ރެސްޓޯރެންޓްތަކުގެ ވެރިން ދަރުބާރުގޭ ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފި!

Loading

Facebook
Twitter
WhatsApp

ރެސްޓޯރެންޓް ހިންގާ ފަރާތްތަކުން ދަރުބާރުގެ ކުރިމަތީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ. މި އެއްވުންތައް ފަށާފައިމިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އިހުތިޖާޖުގެ ބައިވެރީން ދަނީ ސަރުކާރުގެ އިސްވެރީންނަށް ބައްދަލުކުރަން ބޭނުންވާކަމަށް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް ވެރިޔަކު އެއްވުމުގެ ބައިވެރީންގެ އަޑު އަހަން މަސައްކަތް ކުރަމުން ނުދާކަން ފާހަގަ ކޮށްލެވެއެވެ.

މުޒާހަރާގެ ބައިވެރީން ދަނީ ރައީސް ޞާލިޙާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި ސަރުކާރުން މެދުފަންތީގެ ވިޔަފާރިތަށް ބަނޑަށް ޖެއްސުމަށް މަސައްކަތް ކުރަމުން ދާކަމާށާއި، އެހްޕީއޭގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް ދަނީ ބުނަމުންނެވެ. އަދި ރޭގަނޑު 8 ގެ ފަހުން ވެހިކަލް ދުއްވުން މަނާކުރުމާއި ގުޅިގެން އެކަމާ ދަނީ އެއްވުމުގެ ބައިވެރިން ފާޑު ކިޔަމުންނެވެ.

މީގެ އިތުރުން ވެސް އިދިކޮޅުގެ ގިނަ ސިޔާސީ އެކްޓިވިސްޓުން ދަނީ ކޮވިޑާއި ގުޅިގެން ސަރުކާރުން ކަން ކުރަމުންދާ ގޮތާއި މެދު ފާޑުކިޔާ، ބަހުގެ ހަމަލާތައް ފޮނުވަމުންނެވެ. ހަމަ އެހެންމެ އާއްމު ރައްޔިތުންނަށް އެޗްޕީއޭގެ އައު އުސޫލުތަކާއި ގުޅިގެން އުނދަގޫ ވަމުންދާ ކަމަށް ބުނެ، އާއްމު ރައްޔިތުންގެ ގިނަ ބަޔަކުވެސް ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް