ތުރުކީ ވިލާތުން މޮރިޓޭނިއާއަށް ކާބޯތަކެއްޗާއި ސާފުކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދީފި

Loading

Facebook
Twitter
WhatsApp
Maldives News

ތުރުކީ ވިލާތުގެ ސްޓޭޓް-ރަން އެއިޑް އެޖެންސީ އޮން ވެނިސްޑޭ ގެ ފަރާތުން މޮރިޓޭނިއާގެ 400 ޢާއިލާ އަކަށް، ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީގެ ގޮތުގައި، ކާބޯތަކެއްޗާއި ސާފު ކުރުމަށް ބޭނުންވާ ސާމާނު ފޯރު ކޮށްދީފިއެވެ.

ޓާރކިޝް ގަވަރންމެންޓް ކޯޑިނޭޝަން އެޖެންސީ އިން މިތަކެތި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތުރުކީ ވިލާތުން މޮރިޓޭނިއާއަށް ކަޑައަޅުއްވާފައި ހުންނެވި ސަފީރު،ޖެމް ކައިޔަގްލޫ އަދި ބައެއް ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ކައިޔަގްލޯ ވިދާޅުވި ގޮތުގައި ”މިކަމުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮންނަ އަޚްވަންތަކަމާއި ޒަމާނީ ގުޅުން އާލާވެ ދެމިއޮތުމަށް މަގުފަހި ވެގެންދާނެއެވެ“.

ޔޫއެސް-ބޭސްޑް ޖޯން ހޮޕްކިންސް ޔުނިވާސިޓީ އިން ހޯދި ހޯދުމުން އެނގޭ ގޮތުގައި މި ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއިން މިހާތަނަށް 380500 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. ގާތްގަޑަކަށް 6.4 މިލިއަން މީހުންނަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 2.74 މިލިއަން މީހުންނަށް މިބަލިން ޝިފާ ލިބިފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް