އެމެރިކާއިން އިންޑިޔާއަށް ފާޑުކިޔައި ނެރުނު ރިޕޯޓަކަށް އެ ގައުމުން ރައްދުދީފި 

Loading

Facebook
Twitter
WhatsApp

އިންޑިޔާގައި ދީނީ މިނިވަންކަން ނޯންނަކަމަށާއި އެ ގައުމުގެ ސިޔާސީ ބައެއް ލީޑަރުން ދީނީ މިނިވަންކަމަށް ހުރަސްއަޅާކަމަށް ބުނެ ވޮޝިންގްޓަންގެ އަހަރީ ރިޕޯޓުގައި ވަނީ އެ ގައުމަށް ފާޑުކިޔާފައެވެ. މިގޮތުން އިންޑިޔާގައި ދިރިއުޅެމުންދާ މުސްލިމުންނާއި ނަސޯރާއިންނަށް އެކި ވަރުވަރުގެ އުނދަގޫތައް ކުރަމުންދާ ކަމަށާއި ސަރުކާރުން މިކަންކަން ހުއްޓުވުމުގެ ބަދަލުގައި އެކަންކަމަށް ތަރުހީބުދެމުން ދާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

އިންޑިޔާއިން ވަނީ މިކަމަށް ރައްދުދީ ބަޔާނެއް ނެރެފައެވެ. އިންޑިޔާއިން ނެރުނު ބަޔާނުގައި މި ރިޕޯޓަކީ ވަރަށް ޒާތީ އަދި މައުލޫމާތު މަދު، ބަރުދަނެއް ނެތް ރިޕޯޓެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ނިއުދެއްލީގެ ފޮރިންމިނިސްޓްރީގެ ސްޕޯކްސްޕާސަން މިކަމާ ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އިންޑިޔާއަކީ އިންސާނީ ހައްގުތަކާއި މިނިވަންކަމަށް އަބަދުވެސް ލޯބިކުރާ ގައުމެއް ކަމަށް ބުނެ އޭނާ ވަނީ އެމެރިކާގެ މި ރިޕޯޓަށް ފާޑުކިޔާފައެވެ. 

އިންޑިޔާގެ 1.32 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން 80 އިންސައްތަ ނިސްބަތްވަނީ ހިންދީ ދީނަށެވެ. އެމީހުން ދެކޭ ގޮތުގައި ގެރި އަކީ މާތް އެއްޗެކެވެ. އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި އޭނާއަށް ސަޕޯޓުކުރާ މީހުންގެ ކެމްޕޭނު ހަރަކާތްތަކުގެ ތެރެއިންވެސް ވަނީ ގެރި ކަތިލުމާއި މިފަދަ ކަންކަން މަނާކޮށް އެތައް ގަވައިދެއް ހަދާފައެވެ. އެހެން ކަމުން ހިންދީ ދީނަށް ނިސްބަތް ނުވާ މީހުންނާއި ހިންދޫއިންނާއި ދެމެދު ރުޅިވެރިކަމާއި ފިތުނަފަސާދަ އިތުރުވަމުން ދާކަމަށް އެ ގައުމުގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިދިޔަ އަހަރަށް ބަލައިލި ނަމަވެސް މިކަން ހާމަވެގެންދެއެވެ.

Loading

One Response

  1. މިހާރު އިޒްރޭލެކޭ ހަމަ އެއްގޮތް އިންޑިއާވެސް. ވީމާ އިޒްރޭލަށް ބޭނުންގޮތެއް ހެދެންޏާ މޯޑީ ޖީ ވެސް ގަބޫލުކުރައްވަނީ އޭނާޔަށްވެސް އޯކޭ ވާނެއޭ. ދެން ބަލަމާ! ރައްދު ދީފިތާ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް