ލަންކާގެ އާ ބޮޑުވަޒީރަކަށް އަނެއްކާވެސް ރަނިލް! 

Loading

Facebook
Twitter
WhatsApp

ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށްޓަކައި ބޮޑުވަޒީރެއް އަވަހަށް އައްޔަންކުރުމަށް ރައީސް ގޯޓަބަޔާ ރާޖާޕަކްސާގެ ޕާލިމެންޓް މެމްބަރުން ގޮވާލާފައި ވާކަމަށް އެޤައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. އެގޮރުން މިއަދު ކުރީގަވެސް ބޮޑުވަޒީރުކަން ކުރެއްވި ރަނިލް އައްޔަން ކުރައްވާފައެވެ.  

ލަންކާގެ އެންމެެބޮޑު އިދިކޮޅު ޕާޓީގެ ސަޕޯޓް ނުލިބުމާއިއެކު ރަނިލް އައްޔަންކުރެވުނީ އެއްވޯޓްގެ އަޣުލަބިއްޔަތަކުންނެވެ. 

 225 ޕާލިމެންޓު މެމްބަރުން ހިމެނޭ ކްރޮސް ޕާޓީގެ އެހީއާއެކު ގުޅިގެންވާ އައު ސަރުކާރެއް އެކުލަވާލުމަށްޓަކައި، ގިނަ ބައެއްގެ އަގުލަބިއްޔަތުން،މިދިޔަ ހޯމަ ދުވަހު މަޤާމުން ވަކިކުރެވުނު ރާޖާޕަކްސާގެ ބަދަލު އެމަޤާމަށް އަލަށް އައްޔަނުކުރުމަށް ރައީސް ގޯޓާބަޔާ ރާޖަޕަކްޝާ ބޭނުންފުޅުވީކުރިންވެސް ފަސްފަހަރު ބޮޑު ވަޒީރުކަން ކޮށްފައިވާ އޭނާ ދަންނަ ރަނިލް ވިކްރަމަސިންހާއެވެ.

ރައީސް އޮފީހުގެ ކަންކަން ގާތުން ބަލާ ސީނިޔާ އޮފިޝަލަކު އޭއެފްޕީއަށް މަޢުލޫމާތުދިން މިފަދަ ހަނި މާޖިންނަކުން ސަރުކާލެއް އެކުލަވާލައިގެންވެސް ގައުމު ހަމަމަގަށް އެޅުވުމަށް މަސައްކަތްތަކެއް ކުރުން ވަނީ މަޖުބޫރުވެފައެވެ.

ބުދަދުވަހުގެ ރޭ ޤައުމާއި މުޚާޠަބު ކުރައްވަމުން ރާޖާޕަކްސާ ވަނީ އޭނާ އިސްތިޢުފާއަށް ގޮވައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ހުއްޓުމަކަށްގެނައުމަށް އޭނާގެ ސަޕޯޓަރުން ލައްވާ މުޒާހަރާކުރަމުން ދިޔަ ގިނަބަޔަކާއި ޚަމަލާދީ މާރާމާރީ ހިންގައިފައެވެ.

އެކަމުގެ ސަބަބުން ރައްޔަތުން ރުޅިގަދަވެ ހިންގާފައިވާ ކާފިއޫއިންވެސްވަނީ މުޒާހަރާގެ ބިޔެބައިވެރީން މައިތިރި ނުކުރެވިފައެވެ. އެންމެފަހުގެ ޚަބަރު ބުނާގޮތުން ރާޖަޕަކްޝާ މިހާރުވަނީ އޭނަގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އެދި އެގައުމުގެ މިލިޓަރީ ބެރެކްސް އަކަށްވަދެ ފިއްލުވާފައެވެ.

22 މިލިޔަނަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ޝްރީލަންކާގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށް ދަމުންގޮސް ބޭންކްރަޕްޓް ވެފައިވުމާއި ކާބޯތަކެތި ނެތުމުންނާއި، ބޭސް އަދި ތެޔޮ ފަދަ ވަޞީލަތްތައް ލިބުން ވަނީ ދަތިވެފައެވެ. އަދި ހަމަ އެހެންމެ އެ ޤައުމުގެ އެކި ހިސާބުތަކުން ދުވާލަކު 15 ގަޑިއިރު ކަރަންޓު ކެނޑުމުގެ މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ.

ރާޖާޕަކްސަން މަޤާމުން ވަކިކުރަން ބޭނުންވި އިދިކޮޅުން ފަރާތާއި ވާދަކޮށް މޮޅުވުމުގެ މަޤްސަދުގައި ހުށަހެޅި ބިޑަކާ ގުޅިގެން،އޭނާ ވަނީ އޭނާއަށް ލިބިފައިވާ ބާރުތައް ދޫކޮށް މިހަފްތާ ތެރޭގައި އާ ކެބިނެޓެއް އެކުލަވާލުމުގެ ފުރުސަތު ދިނުމަށް އެދިފައެވެ.

 މަހިންދާ ރަޖާޕަކްސާވަނީ އޭނާގެ ސަޕޯޓަރުން، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ހަމަލާދީ ކޮލަމްބޯގައި ހިންގި ހަމަނުޖެހުމަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުވަނީ މަޤާމުން އިސްތިޢުފާ ދީފައެވެ.

މި ހަމަނުޖެހުން ދުވަސް ތަކަކަށް ދެމިގެން ގޮސްފައިވާއިރު، މި ހަމަނުޖެހުމުގައި ނުވަ މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. އަދި ރާޖާ ޕަކްސާއާއި ގުޅުންހުރި މީހުންގެ ދިރިއުޅޭ އެތައް ގެއެއްގައި ރޯކޮށްލާފައިވެއެވެ.

ލަންކާގެ ސެކިއުރިޓީ ބަލާ ސިފައިންނަށް ބަޑިޖެހުމުގެ ހުއްދަވެސް ދީފައިވާއިރު، އެ ޤައުމުގެ ޙާލަތު ރަނގަޅު ވާކަމުގެ ޢަލާމާތެއް އަދިވެސް ނުފެނެއެވެ.

އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ކާފިއު، ބުރާސްފަތި ދުވަހުގެ ހެނދުނު އުވާލި ނަމަވެސް އެއީ ޢާންމު ރައްޔިތުން ޒަރޫރީ ބެނުންތަކަށް ބޭނުންވާ ތަކެތި އެއްކުރުމަށް ދިން 6 ގަޑިއިރުގެ ލުޔެކެވެ. 6 ގަޑިއިރު ވުމުން ކުރިއެކޭ އެއްގޮތަށް ކާފިއު އިޢުލާނުކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް