އިއްޔެ އިތުރު 96 މީހަކު ކޯވިޑް19 އަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން އިއްޔެ ކޯވިޑް19 އަށް އިތުރު 96 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ހުރިހާ ކޭހެއް ވެސް ފެނިފައިވަނީ ގްރޭޓަރ މާޅެ ސަރަހައްދުންކަން ފާހަގަ ކޮށްލެވެއެވެ.

އިއްޔެ ފެނުނު ކޭސްތަކާއި އެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 6660 އަށް އަރައިފައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 2521 ކޭހެއް ފާހަގަ ކޮށްލެވޭއިރު، 169 ފަރާތަކަށްދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި އިއްޔެ 18:00 އާއި ހަމަޔަށް 1419 މީހަކު އެކަހެރި ކުރެވިފައި ތިއްބެވެ. ރާއްޖެއިން ކޯވިޑް19 ގައި 26 މީހަކު ނިޔާވެފައިވާއިރު 4113 މީހަކުވަނީ ބަލިން މުޅިން ފަސޭހަ ވެފައެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 64 ދިވެހީންނެވެ. އޭގެ އިތުރުން ދެން ހިމެނެނީ ބަނގްޅަދޭޝްގެ 26 މީހަކާއި، ސްރީލަންކާގެ 4 މީހަކާއި، އިންޑިޔާގެ 1 މީހަކާއި، އަދި ނޭޕާލްގެ އެކަކެވެ.

ރާއްޖެއިން ކޯވިޑް19 އަށް ފައްސިވާ މިންވަރު ހަލުވި ސްޕީޑުގައި އިތުރުވަމުން ދާތީ ރޭވަނީ ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކަށް އިތުރު ބަދަލުތަކެއް ގެނެއްސައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް