ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް އަނެއްކާވެސް ބަދަލު ގެނެސްފި!

Loading

Facebook
Twitter
WhatsApp

ކޯވިޑާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަށް އިތުރު ބަދަލުތަކެއް ގެނެއްސިއެވެ. މިކަން އާންމުކޮށް އަންގައި، އެޗްޕީއޭގެ އެންގުން 55/2020 ގައި ވަނީ ޝާޢިޢުކޮށް ގެޒެޓްކޮށްފައެވެ.

މި އެންގުމުގައި ގެނެވިފައިވާ އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާ ކުރުމެވެ. މީގެ އިތުރުން ކުރިންވެސް އަޅާފައިވާ ފިޔަވަޅުތައް ވަނީ އެންގުމުގައި ހިމަނައިފައެވެ. އެގޮތުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން މަނާ ކުރުމާއި، 21:30 އިން 5:00 އަށް ހުރިހާ ވިޔަފާރިތައް ބަންދުކުރަން ޖެހޭނެކަމަށް މި ލިޔުމުގައި ވެސް އަންގާފައި ވެއެވެ. އަދި 5 މީހުންނަށް ވުރެން ގިނައިން އެއްވުމާއި ކުޅިވަރު ހަރަކާތްތަކަށް ކުރިޔަށް ގެންދިޔުން ވެސް ވަނީ މާލެ ސަރަހައްދުގައި މަނާ ކޮށްފައެވެ. އަދި މާލެ ސަރަހައްދުގަޔާއި ބަލި ފެނުނު ރަށްތަކުގައި ބޭރަށް ނިކުންނަ ނަމަ މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.

ރޭ ޤަވައިދަށް އިތުރު ކުރެވުނު އުސޫލުން އިސްތިސްނާ ވާ ފަރާތްތަކުގެ ތެރޭގައި، ސިފައިން، ފުލުހުން، ސިއްޙީ ޚިދުމަތްތެރިން އަދި އެފަރާތްތަކުގެ ވެހިކަލްތައް ހިމެނެއެވެ. އަދި އެހްއީއޯސީގެ ވެހިކަލްތަކާއި، އާންމު ދަތުރުފަތުރުގެ ބަހާއި ފެރީ އަދި އެމަރޖެންސީގައި ސިއްޙީ ޚިދުމަތްތަށް ހޯދަން ޖެހޭ ފަރާތްތަށް ހިމެނެއެވެ. އަދި އެތަނެއްގެ ޔުނިފޯމު އަދި ކާޑާއި އެކު ޑިއުޓީއަށްދާ މުވައްޒަފުންނާއު، އެފަރާތްތަކުގެ ވެހިކަލްތައް ވެސް މި ޤަވާޢިދުން އިސްތިސްނާ ވާނެއެވެ. އަދި ފަތިސް ނަމާދަށް މިސްކިތަށް ދާމީހުން ވެސް އެ ޤަވާއިދުން އިސްތިސްނާ ވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް