އަލިފުޅުތުއްތު ފައުންޑޭޝަނުން އައިޖީއެމްއެޗަށް ޕީސީއާރު މެޝިނެއް ހަދިޔާ ކޮށްފި!

Loading

Facebook
Twitter
WhatsApp

އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އައިޖީއެމްއެޗަށް ޕީސީއާރު މެޝިނެއް ހަދިޔާ ކޮށްފިއެވެ.

މި މެޝިން ހަދިޔާކޮށްފައިވަނީ އެކަމަށްޓަކާ މިއަދު ބޭއްވި ހަފްލާއެއްގައެވެ.

މި މެޝިނުގެ ކެޕޭސިޓީއާއި އެހެނިހެން މައުލޫމާތު އަދި އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ. އައިޖީއެމްއެޗުން ބުނެފައިވަނީ އެފަރާތުން ހަދިޔާ ކޮށްފައިވަނީ ޕާކިމްޕާމާ ބްރޭންޑުގެ މެޝިނެއް ކަމަށެވެ. މީގެ އިތުރުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން ފުރަތަމަ ކޯވިޑް19 ފެނުނުތާ 4 މަހަށްވުރެން ގިނަ ދުވަސްވެފައިވާއިރު، ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގައި އަންނަނީ ޕީސީއާރު ޓެސްޓް ކުރަމުންނެވެ. އެއިރު އަޖީއެމްއެޗްގައި އެކެނި މި މަސައްކަތް ކުރި ނަމަވެސް މިހާރު މިމަސައްކަތް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެގޮތުން ފުލުހުންގެ ލެބޯޓަރިގައާއި، ސެނެހިޔާ އަދި އޭޑީކޭގައި ވެސް ޕީސީއާރު ޓެސްޓް ހެދުމުގެ މަސައްކަތްތައް ކުރެއެވެ. މީގެ އިތުރުން މިހާރުދަނީ ކޯވިޑް-19 އަށް އެންޓިބޮޑީ ޓެސްޓްތައް ވެސް ރާއްޖޭގައި ހަދަމުންނެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނަކީ ރާއްޖޭގައި އެކި ދާއިރާތަކާއި މުހިންމު މަޝްރޫޢުތަކަށް އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ. މި ފައުންޑޭޝަން އުފައްދާފައިވަނީ މަރްޙޫމް މޫސާ އަލީ (އަލިފުޅު ތުއްތު)ގެ ހަނދާނުގައި މީހުންނަށް އެހީވުމަށް އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

Loading

One Response

Leave a Reply to ހުސެން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް