ދުނިޔެއަށް ކޮވިޑް-19ގެ ސުނާމީއެއް

Loading

Facebook
Twitter
WhatsApp

ކޮވިޑް-19ގެ އައު ވޭރިއަންޓް އޮމިކްރޯން ގެ ސަބަބުން ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދަކަށް މީހުން މަރުވަމުން އެބަ ދާކަމަށާއި އެހެން ކަމުން އައުވޭރިއަންޓަކީ ވަކި ބާރު ދެރަ ވައްތަރެއް ކަމަށްސިފަ ނުކުރުމަށް

ޑަބްލިއު އެޗްއޯ އިން އަންގައިފިއެވެ.

ޑެލްޓާ ވޭރިއަންޓަށް ވުރެ އޮމިކްރޯން ބާރު ދެރަ ކަމަށްތަހުލީލުތަކުން ދެއްކި ނަމަވެސް ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވަމުންދާތީ ސިއްހީ ނިޒާމުތަކަށް ބުރަބޮޑުވެ ނުތަކާވަރުވެފައިވާ ކަމަށާއި އެހެން ކަމުން އައު ވޭރިއަންޓަކީ ބާރުދެރަ ވައްތަރެއް ކަމަށް ސިފަ ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ސެކްރެޓެރީ ޖެނެރަލް ޓެޑްރޮސް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއު އެޗް އޯ ގެ އިސްވެރިޔާ ޑޮކްޓަރ ޓެޑްރޮސް ކަންބޮޑުވުން ފާޅުކުރައްވައި މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

ރިކޯޑްތައް ދައްކާގޮތުންކޮވިޑް ޖެހުނު މީހުންގެ އަދަދު ނިމުނު ހަފްތާގައިވަނީ 71 އިންސައްތަ އިތުރުވެފައެވެ. އަދި އެމެރިކާގައި އެއްދުވަސްމަތިން އެއް މިލިއަނަށް ވުރެގިނަ ކޮވިޑް ކޭސް ރިކޯޑްކޮށްފައި ވެއެވެ.

ބަލިޖެހޭ މީހުންގެ އަދަދު މިގޮތަށް އިތުރުވުން، ބަލީގެ ސުނާމީ އެއްގެ ގޮތުގައި ޓެޑްރޮސް ސިފަކުރެއްވި އެވެ.

ޑަބްލިއު އެޗް އޯ އިން ބުނީ ބަލިޖެހި ހާލުދެރަވާ މީހުންގެ ތެރޭން ނުވަދިހަ އިންސައްތަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ.

 

 

 

 

 

 

 

Loading

One Response

  1. ހަމަ ތި ޑަބުޔޫ.އެޗް.އޯ އިން މިދިޔަ ހަފްތާގައި ވިދާޅުވީ ކުރީގެ ޑެލްޓާވޭރިއަންޓަށްވުރެ ނުރައްކާ ކުޑައޭ. ދެން ގޭބަންދުކޮށް އަނެއްކާވެސް ކާންނުދީ ބައިތިއްބަން ނުނިންމުން އެދެމެވެ. ދުވާލު މިހާރުވެސް މިއުޅެނީ އަނގަޔާއި އަތާއި ދިމާނުވެގެނެވެ. ވަރަށް ހިތާމައިގައި މިއުޅެނީ. އަހަރެންގައިގާ ވައްކަންކުރާހާ ހިތްވަރެއްވެސް ނެތް. ދައުލަތުން ކުދިކުދި ޚިޔާނާތްތެރިވެލައިގެން އުޅޭކަހަލަ ވަޒީފާގަނޑެއްވެސް ސަރުކާރަކުން ނުލިބުނެވެ. ދެން މިހާރު މިއުޅެނީ ނާޒިމް ޕާޓީއާއިގުޅިގެން ސަރުކާރުން ޖޮބެއް ލިބޭތޯއެެވެ.

Leave a Reply to ހަސީނު މޫސާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް