އިޒްރޭލުން ރާމާމަކުނު ޕޮކްސް ފެނިއްޖެ 

Loading

Facebook
Twitter
WhatsApp

މިހާރު ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ (ރާމާމަކުނުޕޮކްސް) މަންކީ ޕޮކްސް ވައިރަސް އިޒްރޭލުންވެސް ފެނިއްޖެއެވެ. މިގޮތުން އެ ގައުމުން މި ބަލި ފެނިފައިވަނީ 30ހަކަށް އަހަރުގެ ފިރިހެނެއްގެ ގައިންނެވެ. 

އޭނާއަށް މިހާރު ދަނީ ޓެލްއަވިވް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެެ. އޭނާ ވަނީ މި ބަލީގެ އެތައް ހާސް ވޭދަނައެއް ފެނިފައިވާ ހުޅަނގު ޔޫރަޕަށް ދަތުރު ކޮށްފައިކަމަށް ވެއެވެ. ޑަބްޔޫއެޗްއޯ އިން ބުނާގޮތުގައި މިއީ ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. އަދި ބައެއް ޚަބަރުތައް ބުނާގޮތުގައި މިބަލި ގިނައިން ޖެހިފައިވަނީ އެއްޖިންސުން ގުޅުންހިންގާ ފިރިހެނުންނަށެވެ.

މި ކަމާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އިޒްރޭލުގެ ސިއްޙަތާ ބެހޭ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފައި ވެއެވެ.

މި ބަލީގައި އެނދުމަތި ކުރެވިފައިވާ މީހާގެ ޙާލު ރަނގަޅުކަމަށް ވެއެވެ. މިވަގުތު އޭނާ ވަނީ އެކަހެރި ކުރެވި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައެވެ.އެހެން ޤައުމުތަކަށް ދަތުރުކޮށްފައި އަންނަ ފަރާތްތަކުން ހުން ނުވަތަ ބަލީގެ އިތުރު ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީ ހޯދުމަށް އިޒްރޭލުގެ ސިއްޙަތާ ބެހޭ ވުޒާރާއިން އިލްތިމާޒު ކުރައްވާފައިވެއެވެ.

މި ބަލީގައި އެންމެ ފުރަތަމަ ފެންނަ ޢަލާމާތްތަކަކީ ގައިގެ މަސްތަކުގައި ރިއްސުން، ވަރުބަލިވުން އަދި އަތާއި މޫނުގައި ޗިކުންގުންޔާ ޖެހުމުން ހުންނަ ކަހަލަ ބިހިތަކެއް ނެގުމެވެ. މި ބަލިން ފަސޭހަވުމަށް ދެ ހަފްތާވަރު ނަގާކަމަށްވެއެވެ.

ޔޫރަޕުގެ 8 ވަރަކަށް ގައުމަކުނން މި ބަލި ރިޕޯޓުކުރެވިފައި ވާއިރު، މީގެ ތެރެެއިން ގިނައީ އެއްޖިންސުން ގުޅުންހިންގާ ފިރިހެނުން ކަމުގައި ކްލިނިކު ތަކުން މައުލޫމާތު ދެމުންގެންދެއެވެ. 

އިޒްރޭލަށް އެތެރެވާ އެންމެންވެސް ހުމުގެ އަލާމާތެއް ގައިގާރިއްސުމެއް ހުރިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކޮށްފައިވެއެވެ.



މިދިޔަ ހުކުރާއި ހަމައަށް އެމެރިކާއިންވެސް މީގެ 20 ކޭސް ރިޕޯޓު ކުރެވިފައި ވާއިރު، ފްރާސް، ޖަރުމަން އަދި ބެލްޖިއަމް އިން ވެސް ވަނީ މި ވައިރަހުގެ ކޭސްތައް ރިޕޯޓުކުރެވިފައެވެ. އަދި ހަމަ އެއާއެކު، ޕޯޗުގަލް އާއި ސްޕެއިންއިން ވެސް މިދިޔަ ބުދަ ދުވަހު މި ބަލީގެ ކޭސްތައް ރިޕޯޓު ކުރެވިފައިވެއެވެ.

އެމެރިކާއިން އެންމެ ފުރަތަމަ މި ބަލި ފެނިފައި ވަނީ ކެނެޑާއަށް ދަތުރުކުރި މީހެއްގެ ގައިން މިދިޔަ ހަފްތާގެ ތެރޭގައެވެ. ކެނެޑާއިން އެކަނިވެސް މި ބަލީގެ ކޭސްތައް ޔަގީން ކުރެވިފައިވާއިރު، މި ބައްޔަށް ތުހުމަތު ކުރެވޭ 17 ފަރާތެއް ފެނިފައިވާކަން ޔަގީން ކޮށްދީފައި ވެއެވެ.

ރާމާމަކުނު ޕޮކްސް ބަލި އިތުރުވަމުން ދިއުމާއިއެކު، އެމެރިކާ ސަރުކާރުން ވަނީ ސްމޯލް ޕޮކްސް ވެކްސިންގެ އެތައް މިލިއަން ޑޯޒެއް ގަނެފައެވެ. ސްމޯލް ޕޮކްސް ވެކްސިނަކީ މަންކީ ޕޮކްސް ބައްޔަށް އެކަށިގެންވާ ވެކްސިނެއް ކަމަށް 2019 ވަނަ އަހަރުވެސް ވަނީ ނިންމާފައެވެ.

މި ބަލި ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވުމާ ގުޅިގެން މަޝްވަރާ ކުރުމަށްޓަކައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހުކުރު ދުވަހު ވަނީ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް