ރަޝިޔާގެ މެކް ޑޮނާލްޑްސް ވިއްކާލަނީ 

Loading

Facebook
Twitter
WhatsApp


މެކް ޑޮނާލްޑުން މިދިޔަ ހޯމަ ދުވަހު ބުނި ގޮތުގައި ރަޝިޔާގައި ހުންނަ އެމީހުންގެ ވިޔަފާރި ވިއްކާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ކަންކަން ދަށަށް ދާ ކަމުގެ ހެއްކެއްކަމުގައި ބެލެވެއެވެ.

މެކް ޑޮނާލްޑްސްއަކީ ކުރީގެ (ޔޫއެސްއެއްއާރ) ސޯވިއެޓް ޔޫނިއަންގައި ހުޅުވި އެންމެ ފުރަތަމަ އިންޓެނޭޝަނަލް “ފާސްޓް ފުޑް” ޗެއިންގެ ރެސްޓޯރެންޓެވެ.

ރަޝިޔާގައި އެކަނިވެސް 850 ރެސްޓޯރެންޓް ހުންނަ މެކް ކޮމްޕެނީގައި 62،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ. ކޮމްޕެނީއިން ވަނީ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތި ވެފައިވާ ނިކަމެތި ޙާލަތަށް އަލި އަޅުވާލައި، ރަޝިޔާގައި ދެން އިތުރަށް އެ ވިޔަފާރި މިވަގުތައް ހިންގެން ނެތް ކަމުގައި ބުނެފައެވެ.

އެ ޤައުމުގައި ހުންނަ “ޗިކާގޯ-ބޭސްޑް ފާސްޓް ފުޑް ޖަޔަންޓުން” ވެސް ވަނީ ވަގުތީ ގޮތުން ވިޔަފާރި ހުއްޓާލަން ނިންމާފައެވެ. ވިޔަފާރި ހުއްޓާލި ނަމަވެސް ވަކިގޮތަކަށް ވިޔާފާރިއަށް ޙައްލެއް ލިބެންދެން މުވައްޒަފުންނަން މުސާރަ ދިނުމަށް އެމީހުން އެއްބަސްވެފައިވެއެވެ.

ގަންނަ ފަރާތުގެ ނަން އަދި ހާމަނަކޮށް މެކް ޑޮނާލްޑްސް އިން ބުނީ އެމީހުންގެ މުވައްޒަފުންނަށް ވަޒީފާ ދޭނެ ފަރާތެއް ހޯދާނެކަމުގައެވެ. އަދި އެ ކުންފުނީގެ މި ބްރާންޗް ތަކުގެ ގަނެ ވިއްކުން ޚަލާސް ކުރެވެންދެން މުވައްޒަފުންނަށް މުސާރަ ދޭނެ ކަމުގައިވެސް އެމީހުން ބުނެފައިވެއެވެ.

ކުންފުނީގެ ސީއީއޯ ކްރިސް ކެމްޕްކް ޒިންސްކީ ވިދާޅުވިގޮތުގައި ކޮމްޕެނީގެ މުވައްޒަފުންނާއި ރަޝިޔާގެ އެތައް ސަތޭކަ ސަޕްލަޔަރުންގެ “ވަފާތެރިކަމާއި މަސައްކަތަށް އޮންނަ ލޯބީގެ ބޮޑުކަމުން” މިފަދަ ނިންމުމެއް ނިންމުން ވީ ވަރަށް އުނދަގޫ ކަމަކަށެވެ.

މެކް ޑޮނާލްޑްސް އިން ވަނީ ޔޫކްރެއިންގައި ހުންނަ އެމީހުންގެ ވިޔަފާރިވެސް ހުއްޓަލާފައެވެ. ނަމަވެސް މުވައްޒަފުންނަށް އެމީހުންނަށް ކަނޑައެޅިފައިވާ މުސާރަ ބަރާބަރަށް ދެމުންގެންދާނެކަމަށް ބުނެއެވެ.

ސަތޭކަ އެތައް ޤައުމެއްގެ 39،000 އަށްވުރެ ގިނަ ސަރަހައްދުއަކުގައި މި ކޮމްޕެނީގެ ވިޔަފާރިތައް ކުރަމުން ދެއެވެ. މީގެ ތެރެއިން ގިނަ ވިޔަފާރިތައް ބަލަހައްޓަނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ފްރެންޗައިޒް ކޮށްގެން ހިންގާ އޭޖެންޓުންނެވެ. ކޮމްޕެނީއިން ބަލަހައްޓަނީ %5 ތަންތަނެވެ.


މެކް ޑޮނާލްޑްސް އިން ބުނި ގޮތުގައި ރަޝިޔާގެ ވިޔަފާރި ހުއްޓަލި ނަމަވެސް މިއަހަރަށް އެމީހުން ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލުކުރުމަށް ދައްޗެއް ނުވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް