަދި މަސްވެރިކަން ޒަމާނީ ކުރެވެމުން އައުމުގައި ދިވެހިނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ  މުސްލިމު ޤައުމުތަކުންނެވެ. އެއާރޕޯޓާއި މަސްވެރިކަމަށް  ގެނެވުނު އިންގިލާބުގެ ސަބަބުން ދިވެހިންގެ ވިއަވަތި ބޮލަކަށް 300 ޑޮލަރުން 1200 ޑޮލަރަށް އުފުލިގެން ދިއައެވެ. އެދުވަސްވަރަކީ ދައުލަތުގެ ތުޖީރީގެ ފޫހުރިތޯ ކޮންމެ 24 ގަޑިއަކުން 10 ފަހަރު ބަޔަކު ބަލަން ޖެހޭ ދުވަސްވަރެއް ވެސް ނޫނެވެ. 

ސޮލީބީންގެ ބޭންކުތަކާއި އިންޑިއާއިން ދިވެހިންގެ ނަފާވެރިކަންފެނި އެކިއެކިސިފަސިފައިގައި އައިސް އެބައިމީހުންގެ ބައިތައް ބޮޑުކުރުމަށް އެމީހުން ވަދެގަނެފައިވަނީ ދިވެހިންގެ ވިއަވަތި ފުޅާކޮށްދިނުމެ ބަދަލުގައި އެމީހުން ދިވެހިންގެ ތަނަވަސްކަމުގެ ނަފާ ލިބިގަނެ ދިވެހިންގެ އިޤުތިސޯދީ ދުވެލި މަޑުޖައްސަންކަން ފާހަގަކުރެވުނެވެ. މިކަން ކުރަނީ އެއިރަކު އޮންނަ ސަރުކާރުގެ ބޮޑުންނާއި ގުޅިގެނެވެ.

 މިހެން މިދެންނެވުނީ  ދިވެހިރާއްޖެއަކީ ދުނިޔޭގެ ވަރަށް މުހިންމު ސްޓްރެޓެޖިކް ލޮކޭސަނެއްގައި އޮތް ޤައުމަކުންވުމުން މިދުނިޔޭގެ އުފެއްދުންތެރި ކަމުގެ 30 އިންސައްތަ މުދާތައް ބައިޕާސްކުރަނީ ރާއްޖޭގެ ކަނޑުއޮޅި ތަކުންނެވެ. ޚާއްސަކޮށް ރާއްޖޭގެ އިހަވަންދިއްޕޮޅު މަތިން ދިވެހި މަލިކާއި ރާއްޖެއާއި ދޭތެރެއިންނެވެ.

އިހަވަންދިއްޕޮޅުގައި (ޓުރާންސް ޝިޕްމަންޓް ޕޯޓެއް) އެފަދަ ބަނދަރެއް 4 ޓާރމިނަލް 28 މިލިއަން ކޮންޓެއިނަރ އަހަރު ހޭންޑްލް ކުރެވެން ފެށުމުން ދިވެހިންގެ ވައަވަތި މިހާރަށްވުރެ 100 ގުނަ އިތުރުވެ، ކިޔަވައިގެން ވަޒީފާ ނުލިބި ގޮތް ހުސްވެފައި ތިބި ޒުވާންނަށް ވަޒީފާ އިތުރުވެ ޖީ.ޑީ.ޕީ 25،000 ހާސް ޑޮލަރަށް އުފުލިގެންދާނެއެވެ.ދިވެހިންނަށް ހެޔޮއެދޭ އެއްވެސް ވެރިއަކު (ދައުލަތަކުން) އިހަވަންދިއްޕޮޅުގައި ތަރައްޤީ ކުރެވޭ ޓްރާންސްސިޓް ކޮންޓެއިނަރ ޓާރމިނަލް ތަރައްޤީކުރުމުގެ މަސައްކަތުގައި އަތްނާޅާނެކަން އެނގެންޖެހިއްޖެއެވެ.

މިކަމަށް ދިވެހިންނަށް ހެޔޮއިދިގެން އުޅޭ ކަމަށް ބުނާ އަވައްޓެރި އިންޑީއާ އިންހުރަސް އަޅާކަމީ ދިވެހިން ޤަބޫލުކުރާނެ ކަމެއް ނޫނެވެ. ދިވެހިންގެ ތަނަވަސް ކަމާއި ތިޔާގެކަން ދިވެހިންގެ އަތުން ބީވެގެން ނުދިއުމަށްޓަކައި މިއަދު ދިވެހިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. މިއަދު ދިވެހިންގެ ކަންކަމުގައި އިންޑިއާ އެއްބަސީގެ ނުފޫޒް އޮތުމުން އެނގޭކަމަކީ ގޮތް ނިންމުގެ ބާރު ދިވެހިންގެ އަތުން ގެއްލިއްޖެކަމެވެ. މިއަދު ދިވެހިރާއްޖެވަނީ  އަވަށްޓެރި  ހަވާދު މުގުރާވެރިން އަންގާ އެންގުންތައް ތަންފީޒު ކުރަން ބަހައްޓާފައި ހުންނަ ގޮރުނޮދޯރެއްގެ މުށުތެރޭގައެވެ.ދިވެހިން މިކަމުގެ ސީރިައަސްކަމާއި ނުރައްކާތެރިކަން ނުވިސްނައި އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ދިވެހިކާބަފައިން މިޖީލުގެ ދަރިންނާއި ޙަވާލުކުރެއްވި ދިވެހިރާއްޖެ އަންނަން އޮތް ޖީލަށް މިގޮތުގައި ފޯރުކޮށްދެވިދާނެ ކަމަކަށް ނުދެކެއެވެ.ދިވެހިންގެ އަމިއްލަ ޤައުމާއި ޤައުމުގެ ތަނަވަސްކަން މިއަދުވަނީ ދިވެހިންގެ އަތުން ބީއްވެފައެވެ. އަނބުރާ ހޯދުމަށް ހޭލާށެވެ. ވަގުތު ވަރަށް ކުޑަތަން ވެއްޖެއެވެ.

​                    

Loading

2 Responses

  1. އަހަރެމެން ދިވެހިންގެ އެންމެ ބޮޑު މައްސަލައަކަށް ވެފައި މިވަނީ ބޮޑު ވަރިހަމަ އާއި ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި ދިއުމެވެ. އާއެކެވެ. ކޮންމެ މީހަކުވެސް ބަނޑުމުއްތި ކުރަން ޖެހޭނެއެވެ. ނަމަވެސް ދައުލަތް ވިއްކާލާފަދަ ސަރުކާރުތަކަކަށް ޕީސްކޮޅެއް ބޯލަން ނުވަތަ 500 ރުފިޔާއަށް ނުވަތަ އެދުރުދައިތަގޭގައި ހަރުކޮށްދޭ 3 ފަންކާއަށް ވޯޓްވިއްކުން ހުށްޓަން ޖެހެއެވެ. އެމީހުން ރިޝްވަތު ދިނުމަށް އެގެންނަ ފައިސާއަކީވެސް ދައުލަތުން، ޔަޢުނީ ރައްޔަތުން އަތުން ޚިޔާނާތުގެ ގޮތުގައި ނަގައިގެން ބަހާފައިސާއެވެ. އެހެން ގޮތަކަށް ބުނެދޭނަމަ އެއީ ތިބާގެ ޖީބުން ވައްކަންކޮށްގެން ތިބާއަށް ދޭ ފައިސާއެވެ. ވީމާ ވަވަތިއެއް ގައުމެއް އޮންނާނީ ގައުމުގެ ރައްޔަތުން އިސްލާޙުވެގެނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް