ޝަރީފް އަށް ސްޓެލްކޯގެ އެމް.ޑީ ކަން ދީފި

Loading

Facebook
Twitter
WhatsApp

ޙަސަން މުގުނީ މަގާމުން ވަކިކޮށް ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

(ޕީ.ސީ.ބީ) ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ރައީސް އާސިމް މުޙައްމަދު ސްޓެލްކޯ ބޯޑުގެ ޗެއަރމަންއަށް މިއަދު ފޮނުވި ސިޓީގައި އަންގަވާފައިވަނީ، ސްޓްލެކޯގެ ބޯޑަށް ބައެއް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުގުނީ އެ މަގާމުން ވަކިކޮށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި، މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އަޙުމަދު ޝަރީފް އައްޔަން ކޮށްފައިވާކަމަށެވެ. މިހާރު ޝަރީފު ހުންނެވީ ކާނަލް ނާޒިމުގެ އެމް.އެން.ޑީ ޕާޓީގެ ބޮޑެއްގެގޮތުގައެވެ.

ޝަރީފް އެންމެފަހުން އަދާކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ. އިލެކްޑަން ކޮމިޝަންގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝަރީފް އަންނަނީ ސަރުކާރަށް އަދި ރައިސް ސޯލިހަށް ތާއީދުކުރައްވާ އެމް.އެން.ޑީ ޕާޓީގެ އިއްސަފުގައި މަސައްކަތްކުރަށްވައި ވަރަށް ބޮޑަށް ރައީސް ސޯލިޙުއަށް ތާޢިދު ކުރަށްވަމުންނެވެ.

މަގާމުން ވަކިކުރެއްވި މުޣުނީ އަކީ ގާސިމުގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް