ސޯޝަލް ހައުސިންގެ ދަށުން ގިނަ ބަޔަކަށް އެއްފަހަރާ ހިޔާވަހިކަން ފޯރުކޮށް ދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި ހިޔާ މަޝްރޫޢުގެ ދަށުން އެޅި ހަތްހާހެއްހާ ފްލެޓް މިހާރު ވަނީ ކާމިޔާބު ކުރި ފަރާތްތަކަށް ދޫކޮށް އަދި ގިނަ ފްލެޓް ތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފައެވެ.
ހިޔާ މަޝްރޫޢުގެ މަގުސަދު ކިތަންމެ މާތްވެފައި ނިޔަތް ސާފުނަމަވެސް މި ފްލެޓްތަކަކީ ހަގީގީ ހިޔަލެއްތޯ ބައެއް ފަރާތްކުން ސުވާލު އުފައްދައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ މިތަނުން ތަނުގެ ވެރިންގެ ހިތަށް ފިނި ކަމެއް ލިބުމުގެ ކުރިން އުފުލަން ޖެހޭބުރައެވެ. އުފުލަން ޖެހޭ ތަކުލީފެވެ. ކުރިމަތިވެފައިވާ ސިކުނޑީގެ ނުތަނަވަސް ކަމެވެ.
ކޮންމެވެސް ސަބަބަކާ ހުރެ ފްލެޓްތައް ދޫކޮށްފައި ވަނީ ބޭރު ދޮރުލާފައި ހުރި ހަމަ އެކަނި ހަތަރު ފާރުގެ ގޮތުގައެވެ. ތަޅުމުގައި މުޅިޖަހާފައެއް ނުވެއެވެ. ބޮތްކެއް ފަންކާއެއް ނެތެވެ. ދޮރެއް ދޮރުފަތެއްވެސް ނެތެވެ. ފާޚާނާގައި މުށިޖަހާފައި ހުރީ ހަމައެކަނި ހަތަރު ފޫޓު އުސް މިނަށެވެ.
ކޮންމެއަކަސް ފްލެޓް ލިބުމުން ކޮންމެ މީހަކުވެސް އަވަސްވެގަތީ ހެދުނުގޮތަކަށް ހަދައިގެން ވަދެވޭތޯ އެވެ. ފައިސާވެރިން އަތުގައި ހުރި ފައިސާއިން ހެދި ނަމަވެސް އެއީ ނިސްބަތުން ވަރަށް ވެސް މަދު އަދަދެކެވެ. ގިނަބަޔަކަށް ޖެހުނީ ލޯނުނަގާށެވެ. ނުވަތަ ކޮންމެވެސް ކްރެޑިޓް ސްކީމެއްގެ ދަށުން ދަރަނިވެރިވެގެން ހަދާށެވެ. އަދި ތިންވަނަ ގްރޫޕަކުން ބަލަމުން އެދަނީ އަމިއްލަ ދެއަތުން ހެދޭތޯއެވެ. ބަޔަކަށް ދީގެން ހެދޭނެ ވަރުގެ ތަނަވަސް ކަމެއް ނެތީ އެވެ. ލޯނުވެސް ލިބޭނެ ގޮތެއް ނެތީ އެވެ. މިފަދަ ގްރޫޕް ތަކުން ދުވާލު ވަޒީފާގައި އުޅެފައި އައިސް މަސައްކަތް ކުރަން އޮންނަނީ ރޭގަނޑުގެ ވަގުތެވެ. ގިނަ ފަހަރަށް މިހާރު ވަދެ ތިބި އާއިލާތަކުގެ ކުޑަކުދިނާއި މުސްކުޅިން ނިދަން އަރާގަޑިޔަކީ މިފަދަފަރާތްތަކުން އެންމެ ވަރުގަދަޔަށް މަސަކަތް ކުރާގަޑިއެވެ. ޓައިލްސް ކެފުމާއި ޕުޓީ ގާނާ އަޑު ކަޑައިގެން ނުދެއެވެ. އަދި ވަޑާން ކުރާއަޑާއި ފާރު ތޮރުފާއަޑަކީ މިހާރު އެއަޑުތަކަށް އެއްގޯސް ވެފައިވާ އަޑުތައް ފަދަ އެވެ. މެންދުރު ފަހުގެ އަރާމު ވަގުތު ވެސް މިވަނީ ދޫކޮށްލަން ޖެހިފައެވެ. އެއްޗެއް ބުނެވޭކަށް ނޯވެއެވެ. އެމީހުންނަށް ވެސް ފްލެޓް ފުރިހަމަ ކުރުމަށް ފުރުސަތު ދޭން އެބަޖެހޭތާ އެވެ!
ދެން އޮތް އަނެއް ކަމަކީ ފްލެޓްތަކުގެ ސެކިއުރިޓީއެވެ. ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ބޭފުޅަކު ވިދާޅުވުމުން ބަޔަކު ފުންމަ ފުންމައިގެން އެރި އެވެ. އެހެން ނަމަވެސް އެއީ ހަމަ ހަގީގަތަކަށް ވެދާނެ ކަމަށް ހީވާން ފަށައިފި އެވެ.
ހިޔާމަޝްރޫއުގެ ސޯޅަ ޓަވަރުގެ އެޑްމިންގެ ކަންކަން ބެލުމަށް ރަސްމީކޮން ޓެނެންޓުންނާ ހަވާލުކުރުމުގެ ކުރިން ކޮންމެ ޓަވަރަކުން ވެސް ބަޔަކު އެކަމާ އިސްވެ އެބައުޅެއެވެ. މިގޮތުން އެއް ޓަވަރުގެކަންކަމުގައި އުޅުމުގެ ފުރުސަތު އަޅުގަޑަށްވެސް ވަނީ ލިބިފައެވެ. ބަޔެއް ދުވަސް ދުވަހު ހަވީރު ފިންޏަށް ފެންވަރައިގެން ނިކުމެ އެޑްމިން ޓީމުން ކުރާކަމަކީ ޓަވަރު އިންސްޕެކްޓް ކުރުމެވެ. އަދި ސާފުކުރުމާ ބެހޭ ގޮތުން ޓެނަންޓުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމެވެ.
ހުރިހާއެންމެން ވެސް އެންމެ ކަންބޮޑުވާއެއްކަމަކީ ސިޑިގޮޅިއޭ މިކިޔާ ތަނުގެ އެންމެ މަތީގަ އޮންނަ ހުސް ތަންކޮޅުގައި ކޮންމެވެސް ބަޔަކު ކުޅޭ ކުޅިގަނޑެވެ.
މިދިޔަ ހޮނިހިރު ދުވަހު 24 ވަނަ ބުރިއަށް އެރީމެވެ. އެތަނުން ވަނީ ނަޖިސް އަދި ނަޖިސް ފޮހެފައި ހުރިކަމަށް ބެލެވޭ ކޮތަޅަކާއި އަދި ހީސް ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކެއް ފެނިފައެވެ. ގަތް ފަކުރުން ހޮޑު ދުއްވާނުލެވުނީ ކިރިޔާއެވެ.
ކުރިން އެރި ބަޔެއް ފަހަރުތަކުގައި ގޮދަޑިއަކާ އަދި ބޯކަރުދާސް ތަކެއް އަޅައިގެން ހަދާފައިވާ ތަންމަތިތައްވެސް ނަގައި އެއްލާލުވީމެވެ. އެންމެ މައްޗަށް އަރައި މިކަންކަން ހިންގާ ބަޔަކު ހޯދުމަށް އެޑްމިން ޓީމުން ކުރާ މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފަ އެވެ. ނަމަވެސް އެތަނަށް އަރަނީ ދުންދަޑިޖަހައިގެން ކިޔަވަން ތިބެން ނޫންކަން ކިތަންމެ ރަނގަޅަށް ވެސް އެ ގެއެވެ. އެތަނަށް އަޅާފައި ހުންނަ ސިނގިރެޓް ހުސްފޮށިތަކާއި ޒާތްޒާތުގެ އަޅީގެ ފުނިތައް މިކަމަށް ހެކިދެއެވެ.
މިތަނަށް އަރަނީ ދިވެހިން ކަމެއް ބިދޭސީން ކަމެއް އަދިވެސް ސާފުވާ ގޮތެއް ނުވެއެވެ. އެންމެ މަތީގެ އެންމެ ކަނުގައި ހުންނަ އެޕާޓްމަންޓްގެ މީހުން ކައިރީ ފާރަލުމުގެ ހަރަކާތެއް ހިންގާދިނުމަށް އެދުމުން ބުނެފައި ވަނީ ސިޑިގޮޅީގެ ދޮރު ތަޅުލައިގެންވެސް އުޅުނު ކަމަށެވެ. ނަމަވެސް އެރުން ނުހުއްޓޭކަމަށެވެ. އޭނާ ބުނީ އެންމެ މަތިން ސިޑިގޮޅި ތަޅުލުމުން ދެން އަރަނީ ތިރީ ފްލޯއަކުން ލައިގެން ކަމަށެވެ. ގަންނާކުރައްވާ ބިރުން ނިކުންނަންވެސް ނުކެރޭކަމަށް އޭނާ ބުނެފައި ވެއެވެ.
ކޮންމެއަކަސް މިގޮތަށް ގޮތްނޭގޭ ބަޔަކު އިމާރާތަށް ވަދެ ފާޚިޝް އަމަލުތައް ހިންގަމުން ގެންދާނަމަ ވައްކަން ކުރުން، ކުޑަކުދިންނާ ބެހުން އަދި ރޭޕް ކުރުން ފަދަ އަމަލުތަކަށް އަރައިގަތުން ވެސް އޮންނާނީ މާދުރަކު ނޫނެވެ. މިހާރުވެސް ހިޔާ ފްލެޓްގައި ވައްކަންކުރުން ވެސް އެހާ ގިނައެވެ. ތިރީ ބޭސްމަންޓްގައި ހުންނަ ސައިކްތައް ވަގަށް ނަގަނީ މަދެއްކޮށް ނޫނެވެ. މިކަން ހައްލު ކުރުމަށް ވަނީ ނުކުޅެދިފައެވެ. އެޕާޓްމަންޓް ތަކުން ކުދިންގެ އައިޕެޑާއި އަގުބޮޑު މުދާ ވަގަށް ނަގަމުން ދަނީ އެވެ. އެޕާޓްމަންޓްގެ ވެރިން ބުނަނީ މީހުން ނިދާފައި ތިއްބާ ތަޅުހުޅުވައިގެން ވަދެނަގާ ކަމަށެވެ. އަދި މީހުން މަސައްކަތް ކުރަން ގެންގުޅޭ އަގުބޮޑެތި ޓޫލްތައްވެސް ވަގަށް ނަގާފައި ވަނީ މަދެއްކޮން ނޫނެވެ.
މިހުރިހާކަމެއް މިހެން ހުރުމުން ބައެއް މީހުން ބުނަނީ ބޮލަށް އަދި ހިޔާވިޔަސް ހިތަށާއި ސިކުޑިއަށް ޚާއްޞަކޮށް ޖީބުތަކަށް މިހާބޮޑު ބުރައަކަށްވުމުން އަދި ހިޔަލެއް ލިބުނު ކަމުގެ އިހުސާސް ނުކުރެވޭ ކަމުގައެވެ.
ގްރޭސް ޕީރިއަޑް އިތުރު ކޮށްދެއްވުމަކީ ވަރަށް ވެސް ބޮޑުއެހީއެކެވެ. މިހާރުގެ އުންމީދަކީ ކުއްޔަށް ވެސް ލުޔެއް ލިބުމެވެ.
3 Responses
ސަންދާނުން ޔާމިނައް ކިތައްމެ ތާއިދެއް ކުރިޔަސް ހަގީގަތް އޮޅުވާނުލައްވާ.. ތި 7000 ފުލެޓަކީ އެމް،ޑީ،ޕީ ގެ ވެރިކަމުގެ ޕްލޭނެއް.. ފުރަތަމަ ޕްރޮޕޯސްކޮއް ފަންޑު ހޯދީވެސް އެމް،ޑީ،ޕީ ގެ ސަރުކާރުގަ. ތި 7000 ފުލެޓަކީ ރާއްޖޭގެ ދެކޮޅުގަ އަޅަން ނިންމާފަ އޮތް ހައުސިން ޕްރޮޖެކްޓެއް.
ޔާމިނުގެ ވެރިކަމުގަ ތި ފުލެޓުތައް ހުޅުމާލޭގަ އަޅަން ނިންމީ.
ރާއްޖެ ތެރޭގެ ރައްޔިތުންނައް ފައިދާ ކުރާނެ ކަމެއް ވީޔާ އެކަމެއް ހުއްޓުވާފަ އޮތީ ޔާމިނު.. އެމް،ޑީ،ޕީ ގެ ސަރުކާރުގަ އައްޑޫގަ އަޅަން ނިންމި 100 އެނދުގެ ހޮސްޕަޓަލްވެސް ޔާމިނު ސަރުކާރުގަ ވަނީ ހުއްޓުވާފަ.. މި 100 އެނދުގެ ހޮސްޕިޓަލް އަޅަން ބިޑުކޮއް ފަނޑު ހޯދާ ނިމިފަ ހުއްޓާ މާލޭ ރައީސް ޔާމިނު އަރާ ކޮންވެންސަން ސެންޓަރުގަ ހޮސްޕިޓަލް އެކޭ ކިޔާ ފާޑެއްގެ ހަޑިއެއް ހޭވީ….
ކަލެއަށް ވަރަށް އިނގޭ. ކޮބާ ޓާޓާ މަޝްރޫޢު. ކޮބާ ޖީއެމްއާރ. ނަނާހުވަފެން ދެއްކުންނޫން ކަމެއް ތިމީހުންނަކަށް ނުވާނެ. އަދި ތިކިޔާ އެމްޑީޕީ ސަރުކާރެއް ދިވެހިންނަކަށް ފެނިފަވެސްނެތް. ވެރިކަމަށް އާދެވޭނެ ހުރިހާ މަކަރަކާއި ޙީލަތެއް ހަދައިގެން ދޮގު ޑީލްތައް ހަދައިގެން ގާސިމް ކައިރީ ރޮއިއާދެސްކޮށްގެން ވެރިކަމަށް އަންނަނީ. އަދިނެތް އަމިއްލަ ބާރުގައި ރައްްޔަތުންގެ 30% ވޯޓް ލިބިފައި. ނޫންތޯ ބޭފުޅާ!! މިފަހަރު އައީ ތިބާމެންގެ ”ގޮޅަބޯ“ ރަންތިރީސް އަހަރުގެ ބާނީއަށްވެ ތިބާމެންގެ ހަރުގޭގައި ރަންތިރީސް އަހަރުގެ އެލަވަ ގުގުމައިގެން މައުމޫނުގެ ސަޕޯޓްއާއިވެސް އެކު. ދެން ކޮން ފާޓްފުޅަލެއް ތިދައްކަވަނީ.
ލަނގިރި ޖަހާ ފޮނަ އެރުވާ ނާޗަރަންގީ ކުޅެ ދެއްކުންފިޔަވާ ކުރެވޭކަމައް އޮތް ތާއިދެއް ނުދެއްކޭ. އޮޅުވާލަން ނޫޅުއްވާ ބޭފުޅާ.. އޯކޭ؟؟
ހިޔާ ފްލެޓް އަކީ އަޅުގަނޑު މެން ކޮންމެ ބޭފުޅަކު ވެސް ވަރަށް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން ލިބިފައިވާ ގެދޮރު އެހެންކަމުން އަޅުގަނޑު އެދެނީ ހިޔާ ފްލެޓް ތަކަކީ ކަމުދާ ތަނެކޭ ކިޔާ ބޭފުޅުން އެބޭފުޅުންގެ އަމިއްލަ ހާލަކީ ކޮބައިކަން ރަނގަޅަށް އެންގުން އަންގޭތޯ