ނޭޓޯއާއެކު ދެކެވުނު ވާހަކަތައް ކާމިޔާބު ނޫން ކަމަށް ރަޝިއާއިން ބުނެފި

Loading

Facebook
Twitter
WhatsApp

ފާއިތުވި ހަފްތާގައި ނޭޓޯ، އެމެރިކާ އަދި ރަޝިއާގެ މެދުގައި ކުރިޔަށް ދިޔަ ސަލާމަތީ ބައްދަލުވުންތައް ނާކާމިޔާބުވެފައިވާ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާއިން ބުނި ގޮތުގައި މައިގަނޑު ބައެއް މައްސަލަތަކާމެދު ޚިޔާލު ތަފާތުވުންތަކެއް އަދިވެސް އެބަހުއްޓެވެ.

ކްރެމްލިންގެ ތަރުޖަމާނު، ޑްމިޓްރިވް ޕެސްކޮވް ބުނި ގޮތުގައި ޖެނީވާ އަދި ބްރަސެލްސްގައި ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކުން ބައެއް ރަނގަޅު ނަތީޖާތަކެއް ލިބިފައިވިނަމަވެސް ރަޝިއާއިން ބޭނުންވާ ޔަޤީންކަމެއް އަދިވެސް ލިބިފައެއް ނުވެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު ދެ މަގުސަދަކީ ރަޝިއާއިން ޔޫކްރޭން ބޯޑަރު ކައިރީގައި އަސްކަރީ ބާރު ވަރުގަދަ ކުރާ މައްސަލައިގެ އިތުރުން ރަޝިއާއިން ހުޅަނގުގެ ގައުމުތަކުން ޝަރުޠުކުރާ ކަންތައްތަކަށް ހައްލެއް ގެނައުމުވެ.

ރަޝިއާއިން ގިނަ އަދަދެއްގެ ސިފައިން ބޯޑަރު ކައިރިއަށް ޖަމާކުރުމާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ރަޝިއާއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ރަޝިއާއިން ވަނީ ޔޫކްރޭންއަށް އެރުމުގެ އެއްވެސް ފިކުރެއް ނެތްކަމަށް ބުނެފައެވެ. އަދި އެގައުމުގެ ސަރަހައްދުގެ ތެރޭގައި އެގައުމުގެ ސިފައިން ބޭނުން ގޮތަކަށް ގެންގުޅެވޭނެ ކަމަށްވެސް ރަޝިއާގެ އޮފިޝަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޔޫރަޕްގައި ނުތަނަވަސްކަން ފެތުރުމަށް ހުޅަނގުގެ ގައުމުތަކުން މަސައްކަތް ކުރާކަމަށް ރަޝިއާއިން ވަނީ ތުހުމަތު ކޮށްފައެވެ.

ރަޝިއާގެ ކްރެމްލިނުން ހުށައަޅާފައިވާ ސަލާމަތީ ޝަރުޠުތަކުގެ ތެރޭގައި، ނޭޓޯއަށް ޔޫކްރޭންއަށް ނުވަންނާނެކަމުގެ ގާނޫނީ ޔަޤީންކަން ރަޝިއާއަށް ދިނުމުގެ އިތުރުން ކުރީގެ ކޮމިއުނިސްޓް ސްޓޭޓްތަކުގައި ތިބި ސިފައިން ބޭރުކުރާނެކަމުގެ ޔަޤީންކަން ހޯދުން ހިމެނެއެވެ.

މި ޝަރުޠުތަކަށް މިހައިތަނަށް އަދި ވަނީ އެއްބަސްނުވެވިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް