އީރާނުން ތިން ރިސާޗް ޑިވައިސްއާ އެކު ކެރިއަރ ރޮކެޓެއް ޖައްވަށް ފޮނުވާފައެ އިރާނުގެ ނޫސްތަކުން ހާމަކޮށްފިއެވެ.ންވަނީ ވެ. އިރާނުން މި ރޮކްޓް ޖައްވަށް ފޮނުވާފައިވަނީ އެ ގައުމުގެ ނިއުކްލިއަ އެއްބަސްވުމާބެހޭ ވާހަކަ ދެއްކުންތައް ވިއެނާގައި ކުރިޔަށް ދަނިކޮށެވެ.
ބުރާސްފަތި ދުވަހު އެގައުމުން ނެރެފައިވާ ރިޕޯޓްގައި ޖައްވަށް ފޮނުވީ ކޮން ރިސާޗް ޑިވައިސްތަކެއް ކަމާއި އެ ރޮކެޓް އޯބިޓަށް ފޯރިކަން އަދި އެ ރޮކެޓް ފޮނުވާލި ވަގުތު ފަދަ މުހިއްމު މައުލޫމާތުތައް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އީރާނުގެ ޓީވީ ޗެނެލްތަކުން ވަނީ މި ރޮކެޓް ނައްޓާލި މަންޒަރު ވަގުތުން ދައްކާފައެވެ. މި ރޮކެޓު ނައްޓާލާފައި ވަނީ އިމާމް ޚާމިނީ އެއާޕޯޓުންނެވެ. އެގައުމުގެ ނިއުސް ޗެނަލްތަކުން މި ކަމާމެދު މެދު ވާހަކަ ދައްކަމުން ބުނެފައިވަނީ އެއީ އިރާނުގެ ސައިންސްވެރިންގެ ކާމިޔާބީތަކަށް އިތުރުވި ބޮޅެއްކަމަށެވެ.
އިރާނުގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު، އަޙްމަދް ޙަސަނީ ވިދާޅުވި ގޮތުގައި 470 ކިލޯމީޓަރު މަތިން ސައިމޯޣް ސެޓަލައިޓް ރޮކެޓްވަނީ ރިސާޗް ޑިވައިސްތައް ޖައްވަށް ދޫކޮށްފައެވެ.
ޙަސަނީ ވަނީ މި ރޮކެޓާއި ޖައްވީ މަރުކަޒު ފުރިހަމައަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އޭނާ ވަނީ މުސްތަޤުބަލުގައި މިފަދަ އިތުރު ޓެސްޓްތައް ކުރާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ.
އިރާނުގެ މީޑިއާތަކުން ވަނީ ސިވިލިއަން ސްޕޭސް ޕްރޮގްރާމުގައި ކުރިއަށް ރޭވިފައިވާ ހުރި މިފަދަ ލޯންޗްތަކުގެ ތާވަލްވެސް އާއްމުކޮށްފަައެވެ.
އީރާނުން ހޯދަމުންދާ ކާމިޔާބީތައް ހުއްޓުވުމަށް އެމެރިކާ އާއި އިޒުރޭލުގެ އިތުރަށް ޔޫރަޕްގެ ގައުމުތަކުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި އެމެރިކާއިން ވަނީ އީރާނާ އެކު ވެފައިވާ ނިއުކުލިއަ އެއްބަސްވުމުން 2018ވަނަ އަހަރު ވަކިވެ އިރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.