އާންމު ތަނެއްގައި ހުރެ ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކުރވޭ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ މީހާގެ ވީޑީއޯ ސޯޝަން މީޑިއާގައި ދައުރުވަމުން އަންނައިރު އޭގެއިން ފެންނަގޮތުގައި އެ މީހާ އެ އަމަލު ހިންގީ އާޓިފިޝަލް ބީޗްގައެވެ. ފުލހުން އެ މީހާ ހައްޔަރުކުރީ އާންމުން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ރޭ 21:57 ހާއިރު ފުލުހުންނަށް ހުށަހެޅުމުން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށާ އެ މީހާ ޖިންސީ ގުނަވަން ދެއްކި ވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.