ކޯވިޑް-19 އަށް އިތުރު 123 ދިވެއްސަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

ކޯވިޑް-19 އަށް އިތުރު 123 ދިވެހިންނާއިއެކު ޖުމްލަ 145 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 6370 އަށް އަރާފައިވާއިރު، ރާއްޖޭގައި މިހާތަނަށް ވަނީ ބައްޔަށް ޓެސްޓް ކުރުމަށްޓަކާ 100،233 ސުންކު އިއްޔެއާއި ހަމަޔަށް ނަގައިފައެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި ދިވެހިންގެ އިތުރުން ދެން ހިމެނެނީ ބަނގްޅަދޭޝްގެ 11 މީހަކާއި، އިންޑިޔާގެ 3 މީހަކާއި، ލަންކާގެ 5 މީހަކާއި، ނޭޕާލްގެ އެކަކާއި، ޖަޕާންގެ މީހަކާއި އަދި ޖޯޑަންގެ މީހެކެވެ.

ރާއްޖެއިން ކޯވިޑުގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި އިއްޔެއާއި ހަމަޔަށް 2431 ކޭހެއް ފާހަގަ ކުރެވޭއިރު، އޭގެ ތެރެއިން 161 މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި 1355 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރި ކުރެވިފައެވެ. ރާއްޖެއިން މިހާތަނަށް 24 މީހަކު މިބަލީގައި މަރުވެފައިވާއިރު، 3915 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

ރާއްޖޭގައި ކޯވިޑް-19  ފެތުރޭ ދުވެލި، އަންދާޒާ ކުރިވަރަށްވުރެންވެސް ދަނީ ބާރުވަމުންނެވެ. އެހެންކަމުން ސަރުކާރުން ދަނީ ބަލި ކޮންޓްރޯލް ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Loading

One Response

  1. ކޮވިޑް ނަމުގައި ޤައުމު ދަވާލި ކަމަށް ދެކެވޭ ވާހަކަ ނިމުނީތޯ؟؟ ފައިސާ ނެތިގެން ކޮވިޑް ޚިދުމަތް އޮތީ އަތައް ގޮވާފައި!! ހުޅުމާލޭގެ އެހަރަ ފްލެޓްތަކުގައި ރެނެވޭޓް ކޮށްލައިގެން ޚިދުމަތް ދޭންވި ރޭވިނަމަ މަދުގެން 5000 މީހުން އެއްފަހަރާ އެނދުމަތި ކުރެވި ޚިދުމަތް ލިބުނީސް! ގާތްތިމާގެ މީހުން ރިސޯޓް ތަކާއި ލޯންޗް ތަކުގައި ދަތުރުފަތުރު ކޮށް ބަޖެޓަށް ކޮވިޑް ޖެއްސި މީހުންނަން އިންސާފު ލިބެންޖެހޭ! ހުޅުމާލޭގައި ނިންމަން ވެފައި ހުރި ފްލެޓްތަކުަގއި 5 ހާސްމީހުން އެނދުމަތި ކުރަން ކުރަންޖެހޭ މަސައްކަތް ތަކަށް 200 މިލިއިން ރުފިޔާ ޚަރު ނުވާނެ.!! ބްރިޖް މަތިން ދަތުރުފަތުރު ކުރެވޭނެ.. ވަރަށް ކައިރިން ހާލު އަހުވާލުބަލާ ވަޤުތުން ވަޤުތައް ހަލުވި ކަމާއެކު ފަރުވާ ދެވޭނެ.
    ފަރުވާއަކަށް އޮތީ ހޫނުފެނާއި މޭވާގެ ބާވަތްތައް! ބަޖެޓް ފުނޑާލެވޭ ވަރުގެ ޚަރަދު ތައް ކުރަން ހުއްދި ދިން ވެރިން ނެތީތޯ؟؟ ހަމަ އެކަނި ރީދޫ ކުލައިގެ ވެރިންނޫން ވެރިންތޯ ފިނޭންސް އާއި މަރުކަޒީ ބޭންކް އޮޕަރޭޓް ކޮށް ހުއްދަ ދެއްވީ ވެސް!! ބޯގޯސް ވާހަކަ ދައްކައިގެން ރައްޔިތުން މޮޔަހައްދަނީ!! އިދި ކޮޅު މީހުން ވެސް ބޭނުން ވަނީ ދީނާ ޤައުމުކަމަށް ބުނޭ އެކަމު އަބަދު ވެސް ލީޑަރު ސަލާމަތް ނުވެގެން އުޅޭ ކަހަލަ. ކޮންމެ ވެސް ބަޔަކު މި ވަތަން ހިމާޔަތް ކޮށްދެއްވަން ނުކުންނަން ވެއްޖެ ދޯ!! ޑރ ވެސް ބޭނުން ވަނީ ގޭގައި ހުއްޓާ ވެރިކަން ލިބޭން!!

Leave a Reply to މައިސަން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް