ޢިލްމީ ޚަޒާނާއިން ހެޔޮބަސް 

Loading

Facebook
Twitter
WhatsApp

މާތްﷲ ވަޙީކުރެއްވިއެވެ.

﴿وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِ‌هْتُمُوهُ﴾

މާނައީ: “އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ.”

ޣީބަބުނުމަކީ ކޮބައިކަން ބަޔާން ކޮށްދެއްވުމުގެ ގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“ޣީބައަކީ ކޮބައިކަން ތިޔަބޭކަލުންނަށް އެނގިލައްވާތޯއެވެ؟”

ޞަޙާބީން ދެންނެވިއެވެ.

“މޮޅަށްދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާނގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑެވެ“

ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

“އެއީ ތިމާގެ މިސްލިމް އަޚާ ނުރުހޭ ވާހަކައެއް ދެއްކުމެވެ.“

އަދި ދެންނެވުނެވެ.

“އެއީ އަޚާގެ ކިބައިގައި ހުރި ކަމެއްވިޔަސްތޯއެވެ؟”

ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ.

“އެކަން އޭނާގެ ކިބައިގައި ހުރިނަމަ ތިބާ އެނާގެ ޣީބަ ބުނެފިއެވެ. އެކަން އޭނާގެ ކިބައިގައި ނެތްނަމަ ތިބާ އޭނާއާ ބެހޭގޮތުން ތިހެދީ ބޮޑުދޮގެކެވެ.” (ރިވާކުރެއްވީ މުސްލިމް) :

ވީމާ އަޅުގަނޑުމެންގެ ދޫތައް ރައްކާތެރިކޮށް މިފަދަ ނުރައްކާތެރި ފާފަތަކުން ދުރުވެ ރައްކާތެރިވެ ތިބުމަށް ގަދައަޅައި މަސައްކަތްކުރަން ވާނެއެވެ. މާތްﷲ އަޅަމެންނަށް ތައުފީޤު ދެއްވާށިއެވެ. އާމީން!

Loading

2 Responses

  1. އިލްމު ވިއްކާ ބަޔަކު ގިނަވެ މުސްލިމްއުއްމަތްތައް ހަލާކު ކުރާބަޔަކު އަތުވެދާނޭ!އެހެންކަމުން ތިޔަބައިމީހުން އިތުރައް އަހުލުވެރިވާށޭ!

  2. އަހުރެން ހައިރާންވަނީ ޝެއިޚު އިލްޔާސް އާއި އިމްރާނު އަދި އިޔާޒް ގެ ޙާލަތާއި މެދު. މިހުރިހާ ހެޔޮއެއްޗެއް އެވެރީންނަށް ޔަގީނުންވެސް އެނެގޭނެ ނޫންހެއްޔެވެ. އެހެނަސް ދުނިޔެވީ މަންފާ ތިމާއަށާއި ތިމާގެ ޕާޓީއަށް ހޯދުމަށް އެއޮއް ހެދި އަދިވެސް ހަދަމުން ގެންދާ ދޮތުތަކެވެ. ޣީބަ ބުނުންވެސް އެއީ މިހެން އޮތްކަމެއްކަންވެސް އެނގޭނެތާއެވެ. ސުނުޙާނަﷲ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް