ކީއްތަ މިވަނީ؟ – އުތީމު އާދަމްބެ

Loading

December 21, 2021
profile
Facebook
Twitter
WhatsApp

ދިވެހީންގެ މީހަކު މޮޔަވިއަސް ވަދެގަންނަނީ ގޮސް މިސްކިތަށް

ތިބެގެން އިތުރު ގޯނާ ދެނީ މަތިވެރި މުޤައްދަސްވީ ފޮތަށް

މަސްތެއް ވެގެން ހޭދެބަ ވިއަސް ކުރަނީ ނަޖިސް ގޮސް މިސްކިތަށް

ގަސްދެއް ނެތަސް ޖެއްސުން ކުރަން އެނގެނީ އެކަނި ހަމަ މާތް ފޮތަށް

ކޮށްފާ އެތައް ގިނަ ކުށްކުށާ ހުއްޓަސް ކުރިން ޢަމަލާ ނުބައި

ދައްކައިފި ނަމަ ބުނެފާނެއޭ ހުސްވެފަ ހުރީއޭ ގޮސް ފަތަށް

ދެން ނޯވެއޭ ކުރެވޭ ކަމެއް އަދަބެއް ދެވޭނޭ ވެސް މަގެއް

ދެން ވެސް އެފަދަ ކުށްތައް ކުރަން މިނިވަން ވެއޭ އާ ފުރުސަތަށް

ޤާނޫނުތައް ހުރިނަމަ މިހެން އިސްލާހު ގެންނަން އެބަ ޖެހޭ

ޤާނޫނުތައް އަދި ވާންޖެހޭ ހިޔަލެއް ކަމަށް ވާ ދައުލަތަށް

އުޅެމުން ކުރިން އައި ގޮތް ހިތާ ހަމަ ނޭވައާ އެކުގާ ހިނގާ

އުޅެވެން ޖެހޭ އަދުވެސް މިތާ މުސްލިމް ދިވެހި ތިބި ރައްޔިތަށް

ވާޖިބު ތިބޭނަމަ ބޮލަރުވައި އާޖިޒް ހިލާ ނުވެ މިކަމުގައި

ލާޒިމު ވެޔޭ ޒިންމާ ނެގުން ވެރިކަމުގެ އެކިއެކި ހައިއަތަށް

—————————————————————-

ޑިސެމްބަރު 2021

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Loading

3 Responses

  1. ހަމަ ލާދީނީ. ދެން ވެރިކަން ކުރާފަރާތަކީވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މަރުދޭ ލޯތްބެއްވާ ބަ؛ޔަކަށް ނުވީމާ ވާނޭ މިހެން ކަންދޭމަގުން. މާތްﷲ ގެ ހެޔޮރަޙުމަތްފުޅުން 2023 ނިމޭއިރު މި މުސީބާތްތަކުން ސަލާމަތްވާނެއެވެ. އިންޝާﷲ

Leave a Reply to އަޙުމަދު އައްޑޫ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް