އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ

Loading

Facebook
Twitter
WhatsApp

އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، ފުއްދަވާ ދެއްވާނެ ކަމަށް، އެމް.ޑީ.ޕީ ގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ގައުމުގެ ރައީސް ސޯލިޙު އެގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ އެޖެންޑާ 19 ގައި ބަޔާންވެގެންވާ ވަޢުދުތަކެވެ. މި 5 އަހަރު ނިމޭނީ މިދެންނެވި ވަޢުދުތައް ފުދި، ރައްޔިތުންނަށް އުފާވެރި ޒަމާނެއް ދައްކާދީފައެވެ. ޚާއްޞަކޮށް އެންމެހާ ރައްޔިތުން ޝާމިލްކޮށް ރައްޔިތު މީހާއަށް ތާހިރު ދިރިއުޅުމެއް ދައްކާދީފައެވެ. ޝައްކު ނުކުރައްވާށެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މުޅިޤައުމަށް ކުރިމަތިވި، ދަތިކަމުގެ އަސަރު އެންމެހާ ރައްޔިތުން ހިތްތަކުގައި ބީހެމުންދާ މިހިނދުކޮޅުގައި ޤައުމަށް ޣައްދާރުވެ، ދައުލަތުގެ މާލިއްޔާ ޖީބަށް ލައިގެން ތިބި ވަގުންގެ ލަޝްކަރެއް، ހައްޔަރުވުމުގެ ހުވަފެންތައް ތިލަވަމުން އަންނާތީ ޤައުމު ހަލަބޮލިކޮށް ހިންގާ ހަމަނުޖެހުންތަކުގައި ބައިވެރި ނުވުމަށް، އިލްތިމާސް ކުރަމެވެ. 2012 ވަނަ އަހަރުގެ ވެރިކަން ވައްޓާލި ދުވަހަކީ ޢަބްދުﷲ ޔާމީނު ހިންގިކަމަށް ބުނާ ތެލުގެ ވަގު ވިޔަފާރީގެ ތަޙުގީގު ނިމި، އެރިޕޯޓު ރައްޔިތުންނަށް ހާމަކުރަން އޮތް ދުވަހުއެވެ.

ވިސްނާށެވެ. ރާއްޖޭގައި ހިންގާފައިވާ ބަޣާވާތާ، މަރާލެވިފައިވާ ފަރާތަކުގައި ބައިވެރިވާ މީހުންނާ، ދައުލަތުން ކޮށްފައިވާ ވައްކަމުގެ މައްސަލަތައް ބެލުމަކީ ރައްޔިތުން އެދިފައިވާ ކަމެކެވެ. މިކަންކަން ބެލެވި، މިކަންކަމުގައި ބިޔަބޮޑު ޖަމާޢަތެއް ޖަލުތަކަށް ވަންނަން ޖެހޭނެކަމަށް ގަބޫލުކުރަމެވެ. އިދިކޮޅުގައި އެތިބީ ގިނައިން މިދެންނެވި ޖަމާޢަތްތަކަށް ނިސްބަތްވާ ފަރާތްތަކެވެ. މުޒާހަރާކޮށް، ޤައުމު ހަލަބޮލިކޮށް، މިކަންކަމަށް ހުރަސް އަޅަން އެބައިމީހުން ކުރާ މަސައްކަތުގައި ރައްޔިތުން ބައިވެރި ނުވުން ރަނގަޅެވެ. މި ސަރުކާރުން ވީ ވަޢުދު ސަރުކާރުން ފުއްދަވާ ދެއްވާނެއެވެ.

ރައްޔިތުންގެ ވެރިކަމެއްގައި، ރައްޔިތުން އެންމެ އުފާވާނެ ވެރިކަން ކަމުގައި މިވެރިކަން ވެގެންދާނެކަމަށް ގަބޫލުކުރަމެވެ. ސާބިތު ކަމާއެކު ތިއްބެވުން އެއީ އެންމެ ގައުމަށް ފައިދާހުރި ގޮތެވެ. އިދިކޮޅޭ ކިޔައިގެން މަގުތަކަށް އެނުކުންނަނީ މުޅި ދައުލަތުން ވަރަށްބޮޑެތި ޚިޔާނާތްތަކެއް ވެފައިތިބި ބައެއްކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ހިނދު، އެބައިމީހުންގެ މައްސަލަ ތަކުގެ އެންމެ ފަހުގެ ނިންމުންތައް ހާމަވާން އޮތް މި ފުރުޞަތު ގެއްލުވާލުމަށް، އެމީހުން އެކުރާ މަސައްކަތާ ބައިވެރި ނުވުމަށް ތަކުރާރުކޮށް ދަންނަވަން ޖެހެއެވެ.

2012 އިން ލިބުނު ޢިބްރަތްތަކަށް ކަޅިއެއް އެއްލަވާ ލައްވާށެވެ. ރައްޔިތުންނަށް ރައްޔިތުން އުފަލުގައި އުޅުމަށް މެނުވީ، އެމް.ޑީ.ޕީގެ ސަރުކާރުގެ އެހެން ވިސްނުމެއް ނުވެއެވެ. ކޮންމެ ސަރުކާރެއްގައި ވެސް ބޮޑެތި ޚިޔާނާތްތެރިން ތިބޭނެއެވެ. މިސަރުކާރުގައި ވައްކަން ކުރާ މީހުންނަށް ޙައްޤު އަދަބު ލިބިގެން ދިޔުމަކީ މިސަރުކާރުން އެދޭ ގޮތެވެ. ނުފޫޒާ ބާރުގެ ބޭނުންކޮށް، އެއްވެސް ވަގަކު ދިފާޢު ނުކުރާނެއެވެ.

ލޮބުވެތި ރައްޔިތުންނޭ!

އެމް.ޑީ.ޕީ ސަރުކާރުގެ ކުރީގެ ރައީސްއަށް މަދު ބަޔަކު ބިރުދައްކާ އިސްތިއުފާ ދެއްވަން ކުރި މަޖުބޫރަށް، ރައީސް އިސްތިއުފާ ދެއްވީ ރައްޔިތުންނަށްޓަކައެވެ. ޤައުމުގެ މަޞްލަޙަތާ ޞުލްޙައަށްޓަކައެވެ. އިސްތިއުފާ ނުދެއްވާ ވެރިކަން ދެމެހެއްޓެންވެސް އޮތެވެ. ވިސްނާށެވެ. އެވެރިކަން ދެމި އޮތްނަމަ، ރައްޔިތުން މިއަދު ތިބީހީ އުފާވާ ޒަމާނެއްގައި، އުފަލާ ހިތްހަމަ ޖެހިގެންނެވެ.

ލޮބުވެތި ރައްޔިތުންނޭ! 2012 ގެ ވެރިކަން ވައްޓާލުމުގެ ސަބަބުން، ރައްޔިތުންގެ އެތައް ބަޔަކު މަރާ، ގެއްލުވާލާ، އެތައް ބަޔަކު ޖަލަށްލާ، ބޮޑުބިރުވެރި ކާރިސާތަކެއް ޤައުމަށް ވަނީ ކުރިމަތިވެފއިނޫންތޯއެވެ. މިކާރިސާތަކުން ރައްޔިތުން ސަލާމަތްކުރަން، އެމް.ޑީ.ޕީގެ ލޮބުވެތި މެމްބަރުން ޖާނާ މާލާ، ފުރާނައިން ވަނީ ޤުރުބާން ވެފައެވެ. އޭރު ޤައުމުގައި ހިންގާފައިވާ ޖަރީމާތަކަށް އިންޞާފު ހޯދައި ދިނުމަށްޓަކާ، ނިމިދިޔަ ވެރިކަން ބަދަލުކުރީ، ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. ހިންގާފައިވާ މިދެންނެވި ޖަރީމާތަކަށް އިންޞާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ނުދަނީވެސް ހިނަގި ބަޣާވާތުގެ މޫތައް ލުހެލެވިފައި ނެތުމުންނެވެ. އެހެނަސް ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމެވެ.

ލޮބުވެތި ރައްޔިތުންނޭ! ސަރުކާރުން ވެފައިވާ ވަޢުދުތައް މިފަސް އަހަރު ނިމިގެންދާ އިރު އޮންނާނީ ފުދިފައެވެ. ޝައްކު ނުކުރައްވާށެވެ. މިވަގުތު ދުނިޔެއާއި ޤައުމަށް ކުރިމަތިވެފައިވާ ބިރުވެރި މުސީބާތުގެ ސަބަބުން، ސަރުކާރުގެ ދުވެލި ވަނީ މަޑުޖެހިފައެވެ. ކަންމިހެން ހުރި ނަމަވެސް، ކުރިއަށް އޮތް 3 އަހަރު ވެގެންދާނީ ރައްޔިތުން އެދުނު މަންޒިލަށް ރައްޔިތުން ވާޞިލްވެ، މިނިވަން އުފާވެރި ބާއްޖަވެރި އަބުރުވެރި ދިރިއުޅުމެއް ފެނިގެންދާނެއެވެ.

ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ސަރުކާރެއް މިވަނީ އެކުލަވާލާފައެވެ. ރައްޔިތުން އެކުލަވާލި މިސަރުކާރު ބަޔަކު މަގުމައްޗަށް ނުކުތަސް ވައްޓައެއް ނުލެވޭނެއެވެ. އެހެންކަމާއެކު، ރައްޔިތުންނަށް އިލްތިމާސް ކޮށްލަން ބޭނުންވަނީ، ޤައުމުގެ ހަމަޖެހުމާ އިސްތިޤުބާލަށް، މިނިވަންކަމާ، ރައްކާތެރިކަމަށް ހުރަސްއެޅޭ ބާވަތުގެ ކަން ނުކޮށް، މަޑުން ތިއްބެވުމަށެވެ. ވެރިކަން ވައްޓާލަން އެނުކުންނަ ފަރާތްތަކަކީ ޤައުމުގެ ރައުސްމާލުން ޚިޔާނާތެރިވެ  ބޮޑެތި ޖަރީމާތަކެއް މިޤައުމުގައި ހިންގި ބައެކެވެ. އެހެންކަމުން ދާދި އަވަހަށް އެފަރާތްތައް އިންޞާފުގެ ދަރުބާރަށް ގެންދެވޭނެއެވެ.

ލޮބުވެތި ރައްޔިތުންނޭ! ޤައުމަށް ކުރިމަތިވެފައި މިވާ މުޞީބާތަށް ކެތްތެރިވެ، ﷲއަށް ދުޢާކުރުމުގައި ސާބިތުވެ ތިއްބަވާށެވެ. ސަރުކާރުން ރައްޔިތުން މަގުމަތިކޮށް، ރައްޔިތުން އޮބަހައްޓާ، ފިއްތައެއް ނުލާނެއެވެ. ކުށްކޮށްފައިވާ ފަރާތްތަކަށް އަދަބު ދިނުމަކީ ﷲ ގެ ޤާނޫނުގެ ޒިންމާއެކެވެ. އެކަން ހިންގިޔަ ނުދިނުމަށް އެހިންގާ ޙަރަކާތުގައި ބައިވެރިނުވުމަށް ތަކުރާރު ކުރަމެވެ. އިސްލާމްދީނަކީ ޞުލްހައިގެ ދީނެވެ. ލޯތްބާ، އޯގާވެރިކަމާ، ކުލުނުން ފުރިގެންވާ ދީނެވެ. ރައްޔިތުން އުފާވެރި ރާގުތަކުން ޙަޔާތުގެ މާޒީވެ ދިޔަ ހިތްދަތި ދުވަސްތައް، ހަނދާނުން ފިލައިދާ ދުވަސް އޮތީ ދާދި ކައިރީގައެވެ. ކެތްތެރިވެ، ސާބިތުކަމާ އެކު ތިއްބަވާށެވެ.

Loading

4 Responses

  1. ތިއަށްވުރެ މާރަނގަޅުވީސްނު ތެދަށް ތިޔަވާހަކަ ލިޔުނުނަމަ. 1. ބަޣާވާތެއްކޮށް ވެރިކަން ބަދަލުކުރާގޮތާއި އެހެން ބަދަލުކުރީމާ ދުނިޔެ އެ ގައުމަކާދޭތެރޭ އަޅާ ފިޔަވަޅުތަށް އެނގޭތ؟ 2. ރަސްމީހެދުންކޮޅު ލައިގެން ޓައި އަޅާފާ ވަރަށް ބޮޑޭވެފާ ރައިސް މީހާ ރައީސްއޮފީހަށްގޮސް ކެބިނެޓްއެއްކޮށް ގައުމުގައި އޮތް ހުރިހާމީޑިއާ އަކަށް އަންނާށޭގޮވައި ގެންގޮސް މޮޅުކަމެއްކޮށްލަން ތިމާ އިސްތިޢުފާދީ އެކަން އެގޮތަށް ޢީއުލާނުކުރޭތ؟ ދުނިޔޭގެ ތާރީޚުގައި ކޮން ގައުމެއްގައި ހޭބުއްދި ސަލާމަތުން ހުރި ވެރިޔަކު އެކަންކުރީ؟ 3. އޭރުގެ މުޅިކެބިނެޓް ލާ ހޭރި އާދޭސްކުރިއެއްނު އިސްތިޢުފާނުދިނުމަށް، ކޮބާ މަޝްވަރާގެ ރީތިއުސޫލު އުސޫލު؟ 4. އިސްތިޢުފާދީފާ މިއަދާހަމައަށްވެސް 2008ގައި އުފެދި ވެއްޓުނު ސަރުކާރު ވެއްޓުނުގޮތް އެމްޑީޕީގެ ގައުމީ މަޖިލީހުން ތަޙުގީގުނުކުރީ ކިއްވެބާ؟ ޒިންމާވާ މީހުން ނުހޯދީ ކީއްވެ؟ ކުރުކޮށް ބުނަމެވެ. އޭނާ އޭރުހުރީ ހިނދުކޮޅުގައެވެ. މުލީއާގޭ ތެރެން ނެރުނު ފުޅިތަކާއި ސިފައިންގެ ފަހަތުން ޅަޓިބުރި ހިފައިގެން ދުވެ އެތެޅުނުގޮތް ކަލޭ ނުދެކެންހެއްޔެވެ؟ ބޯހަލާކު ވާހަކަ ނުދައްކާ ދެންވެސް މިފަހަރުވެސް ވެރިކަން އަތަށްގޮއްވާލަން ރައިސް ސޯލިހާ ނުތޮޅި މަޑުން ހުންނާށޭ ބުނެދެއްވާށެވެ. އެގޮތް ގައުމާއި ރައްޔަތުންނަށް ސަލާމަތްކަން ބޮޑެވެ. ވިސްނާށެވެ. ދެން އެމްޑީޕީ އާއި އެކު ކޯލިޝަންހަދާނެ ޕާޓީއެއް މިގައުމަކު ނެތެވެ. އަބަދާއި އަބަދު މަކަރާއި ޙީލަތް ހަދައިގެން އިންޑިއާގެ މޯހިރުންވިޔަސް ނުޝެލުވޭނެއެވެ. ދޯ؟؟

  2. ވާނުވާ ނޭގި ހަމަހޭގައި ނުތިބޭ ބަޔަކަށް ވާނުވާއެއްވެސް ނޭނގޭނެއެވެ. މިލިޔުންތެރިއާގެ ޙާލާމެދުވެސް ބަލާލަމެވެ. ހެޔޮވިސްނުން ދެއްވުން އެދެމެވެ.

  3. އަދިވެސް އެންމެ ގިނަ ވޯޓްލިބޭނީ އެމްޑީޕީއަށް. އެމްޑީޕީއަކީ އަންނި ރައީސް ނަޝީދަށް. ވީމާ ވެރިކަމަށް އެމްޑީޕީ ނުލާ އާދެވޭނެގޮތެއްނެތް. މާނަޔަކީ ރައިސް ނަޝީދު ނެކުސްޓް ޕްރެޒިޑެންޓް. ނުނީ ނަޝީދު ބޮޑުވަޒީރު ދެންކޮންމެވެސް މީހަކު ހުރެދާނެތާ ކަމެއްނުކުރާ ރައީސް މީހާގެ ގޮތުގައި.

  4. ލަދުކޮބާ؟ ތިބުނާ ”ބަޣާވާތް“ ކުރި ވެރިންކައިރިއަށްގޮސް ސަލާމްޖަހައިގެން ވެރިކަންލިބުނީމަ އެމީހުންގެ ބޮލަށް އަނެއްކާވެސް ގުއިރޭންވެގެން ރައިސް ނަޝދު ތި މަސައްކަތްކުރަނީ. ހާދަ ބޮޑު ޚިޔާނާތްތެރި މީހެކޭދޯ؟ މައުމޫނަށް ގޮޅާބޯވައިފަ ތިމާ އިނދުނީމާ މައުމޫނުގެ ރަން 30 އަހަރުގެ ލަވަ ޖަހާ ނަށައިގެން 2018ގައި އުޅުނުގޮތް ހާދަ އަވަހަށް ތިހަނދާން ނެތުނީ. ދެން މަވެސް ސަލާމް!

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް