2023 ގައި ރާއްޖޭގައި ނެގޭ ވޯޓަކީ މިގައުމުގެ މިނިވަންކަން ދިފާޢުކުރަން ނެގޭނެވޯޓެއް: –އެމްއެޗް ބުޗް:

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި ދެން 2023 ގައި ނެގޭ ވޯޓަކީ މިގައުމުގެ މިނިވަންކަން ދިފާޢުކުރަން ނެގޭނެވޯޓެއް ކަމުގައި މުޙައްމަދު ޙަސަން (އެމް.އެޗް.ބުޗް) ވިދާޅުވެއްޖެއެވެ. އޭނާވިދާޅުވީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދެން އޮންނަ ރިޔާސީ އިންތިޚާބަކީ ގައުމާއި ރައްޔަތުންގެ މިނިވަކަން ދިފާޢުކުރުމަށް ލެވޭނެ ވޯޓެއްކަމުގައެވެ. އެހެންކަމަށްވާއިރު ގައުމުގެ ދިފާޢީ ބާރަކީ ބޮޓުންތަކެއްތިބި އެއްވެސް ބާރެްނެތް ގައުމު ދިފާޢު ނުކުރޭވަރުގެ ނިކަމެތިބައެއްކަން އިންޑިއާއަށް ކަށަވަރުކޮށްދޭ ބަޔަކަށް ދިވެހިން ވޯޓެއް ނުލާނެކަމަށެވެ.

އޭނާގެ ވާހަކަ ކުރިއަށްގެންދަވަމުން ވިދާޅުވީ “ ދިވެހި ރިވޮލޫޝަނަރީ ގުރޫޕްގެ ފަރާތުން ދިވެހިންގެ މިނިވަންކަމާއި ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކާ ފަށްޓައިގެން ހިންގާ މިނިވަންކަން ޙިމާޔަތްކުރުމުގެ ޙަރަކާތުގައި އެންމެންވެސް ބައިވެރިވާން ޖެހޭކަމަށެވެ. އަދި އެބޭފުޅުންނާއި އެކު އެމާތް މަގުސަދު ޙާސިލު ކުރުމަށްޓައި ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެއް ކަމަށެވެ“.

މިގޮތުން މިހަފްތާގައި މިޙަރަކާތުގައި 2023ގައި އިލެކްޝަން ކާމިޔާބު ކުރެއްވުމަށް އެންމެ ފުރުސަތު ބޮޑު ކެންޑިޓޭޓްކަމަށްވާ ކުރީގެ ރައީސް ޔާމީނު ޢަބުދުލް ގައްޔޫމް ގުޅިވަޑައިގަތުމަކީ ދިވެހިނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބަކާއި ފަޚުރެއްކަމުގައެވެ.

ކުރީގެ ރައީސް ޔާމީނު އިންޑިއާ އައުޓް ކެމްޕޭނުގައި

“ ކޮންމެޔަކަސް ޑިމޮކްރެސީއާއި މިނިވަންކަމާއި ގަލަމާއި ދުލުގެ މިނިވަންކަން ގެނައުމަށް ވަކާލާތު ކުރަމުން ތައްމިނަށް އަނގަހުޅުވާފައި ޕޯޑިއަމްތަކުގައި އެވާހަކަތައް ދައްކަވަމުންއައި ބޭފުޅުންގެ ވެރިކަމެއް އޮތް ދުވަސްވަރެއްގައި މިފަދަކަމެއް އަޅުގަނޑުމެނަށް ދިމާވީކަމީ ލަދުވެތިކަމެއް“ ސަރުކާރުން ދިވެހިރާއްޖޭގެ ސާވާރ ތެރެއިން ކުލަބްހައުސް އަށް ނުވަދެވޭގޮތަށް ހެދި ހެދުމަށް އަލިއަލުވާލާއި ހަސަން ވިދާޅުވިއެވެ.

އަދިއިތުރަށް ވިދާޅުވީ މިވެރިކަމުގެ ނުބައި ނިޔަތާއި ޙާލައް ދިވެހިން ވިސްނާލުމަށެވެ.“ އެބުނާ ސިޓީއެއްވެސް ނެރުނުކަމަށް އެވަނީ އެއްބަސްވެފަ: މަޢާފަށްވެސް އެދިއްޖެ: ގުރުއާނުގެ އާޔަތްތައް ދަަރިވަރުންގެ ތަޢުލީމުން ބޭރުކޮށްލައި ހަމަ އެކަނި އާޔަތްތަކުގެ ރެފްރެންސް ނަމްބަރެއް ޖަހާލަން މިއެދުނީ: ކޮބައިތޯ ލަދުޙަޔާތް؟ އެކަމަކު ސައްތައިން ސައްތަ މުސްލިމެއްގައި މިތަނުގައި ތިބީ ހުސް މުސްލިމުންކަމުގައި ކައަޅައިގެން އަޅުގަނޑުމެން މިވަލިއްޔުލް އަމްރުކިޔައިގެން އެބޭފުޅާޔާއި މިގައުމުގެ ހުރީހާކަމެއް ޙަވާލުކޮށްފައި އަޅުގަނޑުމެން މިތިބެނީ: އަޅުގަނޑުމެނަށް މިހާރު މިލިބުނީ އިތުރު ހިތްވަރެއް: މިމީހުން އިންޑިއާއަށް ވިކިފައިތިބިވަރު މިކަށަވަރުވީ: އެހެންވީމާ އިތުރު ސާރވާރތަކަށް ފައިސާދީ ވީޕީއެން ގަނެގެންވެސް އިތުރު ފޯރިއަކާއި ހިތްވަރާއިއެކު ގައުމުގެ މިނިވަންކަން ކަށަވަރުކޮށްފައި ބޭއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައެވެ.

ވާހަކަކޮޅު ނިންމާލެއްވީ “ މިމީހުންގެ ގެ އެއްވެސް ޑިމޮކްރެސީއެއް އެއްވެސްކަމެއްނެތް: އެހެންނަމަވެސް މިގައުމުގައި މިހާރުއޮތް ދިފާޢީބާރުގެ ތެރެއިން މިމީހުނަށް އެއްބާރުލުން ދޭބަޔަކާއި ހޯމް މިނިސްޓްރީގެ ދަށުންވިޔަސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ދަށުންވިޔަސް އެއްބާރުލުންދޭ ބައެއްގެ ސަބަބުން މިގައުމު ހިފާއްޓަމުން އައިސް އެމީހުންގެ ކާމިޔާބުވެރިކަމެއް މިގައުމުގައި ނުހިންގޭނެކަށް މިއޮތީ ކަށަވަރުވެފައި: އެމީހުނަށް މިވަނީ ބޮޑުތަނުން ނޫނެކޭ ބުނެފާ: ރައްޔަތުން ރައްޔަތުންގެ ބަސްބުނަން ނުކުންނަ ޙާލަތައް މިހާރު މިއޮތީ އައިސްފާ، އެކަންކުރަންވެއްޖެ: އެގޮތުން 2023ގައި މިގައުމުގައި ނެގޭނެ ވޯޓަކީ މިގައުމުގެ މިނިވަންކަން ދިފާޢުކުރަން ނެގޭނެވޯޓެއްކަމާއިމެދު އެއްވެސް ޝައްކެއްނުކުރަން:“

އެއީ އެމްޑީޕީއާއި އަދި ބައިޢަތު ހިފާފައިވާ މީހުނަށް އަޅުގަނޑުމެން ލާނެ ވޯޓަކައް އެވޯޓް ނުވާނެ: އިންޑިއާގެ މިވަކިތަކުން އަޅުގަނޑުމެނަށް ގެއްލިފައިމިވާ އަޅުގަނޑުމެން އަމިއްލަވަންތަކަން ޙިމާޔަތްކުރަން ދެވޭ ވޯޓަކަށް 2023ގައި ދެވޭ ވޯޓް މާތްﷲ ރަޙުމަތްފުޅުން ވެގެންދާނެކަމުގައި ވިދާޅުވިއެވެ.

 

 

Loading

One Response

  1. ދެރައީ ގިނަ ދިވެހިންނަށް އެމްޑީޕީ އިން އަބަދު ހަދާ ދޮގުތައް ފަހުމް ނުވާކަމެވެ. މިހެން ބުންޏަސް ގާސިމްއާއި އިމްރާނުގެ ދޮގުވެރިކަންވެސް ދެރައެއް ނޫނެވެ. ހަމަ ކޮންމެ ސަރުކާރަކާވެސް ގުޅިގެން ކޭކުން ބައެއްލިބުނީމާ ދެން ރައްޔަތުމީހާމަތިން ނުވަތަ ދީނާ ގައުމުގެ އަގެއްވެސް ނޯވެއެވެ. ވަރަށް ދެރައެވެ. ވީމާ ދެން ގައުމަށް ކަމެއް ކޮށްދީފާއިވާ އަދި ކުރިއަށް ކަންތައްތަކެއް ކޮށް ދެވިދާނެ މީހާއާއި ގައުމު ޙަވާލުކުރުން ނޫންގޮތެއް ދިވެހިންނަކަށް ނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް