ޓޮޔޯޓާގެ އައު ކާރު ނެރުން 4 އަހަރަށް ލަސްވެދާނެ

Loading

Facebook
Twitter
WhatsApp

މުޅި ދުނިޔޭގައި ވެސް މަގުބޫލު ކަން ހޯދާފައިވާ ލޭންޑް ކްރޫޒަރ އެސްޔޫވީ ކާރުގެ އެންމެ ފަހުގެ މޮޑެލް ގަންނަން ބޭނުންވާ ފަރާތްތަކުން ހަތަރު ވަރަކަށް އަހަރުގެ އިންތިޒާރެއް ކުރަން ޖެހިދާނެ ކަމުގައި ކާރު އުފައްދަމުން ގެންދާ ޓޮޔޯޓާ ކުންފުނިން ބުނެފިއެވެ.

ޓޮޔޯޓާގެ މިނިންމުމާ ގުޅިގެން އެކުންފުނީގެ ހިއްސާގެ އަގުވަނީ ހުކުރު ދުވަހު 2.7 އިސައްތަ ދަށަށް ގޮސްފައެވެ.

ކާރު އުފެއްދުމުގެ މަސައްކަތުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ޓޮޔޯޓާ ކުންފުނިން މިފަދަ ލަސްވުމެއް އަންނާނެ ކަމަށް ބެލެވޭ ސީދާ ސަބަބު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ލަސްވުން އަންނާނެ ކަމަށް އަންދާޒާ ކުރެވެނީ ސެމީ ކޮންޑަކްޓަރ ނުވަތަ ”ޗިޕް“ ލިބުން ދަތިވެގެން ނޫން ކަމަށާ ، އަދި ސަޕްލައި ޗެއިންގެ މަސްއަލަ އަކުން ނޫން ކަމަށް ކުންފުނިން ބުނެފައި ވެއެވެ.

ދާދި ފަހުން ޓޮޔޯޓާ އިން ވަނީ ކުންފުނީގެ މުވައްޒަފުންގެ ތެރޭން ގިނަ ބަޔަކަށް ކޮވިޑް-19 ޖެހެމުންދާތީ ޓޮޔޯޓާ ގެ ކާރު އުފައްދާ އެގާރަ ކާރުޚާނާއެއްގެ މަސަކަތް

މަޑުޖައްސާލަން ނިންމާފައިވާ ކަން ހާމަ ކޮށްފައެވެ. 1951 ގައި ފުރަތަމަ އުފައްދައި ނެރުނު ލޭންޑް ކްރޫޒާ ކާރަކީ ޓޮޔޯޓާއިން މިހާތަނަށް ނެރުނު ކާރުތަކުގެ ތެރެއިން އާންމުންގެ މަގުބޫލުކަމުގައި އެންމެ ބާރަށް އެންމެ ގިނަ ދުވަހު ވިކެމުން އަންނަ ވެހިކަލް އެވެ.

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް