އިނގިރޭސި ވިލާތަށް އަނެއްކާވެސް އައު ބޮޑު ވަޒީރެއް؟

Loading

Facebook
Twitter
WhatsApp

އިގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާ ފަރާތްތަކުގެ އަޑުގަދަވެ، މި ހަފުތާ ބަންދު ނިމޭއިރު އައު ބޮޑުވަޒީރެއް ލިބުން ގާތްކަމަށް ނޫސްރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސަޕޯޓަރުން ޖޯންސަންއާ ދުރަށް ދާން ފަށާފައި ވަނީ ގައުމުގައި އިއުލާން ކުރެވޭ އާންމު ގަވާއިދުތަކާއި އުސޫލުތަކަށް އޭނާ

ތަބާވެ ވަޑައިނުގަންނަވާ ކަމަށް ބުނެއެވެ . މިގޮތުން ޕްރިންސް ފިލިޕް އަވަހާރަވުން ފަދަ ގައުމީ ހިތާމައިގެ ދަނޑިވަޅުގައި ވެސް ބޮޑު ވަޒީރުގެ ގަޑުވަރުގައި ޕާޓީ ކުރިކަން ހާމަވެ ބޮޑުވަޒީރު މިހާރު ވަނީ ކުއީން އެލިޒަބަތު އަރިހުން މައާފަށް ވެސް އެދި ވަޑައިގެންފައެވެ.

އެހެން ނަމަވެސް މިފަހަރު ހަމައެކަނި މައާފަކުން ނުފުދޭނެ ކަމަށް ގާނޫނުހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާ އާންމުންގެ ތެރޭން ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ޕްރިންސް ފިލިޕް ގެ ޖަނާޒާ ކުރިޔަށް ދިޔައިރު މުޅި ގައުމުއޮތީ ކޮވިޑް ލޮކްޑައުން ގައެވެ. އެހެން ކަމުން ރާނީ އެލިޒަބަތު ވެސް ޖަނާޒާ ގައި ގިނިކަންޏާ އިންނެވި ފޮތޯތައް ވަނީ އާންމުވެފައެވެ

ބޮޑުވަޒީރު ޖޯންސަން ގެ މަގްބޫލުކަން ގެއްލެމުންދާކަން މިވަގުތު އާންމުވެފައިވާ ވަރުން ކުޑަކުދިންވެސް މެމްބަރުންނާ ސުވާލު ކުރާހަމަޔަށް ކަންތައްތައްގޯސްފައިވާކަމަށް ޚަބަރުތައްބުއެވެ. ބައެއްމެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ޖޯންސަން އިސްތިއުފާ ދެއްވުމަށް ގޮވާލައި އެބޭފުޅުންނަށް ދަނީ އެތައްސަތޭކަ އީމެއިލް ލިބެމުންނެވެ.

ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ނަމްބަރ10 ޑައުނިންގ ސްޓްރީޓްގައި ފުރަބަންދުތެރޭ ޕާޓީބޭއްވި މަސްއަލަ ބަލަން ސަރުކާރުން މިހާރު ވަނީ ޚާއްޞަ އިންކުއަރީ އެއްފަށާފައެވެ. ސަރުކާރުން މިހާރު ވަނީ މި އިންކުއަރީ ނުނިމެނީސް އާންމުން ގޮތެއް ނުނިންމައި މަޑުކޮށް ދިނުމަށް އެދިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް