ހުރިހާ ގޭންގްތައް އުފެދުނީ މާލެއިންނެވެ. ގޭންގް ތަކުން ރައްޔިތުންނާ ބެހިއެއް ނުއުޅެ އެވެ، ގޭންގް ތަކަކީ ސަރުކާރުގެ މަތީ ފަންތީގެ ބޮޑުން އިސްވެ ތިއްބައިވައިގެން ޒުވާނުންނަށް ފައިސާ ދީގެން އެބޭފުޅުން ބޭނުންފުޅުވާ އެކި ޖަރީމާތައް ހިންގުމަށް ޓަކައި އެބޭފުޅުން ގެންގުޅުއްވާ ބައިގަނޑެކެވެ.
ގޭންގްތަކަކީ ފައިސާދީގެން ފަނޑިޔާރުންނާއި ސިޔާސީ ފަރާތް ތަކަށް ބިރުދެއްކުން ފަދަ ކަންކަން ކުރުމަށް ބޮޑެތި ބޭފުޅުން އަޑީގައި ތިއްބަވައިގެން ގެންގުޅޭ ބައެކެވެ.
ގޭންގުތަކާ ގުޅިފައިވާ ސިފައިންނާއި ފުލުހުން ތިބޭ ކަމުގެ މަޢުލޫމާތު ވެސް ލިބެއެވެ. ގޭންގެއް މައިތިރި ކުރަން ފުލުހުންނާއި ސިފައިން ދިއުމުގެ ކުރިން ދާން އުޅޭކަމުގެ މަޢުލޫމާތު ގޭންގުތަކަށް ލިބުމަކީ މިކަމުގެ ހެއްކެކެވެ.
ގޭންގަކަށް ނިސްބަތްވާ ޒުވާނަކު ހޯދުމަށް ފުލުހުން 2005 ވަނަ އަހަރު ހިންގި އޮޕަރޭޝަނެއް ފުލޮޕްވެން ދިޔަގޮތް ފުލުހަކު އަޅުގަނޑަށް ކިޔައިދިނެވެ. ފުލުސް މީހާ ބުނިގޮތުގައި މިދެންނެވި އޮޕަރޭޝަންގައި 8 ފުލުހަކު ޙަރަކާތް ތެރި ވިއެވެ.
އެއްދުވަހެއްގެ މެންދު ފަހުގެ ވަގުތެކެވެ. ހޯދާ ނުފެނިގެން އުޅޭ ޒުވާނާ ޗާނދަނީ މަގުން ފުލުހަކަށް ފެނުނެވެ. އެފުލުސް މީހާ ދިޔައީ މިދެންނެވި ޒުވާނާގެ ބޯކޮޅު ބަލަމުންނެވެ.
މި ފުލުސްމީހާގެ މަޢުލޫމަތުގެ އަލީގައި ފުލުހުންގެ 8 މީހަކު އެޒުވާނާ ހައްޔަރުކުރަން ދިޔައެވެ. އެޒުވާނާ ވަށާލެވޭގޮތަށް ރޭވުމަށްފަހު އެކިމަގުތަކަށް ފުލުހުން ބެހިގެން ދިޔައެވެ. މިހެން ދަމުންގޮސް މެދުޒިޔާރަތް ކައިރިން އަތުލެވޭ ގޮތަށް ރޭވުނު މި އޮޕަރޭޝަން ނާކާމިޔާބުވީ އޭރުގެ ޓްރޭޑް މިނިސްޓަރު ވެލާނާގޭ ކަންމަތީން ކާރުމަޑުކޮށް އެޒުވާނާ އެވަޒީރުގެ ކާރުކޮޅަށް، އެރުވުމުންނެވެ.
ފުލުސްމީހާ ބުންޏެވެ. ގޭންގްތަކުގެ ޒުވާނުން ހިމާޔަތް ކުރަނީ ސަރުކާރުގެ އިސްވެރިންކަން އެދުވަހު އޭނާއަށް ކަށަވަރު ވިކަމަށެވެ.
އޭނާ ބުންޏެވެ. މި މަގުން މިކަންކަން ހިނގާހާ ހިނދަކު ގޭންގެ ކުށްތައް މައިތިރި ކުރަން ނުކުތް ބަޔަކު އެނބުރި ދާނީ އަމިއްލައަށް މައިތިރި ވެގެންނެވެ. މިހާރު ވެސް މިދެންނެވި ވަޒީރު ގޭންތަކަށް ފައިސާ ދޭކަމުގެ ޚަބަރުތައް، ލިބެމުންދެއެވެ.
އަނެއްކާވެސް އެހެން ޕޮލިހަކު ބުނި ވާހަކައެކެވެ.
2005 ގެ މެދެއްހާތާގައި ގޭންގަކަށް ނިސްބަތްވާ ވަރަށް ނުރައްކާ ތެރި މީހަކަށް ޕޮލިހުން ފާރަލަމުން ގެންދިޔައެވެ. މިދެންނެވި ދުވަސް ވަރަކީ މާލެ ތެރޭގައި ގޭންގްތަކުން ކަނޑިހިފައިގެން މަގުތަކުގައި ބައެއް ޒުވާނުންނަށް ޙަމަލާދެމުން ދިޔަދުވަސްވަރެކެކެވެ. ފުލުހުން ފާރަލަމުން ދިޔަ މިދެންނެވި ޒުވާނާއަކީ މަސްތުވާތަޖެތީގެ ވިޔާފާރި ފުޅާދާއިރާގައި ކުރާ ޒުވާނެކެއް ކަމަށާއި އަދި ކަނޑުވެސް އެތެރެ ކުރާމީހެއްކަމަށް ފުލުސް މީހާ ބުންޏެވެ.
އެއްދުވަހެއްގެ އިރުއޮއްސުމާ ގާތް ވެފައި ވަނިކޮށް މިޒުވާނާ ބާޒާރުމަތިން ފެނިގެން ފުލުހުން މި ޒުވާނާގެ ބޯކޮޅުބަލަމުން ދިޔައެވެ.
ޒުވާނާ އެޅީ އޭރުގެ ޕަބްލިވޯރކްސް ހުންނަ މަގަށެވެ. އޭރު އެމަގަކީ ވަންވޭ މަގެއްނޫނެވެ. އެހެންކަމުން މަޖީދީމަގުން މިދެންނެވި އެޒުވާނާގެ ކުރިމަށްޗަށް ދެވޭ ގޮތަށް 4 ފުލުހަކު ސައިކަލުގައި ގޮސް އޭނާއާ 30 ފޫޓަށް ކައިރިވިތަނާ ޕަބްލިކު ވޯރކްސް ކުރިމަތީގައި އޮތް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ ކާރުކޮޅަށް އެޒުވާނާ އެރިއެވެ. މިހިސާބުން ޕޮލިހުން އޭނާ އަތުލައިގަންނަން ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ.
އަޅުގަނޑު މިވާހަކަ ތައް މިހިއްސާ ކޮށްލީ ގޭންގްތަކާ މަސްތުވާތަކެތީގެ ވިޔާފާރި މައިތިރިކުރަން ކުރާ އެއްވެސް މަސައްކަތަކުން ކާމިޔާބު ނުވާ ސަބަބުތައް މިހެން ހުރީމައެވެ.
ގޭންގް ތަކަކީ ބޮޑުން އަޑީގައި ތިބެގެން ގޭންގްތަކަށް ނިސްބަތްވާ ޒުވާނުން މެދުވެރިކޮށް ޑުރަގުގެ ވިޔާފާރި ހިންގައިދޭފަރާތް ތަކަކަށްވުމުން ގޭންގްތައް މައިތިރި ކުރާން އުޅޭ ވާހަކަ ބެލެވެނީ ދައްކާ ބަހަނާއެއް ކަމަށެވެ.
އެއްވެސް އިޚުލާސް ތެރިކަމެއް އޮވެގެން ކުރާކަންތައް ތަކެއް ނޫނެވެ.
ގޭންގްތަކަށް ނިސްބަތްވާ ޒުވާނުންނަކީ ކޮންމެ ކަމެއް ކުރިއަސް ގާނޫނު އަރާ ހަމަކުރާ ބައެއް ނޫންކަން މާޒީގެ ތަޖްރިބާ ތަކުން އެނގެއެވެ.
މޮޅު ހެދުންތަކުން ޒީނަތްތެރިވެ ހަތިޔާރު އަޅައިގެން ގޭންގްތައް މައިތިރި ކުރުމުގެ ނަމުގައި މަގުތަކަށް ނުކުމެވިދާނެއެވެ. އެހެނަސް ގެއްލުން ވާނީ މައިތިރިކުރަން ނުކުންނަ ފަރާތް ތަކަށެވެ.
މާލޭގައި ގޭންގްތައް ހިނގަނީ ޒަނާނުއްސުރެއެވެ. ސަރުކާރުން މަސައްކަތް ކޮށްގެން އުވާލެވުނީ ކޮން ގޭންގެއް ހެއްޔެވެ؟
މާލޭގައި ޙަރަކާތް ތެރިވަމުން އަންނަ ގޭންގުތަކަށް އިންޓެލިޖެންސް މައުލޫމާތު ލިބެނީ ކިހިނެއް ހެއްޔެވެ؟ ހަމަޔަގީނުން ވެސް ގޭންގަކުން ހިންގާ ޖަރީމާތައް ހުއްޓުވަން ސަރުކާރުން ބޭނުންވާނެއެވެ. އެހެނަސް ސަރުކާރުގެ ތެރޭގައި ގޭންގްތަކާ ގުޅިފައިވާ ބާރާއި ނުފޫޒު ގަދަ ބޭފުޅުން ތިއްވަނިކޮށް އެކަންކަން ހުއްޓުވަން އުޅުން ވެގެން ދާނީ ބޭކާރު ކަމަކަށެވެ.
ހަރުކަށި ފިކުރު އާލާކޮށް ޒުވާނުން އެމަގަށް ލަންބާލުމުގެ މަސައްކަތް މިރާއްޖޭގައި ބާރަށް ކުރިއަށް އެބަދެއެވެ. އިސްލާމް ދީނުގައި އެއްވެސް ހަރުކަށި ސިޔާސަތެއް ނުއޮންނައިރު ތުނބުޅި ދިގުކޮށްގެން ހަރުކަށި ފިކުރު ފަތުރަން އުޅޭ އެއްވެސް މީހަކީ މުސްލިމެއް ނޫންކަން ނޭގެންވީ ކީއްވެ ހެއްޔެވެ؟ އިސްލާމް ދީނަކީ މެދުމިން ކަމުގެ ދީންކަން އަންގަވާފައި ނުވޭ ހެއްޔެވެ؟ އެކަމަކު ތުނބުޅި ދިގުކޮށްގެން ތިބެ މިރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލަން އުޅޭ މީހުން އިސްލާހު ކުރަން ވެސް ނުވަތަ އެވަބާ ފޮހެލަން ޢަމަލީ ގޮތުން މަސައްކަތް ކުރާތަނެއް ނުފެނެއެވެ.
ރާއްޖޭގައި ރަށު ޓޫރިޒަމް ކުރިއަރަމުން ދަނިކޮށް މިދެންނެވި ހަރުކަށި ފިކުރުގެ ހައްދުފަހަނަޅާފައިވާ މީހުންގެ އަތްދަށުވެ ފަތުރުވެރިން މަރާފާނެ ކަމުގެ ބިރު ވަރަށް ބޮޑުކަން ފާހަގަ ކުރަމެވެ.
One Response
Hithaama akee mifenvarah liyuvvaairu mikankurevvi dhefaraathugenan haamakoffainethun Alhugandu kuvverikuraa vaahaka dhannavan