ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މަައްސަަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގެ ތުހުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން މިއަދު އެކަކު ހައްޔަރުކޮށްފައިވާއިރު ދެން ހައްޔަރުކުރި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ގައެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންކަމަށެވެ. އެއީ  26 އަހަރުގެ މީހަކާއިި 22 އަހަރުގެ މީހެއްގެ އިތުން 18 އަަހަރުގެ މީހެކެވެ.

ތިނަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އޭނާގެ ގެ ކައިރީ ހުރި ޕާކިންޒޯން އެއްގައި ހުއްޓާ އޭތި އެތަނުން ނަގައިގެންގޮސް އަތިރިމަށްޗަށް ސައިކަލް ގެންގޮސްގެންނެވެ.

ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަގޮތުގައި ސައިކަލްގައި ރޯކޮށްލުމުގެ ސަބަބުން ސައިކަލް ވަނީ  އަދައި ހުލިވެފައެވެ.

މި މައްސަލަ ތިނަދޫ ޕޮލިސްސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

 

Loading

One Response

Leave a Reply to އައްޑޫ އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް