ދަމު ނަމާދުކުރުމާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް ކަޑައަޅައިފި

Loading

Facebook
Twitter
WhatsApp

މާލޭގެ މިސްކިތްތަކުގެ ތެރެއިން ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ  މި ރޯދަމަހުގެ ފަހު 10އިގައި މާލެސިޓީގައި 28 މިސްކިތެއްގައި ޖަމާއަތުގައި ދަމު ނަމާދު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.  އެއީ މާލޭގެ 17 މިސްކިތަކާއި ހުޅުމާލޭގެ އަށް މިސްކިތެއްގެ އިތުރުން ވިލިމާލޭގެ ހަތަރު މިސްކިތެއްކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ދަމުނަމާދު ކުރުމަށް މާލެ އިން ހަމަޖައްސާފައިވާ މިސްކިތްތައް

  1. މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލްއަޢުޘަމް ( އިސްލާމީ މަރުކަޒު)
  2. މަސްޖިދުލް މަލިކި ސަލްމާން
  3. މަސްޖިދުލް ސުލްތާން މުހައްމަދު ބިން ޢަބްދިއްލާ
  4. މަސްޖިދުލް ސުލްތާން މުހައްމަދު ޝަމްސުއްދީން
  5. މަސްޖިދުލް ސުލްތާން މުހައްމަދު ފަރީދުލް އައްވަލު
  6. މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން
  7. މަސްޖިދުލް ސަލާހުއްދީން
  8. މަސްޖިދުލް ފްރުގާން
  9. މަސްޖިދުލް ޖަލާލުއްދީން
  10. މަސްޖިދުއް ނޫރު
  11. މަސްޖިދުލް އިބްރާހިމް
  12. މަސްޖިދުއް ޝަހީދު އަލީ
  13. މަސްޖިދުލް އިސްކަންދަރު
  14. މަސްޖިދުލް ޝަހީދު އަބްދުއްރަހްމާން ( ފަނޑިޔާރު މިސްކިތް)
  15. މަސްޖިދުލް ސުލްތާން މުހައްމަދު ޖަމީލު ދީދީ
  16. މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން
  17. މާފަންނު އާ މިސްކިތް

ދަމު ނަމާދުކުރުމަށް ވިލިމާލެއިން ހަމަޖެހިފައިވާ މިސްކިތްތައް

  1. މަސްޖިދުއް ސަލާމް
  2. މަސްޖިދުލް އިޚްލާސް
  3. މަސްޖިދުލް ބިއްރި

ދަމު ނަމާދު ކުރުމަށް ހުޅުމާލެ އިން ހަމަޖައްސާފައިވާ މިސްކިތްތައް

  • މަސްޖިދުއް ޝައިޚް ގާސިމް ބިން މުހައްމަދު އަލްޘާނީ
  • މަސްޖިދު އަޒީޒާ މޫސާ
  • މަސްޖިދު އުމަރު ބިން އަލްޚައްތާބު
  • މަސްޖިދުލް ވާލިދައިނި
  • ހުޅުމާލެ ވަގުތީ މިސްކިތް ( ނޭބާހޫޑު 3)
  • މަސްޖިދު އަބީބަކުރިނިއް ސިއްދީގު
  • މަސްޖިދު އުޘްމާނަބްނި އައްފާނި
  • މަސްޖިދުލް އަޞްދިޤާއު


އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ 14 މިސްކިތެއްގައެވެ. އެއީ މާލޭގެ 8 މިސްކިތަކާއި ވިލިމާލޭގެ މަސްޖިދުލް އިހްލާސް އަދި ހުޅުމާލޭގެ ފަސް މިސްކިތެއްގައެވެ.

އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައިވާ މިސްކިތްތައް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް