އިންޑިޔާގައި އިންތިޚާބުތަކާ ގެރިއާ ހުރީ ކޮން ގުޅުމެއް؟

Loading

Facebook
Twitter
WhatsApp

ކޮންމެ ގައުމެއްގައިވެސް އިންތިޚާބުތަކާ ދިމާކޮށް ފެންމަތިވާ ނުވަތަ ފެންމަތިކުރާ ބައެއް ކަހަލަ މައްސަލަ ތައް ހުރެއެވެ.

މިގޮތުން އިންޑިޔާގައި ގެރީގެ މައްސަލަ މިއީ ފާހަގަ ކޮށްލެވޭ އެއްކަންތަކެވެ.

ވެރިކަންކުރާ މައި ޕާޓީ ބީޖޭޕީން ތާއީދުކުރާ ހިންދޫ ދީނުގައި ގެރިއަކީ މާތް ޖަނަވާރެއްގެ ގޮތުގައި ބައެއް މީހުން ދެކޭ އެއްޗެކެވެ. ޚާއްޞަކޮށް ހައްދުފަހަނަޅާފައިވާ ހިންދޫންނެވެ.

އެހެން ކަމުން ގެރިކަތިލުމަކީ އެމީހުން ކުރާ ކަމެއް ނޫނެވެ. އަދި ބަޔަކު އެކަން ކުރާތަން ބަލާކަށް ވެސް އެމީހުންނަކަށް ނުތިބެވޭނެއެވެ. އެކަން ކުރާ މީހުންނަށް ހަމަލާދީ ކިތަންމެ ފަހަރަކު މަރާލާފައި ވެސް އެބަހުއްޓެވެ.

އިންޑިޔާގެ އެންމެ އާބާދީބޮޑު އެއް ސްޓޭޓު ކަމަށްވާ އުއްތުރަ ޕްރަދޭޝްއަކީ ދަނޑުވެރިން ގިނަ އަދި ގެރިގެންގުޅޭ މީހުން ގިނަ ހިސާބެކެވެ އެހެން ކަމުން ދަޑުވެރިންގެ ތާއީދު ހޯދުމަށް ވެރިކަންކުރާ ބީޖޭޕީ އިން ވަނީ އުއްތުރަ ޕްރަދޭޝްއާއިއެކު 18 ސްޓޭޓެއްގައި ގެރިކަތިލުމަކީ ގާނޫނީ ކުށަކަށް ހަދާފައެވެ.

ސަރުކާރުގެ މިނިންމުމާ ގުޅިގެން ކުރިން ގެރިމަހުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުމަމުން އައި މުސްލިންނާ ދަލީތުންނޭ ކިޔާ ފަގީރު ޖަމާއަތްތަކުގެ ވިޔަފާރި ވަނީ ބަންދުވެފައެވެ.

ގެރިގެންގުޅޭ ފަރާތްތަކުން ކުރިން ކަންތައް ކުރަމުން އަންނަ ގޮތަކީ އެސޮރުމެންގެ ކިބައިން ކިރު ލިބުން ހުއްޓިއްޖެ ނަމަ ނުވަތަ ދަނޑުތަކުގައި މަސައްކަތް ކުރުވޭ ވަރަށް ވުރެ މުސްކުޅި ވުމުން އެފަދަ ގެރިތައް

ކަތިލައި ގެރިމަހުގެ ގޮތުގައި ވިއްކާލުމެވެ. އަދި މިކަމުން އެފަރާތްތަކަށް އެކަށީގެންވާ އާމްދަނީ ވެސް އައީ ލިބެމުންނެވެ. ނަމަވެސް މިއަދު އެކަން ވަނީ ބަންދުވެފައެވެ.

ގެރިކަތިލުން މަނާ ވުމާއެކު ވަނީ އެހެން ބޮޑުމަސްއަލަ އެއް ކުރިމަތިވެފައެވެ. ގެރީގެ އާބާދީ އާދަޔާ ޚިލާފަށް އިތުރުވެ، އަޅާލާނެ މީހަކު ނެތި ބާކީވެގެން ލާހޫރޭ ގެރީގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އަދި މިފަދަ ގެރިތަކަށް ކާން ނުލިބި ނުތަނަވަސްކަން އިތުރުވުމުން އާންމުންގެ އަވަށްތަކަށް ވަދެ ފަރުދުންނަށް ހަމަލާ ދިނުން ވަނީ އިތުރުވެފައެވެ. މިފަދަ އަނިޔާ ލިބިފައިވާ ފަރާތްތަކާ ގެރީގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އާއިލާތަކުން މިހާރު ވަނީ ގެރީގެ މަސްއަލަ ހައްލު ކޮށްނުދޭ ކަމުގައިވާނަމަ 10 ފެބްރުއަރީގައި ފެށޭ ސްޓޭޓް އެސެމްބްލީ އިންތިޚާބް ބޯއިކޮޓް ކުރަން ނިންމާފައެވެ.

ކޮންމެ އަކަސް ޔޫޕީ އަކީ ދަޑުވެރިން ގިނަ ސްޓޭޓަކަށް ވުމާއެކު ވާދަވެރި ސިޔާސީ ޕާޓީތަކުން އުންމީދުކުރަނީ ”ގެރި“ މިމައުޟޫޢުގައި ކެމްޕޭން ކޮށްގެން ކާމިޔާބު ހޯދޭނެ ކަމަށެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް