އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިވާ ކަޝްމީރުގައި އިންޑިއާ ސިފައިން މިދިޔަ މޭ މަހު ހިންގި އެކިއެކި ހަރަކާތްތަކުގައި ކަޝްމީރުގެ 32 މީހުން ޝަހީދުކޮށްލާފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
އިންޑިއާގެ ސިފައިން ބުނާ ގޮތުގައި މަރުވި 32 މީހުންނަކީ ޓެރަރިސްޓުންނެވެ. ނަމަވެސް ކަޝްމީރުގެ މުސްލިމުންގެ އެކިއެކި އިދާރާތަކުން ހާމަކުރާ ގޮތުގައި އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައި ވަނީ ކަޝްމީރުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދިޔަ މުޖާހިދުންނެވެ.
ކަޝްމީރު މީޑިއާގެ ރިސާޗު ސެކްޝަނުން ބުނިގޮތުގައި މި ޖޫން މަހުގެ ފުރަތަމަ ދުވަހު ވެސް އިންޑިއާގެ އަނިޔާވެރި ސިފައިން ވަނީ ކަޝްމީރުގެ ދެ ޒުވާނުން ޝަހީދުކޮށްލާފައެވެ.
ކަޝްމީރުގެ ބައެއް ސަރަހައްދުތަކަށް އަރައި އިންޑިއާގެ ސިފައިން ގެންދަނީ ވަރަށް އަނިޔާވެރި އަމަލުތައް ހިންގަމުންނެވެ. މިދިޔަ މަހު ކަޝްމީރުގެ 32 މީހުން ޝަހީދުވުމުގެ އިތުރަށް އިންޑިއާ ސިފައިންގެ އެކިއެކި ހަމަލާތަކުގައި ކަޝްމީރުގެ 26 މީހުން ވަރަށް ބޮޑަށް ޒަޚަމްވެފައި ވެއެވެ. އަދި ކަޝްމީރުގެ 92 މީހުން ހައްޔަރުކޮށް ކަޝްމީރުގެ ދެ ގެއެއް މުޅިން ސުންނާފަތިކޮށްލާފައިވެއެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމާ ނަރެންދުރަ މޯދީ ހަވާލުވެވަޑައިގެންނެވި ފަހުން ކަޝްމީރުގެ އިތުރަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ބޮޑެތި އަނިޔާ ލިބެމުން އެބަދެއެވެ.
2 Responses
ދުނިޔެއިން އަބަދުވެސް ފެންނަ ހަގީގަތަކީ އެއްބަޔަކަށް ބާޣީން ނަކީ އަނެއްބަޔަކަށް ޣާޒީންނެވެ. ހަރަކާތަކީ އެއް ހަރަކާތެކެވެ.
Kashmir Alhuvethi koiy Kashmir ge Mausoom Rayyithun maramu dhanee INDIA hindu in . un
un rape kuramun.India mihaaru ge sarkaaru ge visnumakee avatteri qaum thakah verive gathun ehgaothakun nuviyaa aneh gothakun.. Kashmir ge massala akee dhivehi sarkaarun UN security council ge samaalu kan genna security counci dhivehi sarukaarun Mikamugai India sifian dhanee seedhaa MODI Kashmir ge kudakudhin maraa anhen