ޔޫރަޕްގެ ގައުމުތަކުން ރަޝިއާގެ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަނީ

Loading

Facebook
Twitter
WhatsApp

ރަޝިއާއިން ޔޫކްރޭނަށް އެރުމާ ގުޅިގެން ޔޫރަޕުގެ ގައުމުތަކުން ރަޝިއާގެ ތެލަށް ބޭނުންޖެހޭ މިންވަރު ކުޑަކުރުމަށްޓަކައި ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ މަސައްކަތްތަކެއް ކުރަން ރާވައިފިއެވެ.

ހުކުރު ދުވަހު ބްރަސެލްސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް، ޖޯ ބައިޑެން އާއި ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް، އާރސުލާ ވޮން ޑާރ ލެޔެން ހާމަކުރެއްވި ގޮތުގައި ރަޝިއާގެ ތެލަށް ބޭނުންޖެހޭ މިންވަރު ކުޑަ ކުރުމަށްޓަކައި ހާއްސަ ޓާސްކް ފޯހެއް އެކުލަވާލުމަށް ދެ ފަރާތުން ވަނީ ނިންމާފައެވެ.

މި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޖޯ ބައިޑެން ވަނީ ރަޝިއާއިން ޔޫރަޕުގެ ގުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން އަވައްޓެރި ގައުމުތައް އަޅުވެތި ކުރުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ގުދުރަތީ މައުދަންތައް ވިއްކައިގެން ލިބޭ ފައިސާގެ އެހީގައި ހަނގުރާމަ ކުރަން ޕުޓިން މަސއްކަތްކުރައްވާ ކަމަށްވެސް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.

ޔޫރަޕިއަން ޔޫނިއަނާއި އެމެރިކާއިން އެކުލަވާލަން ނިންމާފައިވާ ޓާސްކްފޯހުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ރަޝިއާގެ ތެޔޮ ޔޫރަޕުގެ ގައުމުތަކުން ބޭނުން ކުރުން ވީހާވެސް މަދު ކުރުވުމުގެ އިތުރުން ކުރިޔަށް އޮތް އަހަރުތަކުގައި ޔޫރަޕުގެ ހުރިހާ ގައުމުތަކަކަން ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް ތިމާވެއްޓަށް ރައްކާތެރި ހަކަތައިގެ ވައްތަރުތައް ބޭނުންކުރަން ފެއްޓުން ހިމެނެއެވެ.

ޔޫރަޕިއަން ޔޫނިއަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާއިން 2022ވަނަ އަހަރު ޔޫރަޕުގެ ގައުމުތަކަށް 15 ބިލިއަން ކިއުބިކް މީޓަރުގެ ނެޗުރަލް ގޭސް ސަޕްލައި ކޮށްދޭނެއެވެ. އަދި ޔޫރަޕިއަން ޔޫނިއަނުގެ ގައުމުތަކުން ކޮންމެ އަހަރަކު 50 ބިލިއަން ކިއުބިކް މީޓަރުގެ ތެޔޮ އެމެރިކާ އަތުން ގަންނަގޮތަށް ވަނީ ނިންމާފައެވެ.

މި ނޫސް ކޮންފެރެންސްގައި ވޮން ޑާރ ލެޔެން ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ އިތުބާރު ހިފޭ ރަނގަޅު ގައުމެއްގެ އަތުން ތެޔޮ ގަތުމަކީ ޔޫރަޕުގެ ހުރިހާ ރައްޔިތުން ވެސް އުއްމީދު ކުރާ ކަމެއްކަމަށެވެ.

ރަޝިއާއަކީ މިހާރު ދުނިޔޭގެ އެންމެ ގިނައިން ތެޔޮ ވިއްކާ އެއް ގައުމެވެ. ޔޫރަޕިއަން ޔޫނިއަނުން ގަނެފައިވާ %45 ތެލަކީ ރަޝިއާއިން ގަނެފައިވާ ތެލެވެ. ރަޝިއާގެ އިތުރުން އީރާނާއި ގަތަރަކީ ދުނިޔޭގެ%50 ތެޔޮ ސަޕްލައި ކުރާ ގައުމުތަކެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް